Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖަންގަލިތަކުން ގަސް ކެނޑުން

ކެނެޑާގެ ޕްރައިމަރީ ޖަންގަލިތަކުން ގަސް ކަނޑަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި

އެތައްހާސް އަހަރަކުން ހެދިފައިވާ ބިޔަ ގަސްތައް ވަނީ ކަނޑާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 3 އޮކްޓޯބަރު 2022 | ހޯމަ 16:11
ގިނަ އަދަދެއްގެ ގަސް ކަނޑާފައިވާކަން ވަނީ ސެޓަލައިޓް ފޮޓޯތަކުން ހާމަވެފައި

ގިނަ އަދަދެއްގެ ގަސް ކަނޑާފައިވާކަން ވަނީ ސެޓަލައިޓް ފޮޓޯތަކުން ހާމަވެފައި

އިނގިރޭސިވިލާތުގައި ތިމާވެއްޓާ ރަހުމަތްތެރި ހަކަތަ ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި "ޑްރެކްސް"އިން، ކެނެޑާގެ ޒަމާންވީ ޖަންގައްޔެއްގެ ގަސްތައް ކަނޑާފައިވާކަން ހާމަވެއްޖެއެވެ. ހަކަތަ ފޯރުކޮށްދޭތީ މި ކުންފުންޏަށް ވަނީ އިނގިރޭސި ސަރުކާރުން ސަބްސިޑީގެ ގޮތުގައި އެތައް ބިލިއަން ޕައުންޑެއްވެސް ފޯރުކޮށްދީފައެވެ.

ގްރީން ހަކަތަ، ނުވަތަ ތިމާވެއްޓާ ރަހުމަތްތެރި ހަކަތަ ފޯރުކޮށްދިނުމަށް ޑްރެކްސް ކުންފުނީގެ އިންޖީނުގެތަކުގައި އަންދަމުން ގެންދަނީ އިމްޕޯޓްކުރެވޭ އެތައް މިލިއަން ޓަނުގެ ފިލާތައް ކަމަށްވެއެވެ.

ބީބީސީގެ ޕެނޮރާމާ ޕްރޮގްރާމްއިން ބެލިބެލުމުން އެނގިފައިވާގޮތުގައި، މި ކުންފުނިން ބޭނުންކުރާ ލަކުޑީގެ އެއްބަޔަކީ މާދުރުގައިވާ ކެނެޑާގެ ޒަމާންވީ ޖަންގައްޔެއްގެ ގަސްތައް ކަނޑައިގެން އެއިން ނަގާފައިވާ ލަކުޑިއެވެ.

އެކުންފުނިން ބުނެފައިވަނީ، އެންދުމަށް އެމީހުން ބޭނުންކުރަނީ ކޮޅުދާލި ލަކުޑިއާއި، ކުދި ގަހާއި، ބޭނުންނުކުރެވޭގޮތަށް ހުންނަ ގަސްތަކާއި އަދި ކީސްކުނޑިފަދަ އެއްޗެތި ކަމަށެވެ.

އެންދުމަށްޓަކައި ޑްރެކްސް ކުންފުނިން ބިޔަ ގަސްގަހުގެ ލަކުޑި ބޭނުންކުރާކަމަށް ޕެނޮރާމާއިން ބުނާބުނުން ވަނީ، ސެޓަލައިޓް ފޮޓޯތައް ބޭނުންކޮށްގެން ސާބިތުކޮށްދީފައެވެ. މިގޮތުން، ތިމާވެއްޓަށް ވަރަށް މުހިންމު، ވަރަށް ޒަމާންވީ ޖަންގައްޔަކުން ކަނޑާފައިވާ ގަސްތައް އަރުވައިގެން ނުވަތަ ގަސް ބުރިކުރާ ތަނަކަށް އެކުންފުނީގެ ޓްރަކްތައް ދާ މަންޒަރުވެސް ފިލްމްކޮށްފައިވެއެވެ.  

މިފަދަ މުހިންމު ޖަންގައްޔަކުން އެހާ ގިނަ ބޮޑެތި ގަސްތައް ކަނޑާފައިވާތީ، ތިމާވެއްޓާބެހޭ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެއެވެ. އިކޮލޮޖިސްޓެއްކަމަށްވާ މިޝޭލް ކޮނޮލީ ޕެނޮރާމާއަށް ވިދާޅުވީ، އެކުންފުނިން އެ ނައްތާލަނީ ހެދުމަށް އެތައް ހާސް އަހަރު ނެގި ގަސްތައްކަމަށެވެ. އޭނާ ވިދާޅުވީ، އިނގިރޭސި ރައްޔިތުންގެ ޓެކްސް ފައިސާއިން އެހާ ބޮޑު އަދަދެއް، ސަބްސިޑީގެގޮތުގައި ނަގާ ބަޔަކު މިގޮތަށް ގަސްތައް ކަނޑައި ބުރިބުރިކޮށްގެން ދަރުގެގޮތުގައި އަންދަމުން ދިއުމަކީ ވަރަށްވެސް "މޮޔަ" އަމަލެއްކަމަށެވެ.

ޔޯކްޝަޔަރގައި ހުންނަ ޑްރެކްސްގެ އިންޖީނުގެޔަކީ ކުރިން ކޯލް ނުވަތަ ބޯޓުދެލި ބޭނުންކޮށްގެން ހިންގަމުން އައި އިންޖީނުގެއެކެވެ. މިހާރު ތިމާވެއްޓާ ރަހުމަތްތެރި ހަކަތަ ފޯރުކޮށްދޭއިރު، މުޅި އިނގިރޭސިވިލާތަށް ބޭނުންވާ ހަކަތައިގެ 12 އިންސައްތަ ފޯރުކޮށްދެނީ އެތަނުން ކަމަށްވެއެވެ.

ޑްރެކްސް ކުންފުންޏަށް ގްރީން އެނަރޖީ ސަބްސިޑީގެ ގޮތުގައި މިހާތަނަށް 6 ބިލިއަން ޕައުންޑް އިނގިރޭސި ސަރުކާރުން ދީފައިވެއެވެ.

ގްރީން ހަކަތަ ފޯރުކޮށްދިނުމަށްޓަކައި ގަސް ހޯދުމަށް ކެނެޑާގެ އެންމެ ހުޅަނގަށް އޮންނަ އެއް ޕްރޮވިންސްކަމަށްވާ ބްރިޓިޝް ކޮލަމްބިޔާގެ ދެ ސަރަހައްދަކުން ގަސްކެނޑުމުގެ ލައިސަންސް ޑްރެކްސްއިން ހޯދާފައިވާކަން ޕެނޮރާމާއިން ވަނީ ހާމަކޮށްފައެވެ. މި ދެ ސަރަހައްދަކީވެސް ތިމާވެށީގެގޮތުން ވަރަށް މުހިންމު ބިޔަ ގަސްތައް ހެދިފައިވާ ސަރަހައްދުތައް ކަމަށްވެއެވެ. ޑްރެކްސްއިން މިގޮތަށް ނަގާފައިވާ އެއްސަރަހައްދަކީ އަކަމޭލެއްހާ ބޮޑު ސަރަހައްދެކެވެ. މިތަނަކީ މަދުން ފެންނަ ވައްތަރުތަކުގެ ގަސްތައް ހިމެނޭ، އަދި ވަރަށް ޒަމާންވީ ގަސްތައް ހެދިފައިވާ ޖަންގައްޔެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ބްރިޓިޝް ކޮލޮމްބިޔާގެ ޕްރޮވިންޝަލް ސަރުކާރުންވެސް އަދި ޑްރެކްސް ކުންފުނިންވެސް، މިފަދަ ޖަންގަލިތަކުން ގަސް ކެނޑުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެންމެ ފަހުގެ ސެޓަލައިޓް ފޮޓޯތަކުން ފެންނަނީ ތަފާތު މަންޒަރެކެވެ. ފެންނަނީ އެތަންތަނުން ބާރު ސްޕީޑްގައި ބިޔަގަސްތައް ކަނޑަމުންދާތަނެވެ.

ޕެނޮރާމާގެ ފަރާތުން ޑްރެކް ކުންފުންޏަށް މިސުވާލު ހުށަހެޅުމުން ބުނެފައިވަނީ، އެހިސާބުގައި ހުރި ބައެއް ގަސްތައް ހުރީ މަރުވެފައި ކަމަށާއި، އެފަދަ ގަސްތައް ކަނޑާލުމުން ޖަންގަލިތަކުގައި ރޯވާ ރޯވުން ހުއްޓުވޭނެކަމަށެވެ. ގަސް ކަނޑަނީ އެހެންވެގެން ކަމަށް އެމީހުން ފަހުން ބުނެފައިވެއެވެ.

ޑްރެކްސްއިން ބުނީ، ޕެނޮރާމާއިން ފާހަގަކޮށްފައިވާ ދެސަރަހައްދުން ކަނޑާ ގަސް، ހަކަތައިގެ އިންޖީނުގެ ތަކުގައި ބޭނުންނުކުރާކަމަށެވެ. ނަމަވެސް ލިބެން ހުރި މައުލޫމާތުން ފެންނަނީ ތަފާތު މަންޒަރެކެވެ.

އިނގިރޭސިވިލާތްދުނިޔެ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
05 ޖުލައި 2024

ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

05 ޖުލައި 2024
ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
05 ޖުލައި 2024

އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

05 ޖުލައި 2024
އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު