Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއަރ ލީގު

މެންޗެސްޓަރ ސިޓީން ޔުނައިޓެޑް ބަލިކުރިއިރު، ހާލަންޑާއި ފޮޑެން ހެޓްރިކް ހެދި

ހާލަންޑް ވަނީ މި ސީޒަންގެ ޕްރިމިއަރ ލީގުގައި ކުޅުނު 8 މެޗުގައި 14 ލަނޑު ޖަހާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2022 | އާދީއްތަ 15:22
އާލިން ބްރައުޓް ހާލަންޑް

އާލިން ބްރައުޓް ހާލަންޑް

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 6-3ންނެވެ. މި މެޗުގައި ސިޓީގެ އާލިން ބްރައުޓް ހާލަންޑާއި ފިލް ފޮޑެން ވަނީ ހެޓްރިކް ހަދާފައެވެ.

މެޗުގެ ކުރީކޮޅުގައި ސިޓީން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ ފިލް ފޮޑެންއެވެ. އޭގެ ފަހުން ހާލަންޑު ވަނީ ކެވިން ޑިބްރައިނާގެ އެހީތެރިކަމާއެކު ހަތަރު މިނެޓުގެ ތެރޭގައި ދެލަނޑު ޖަހައި ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ސިޓީގެ ހަތަރުވަނަ ލަނޑު ޖެހީ ފިލް ފޮޑެންއެވެ. މިއީ ހާލަންޑުގެ އެހީތެރިކަމާއެކު ފޮޑެން ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ އަނބުރާލުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓުގައި ކްރިސްޓަން އެރިކްސަން ދިން ޕާހެއް, ޑީއޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އެންތަނީ ވަނީ ޔުނައިޓެޑަށް އުންމީދެއް ހޯދައިދީފައެވެ.

ނަމަވެސް ސިޓީން ވަނީ އިތުރު ދެލަނޑު ޖަހައި ފަރަގު ބޮޑުކޮށްފައެވެ. މެޗުގެ 64 ވަނަ މިނެޓުގައި ސާޖިއޯ ގޮމޭޒް ހުރަސްކޮށްދިން ބޯޅައެއް ގޯލިގެ ތެރެއަށް ފޮނުވާލައިގެން ހާލަންޑު އޭނާގެ ހެޓްރިކް ފުރިހަމަކުރިއެވެ. ހާލަންޑު ވަނީ މި ސީޒަންގެ ޕްރިމިއަރ ލީގުގައި ކުޅުނު އަށް މެޗުގައި 14 ލަނޑު ޖަހާފައެވެ. މި ހެޓްރިކާއެކު ހާލަންޑް ވަނީ ޕްރިމިއަރ ލީގުގައި ދިގު ކެރިއަރެއް އޮތް ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް އަދަދަކަށް ހެޓްރިކް ހަދާފައެވެ. ހާލަންޑާއި ރޮނާލްޑޯވެސް ވަނީ ޕްރިމިއަރ ލީގުގައި ތިން ހެޓްރިކް ހަދާފައެވެ.

އޭގެ ނުވަ މިނެޓު ފަހުން ފޮޑެން ވަނީ އޭނާގެ ހެޓްރިކްވެސް ފުރިހަމަކޮށްފައެވެ. މި ލަނޑާއެކު ސިޓީން ވަނީ އެއްފަހަރާ ހަތަރު ބަދަލު ގެނެސް، ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށް ރެސްޓް ދީފައެވެ.

ޔުނައިޓެޑުން ފަރަގުކުރީ މެޗުގެ ފަހު ވަގުތުކޮޅުގައެވެ. ޔުނައިޓެޑްގެ ފަހު ދެލަނޑުވެސް ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެންތަނީ މާޝިއަލްއެވެ. ފަހު ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން އޭނާ ޖެހި ލަނޑެކެވެ.

މި މެޗުގައި ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭކަށް ނާރުވައެވެ. މީގެ އިތުރުން ޑިފެންޑަރު ހެރީ މެގުއަރ ޓީމުގެ މެޗު ސްކޮޑުގައިވެސް ނުހިމަނައެވެ. މި ސީޒަންގައި މި ދެކުޅުންތެރިންނަށްވެސް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު 20 ޕޮއިންޓު ހޯދައިގެން ސިޓީ އޮތީ ތާވަލުގެ ދެވަނަ މަގާމުގައެވެ. 12 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ހަވަނަ މަގާމުގައެވެ.

މެންޗެސްޓަރ ޑާބީގައި މިހާތަނަށް އެންމެ ބޮޑު ތަފާތަކުން ޓީމެއް މޮޅުވެފައިވަނީ ފަސް ލަނޑުގެ ތަފާތަކުންނެވެ. ސިޓީން ވަނީ ދެފަހަރެއްގެ މަތިން 6-1, އަދި އެއްފަހަރު 5-0ން ޔުނައިޓެޑް ބަލިކޮށްފައެވެ. ޔުނައިޓެޑް ވަނީ 1994 ވަނަ އަހަރު 5-0ން ސިޓީ ބަލިކޮށްފައެވެ.

ޕްރިމިއަރ ލީގުއާލިން ބްރައުޓް ހާލަންޑްމެންޗެސްޓަރ ޔުނައިޓެޑްމެންޗެސްޓަރ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު