Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

މިއީ ފުޓުބޯޅަ އަށް ލޯބިކުރާ އެންމެނަށް ކަޅު ދުވަހެއް: އިންފަންޓީނޯ

އިންފަންޓީނޯ ވަނީ އިންޑޮނޭޝިއާއަށް ދިމާވި ދަތި އުނދަގޫ ޙާލަތުގައި ފީފާ އާއި މުޅި ދުނިޔޭގެ ފުޓުބޯޅަ އާއިލާ އޮތީ އެ ޤައުމާއެކު ކަމަށް ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އޮކްޓޯބަރު 2022 | ހޯމަ 02:54
ފީފާ ރައީސް އިންފަންޓީނޯ

ފީފާ ރައީސް އިންފަންޓީނޯ

އިންޑޮނޭޝިއާ ލީގުގައި ކުޅުނު ފުޓުބޯޅަ މެޗެއްގެ ތެރެއިން ހިނގި ހާދިސާ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިންޑޮނޭޝިއާގެ އަރެމާ އާއި ޕާސެބަޔާ ސުރަބަޔާ ދެމެދު ކުޅުނު މެޗުން އަރެމާ ބަލިވުމުން، ސަޕޯޓަރުން ވަނީ ދަނޑަށް އަރައިގަތުމަށް މަސައްކަތްކޮށްފައެވެ. އެ ސަޕޯޓަރުން ހުއްޓުވުމަށް ފުލުހުން ވަނީ ޓިއަރ ގޭސް ބޭނުކޮށްފައެވެ. އަދި ޓިއަރ ގޭސް ބޭނުން ކުރުމުން، ސްޓޭޑިއަމުން ނުކުތުމަށް ސަޕޯޓަރުން އުޅުމުގެ ތެރޭގައި ތޮއްޖެހި، ނޭވާހާސްވެ ހިނގި މި ހާދިސާގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. އޭގެ ތެރޭގައި ސަޕޯޓަރުންނާއި، ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިިވި ފުލުހުން ހިމެނެއެވެ.

މި ހާދިސާގައި މިހާތަނަށް 174 މީހުން މަރުވެ، 180 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިންޑޮނޭޝިއާގައި ހިނގި ހާދިސާގެ ސަބަބުން މުޅި ފުޓުބޯޅަ ދުނިޔެ އޮތީ ޝޮކެއްގައި ކަމަށެވެ. މިއީ ފުޓުބޯޅައިގައި ޝާމިލްވާ އެންމެނަށް ވެސް ކަޅު ދުވަހެއްކަން ފާހަގަކޮށް، އިންފަންޓީނޯ ވަނީ އެ ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާ އަށް ތައުޒިޔާ ދަންނަވާފައެވެ. މީގެ އިތުރުން އިންފަންޓީނޯ ވަނީ އިންޑޮނޭޝިއާއަށް ދިމާވި ދަތި އުނދަގޫ ޙާލަތުގައި ފީފާ އާއި މުޅި ދުނިޔޭގެ ފުޓުބޯޅަ އާއިލާ އޮތީ އެ ޤައުމާއެކު ކަމަށް ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅިގެން އިންޑޮނޭޝިއާގެ ޗީފް ސެކިޔުރިޓީ އޮފިސަރު މަހްފޫދް ވިދާޅުވީ، ދަނޑުގެ ޖާގައަށް ވުރެ ގިނައިން މީހުން އެ މެޗަށް ވަދެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ދަނޑުގެ ޖާގަ އަކީ 38،000 މީހުން ކަމަށާއި، ނަމަވެސް 42،000 ޓިކެޓު އެ މެޗަށް ދޫކޮށްފައިވާ ކަމަށެވެ. މި ހަމަނުޖެހުމުގައި މީހުންގެ އިތުރުން ބައެއް މުދާތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. އޭގެ ތެރޭގައި 13 އުޅަނދެއް ހިމެނޭއިރު، 10 އުޅަނދަކީ ފުލުހުންގެ އުޅަނދެވެ.

މި ހާދިސާއާ ގުޅިގެން އެ ޤައުމުގެ ލީގު ވަނީ ހަފްތާއެއްގެ މުއްދަތަށް ސަސްޕެންޑުކޮށްފައެވެ. މީގެ އިތުރުން މި ހާދިސާއާ ގުޅިގެން އެ ޤައުމުގެ ސަރުކާރުން ވަނީ މައާފަށް ވެސް އެދިފައެވެ. އަދި މި މައްސަލަ ފުރިހަމައަށް ތަހުގީގު ކުރާނެ ކަމަށް ވެސް އެ ޤައުމުގެ ސްޕޯޓްސް އެންޑް ޔޫތު މިނިސްޓަރު ޒައިނުއްދީން އަމަލީ ވަނީ ވިދާޅުވެފައެވެ.

ފީފާޖިއާނީ އިންފަންޓީނޯއިންޑޮނޭޝިޔާ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

17 ޑިސެމްބަރު 2025
ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި
13 ޑިސެމްބަރު 2025

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި
08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު