Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ މޫސުން

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ހަނިމާދޫއަށް

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ކުރިއަށް އޮތް 5 ދުވަހު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2022 | ހޮނިހިރު 07:19
މާލެއަށް ބޯކޮށް ވާރޭވެހެނީ

މާލެއަށް ބޯކޮށް ވާރޭވެހެނީ

ފާއިތުވި 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށްފައިވާއިރު، އެންމެ ގިނައިން ވާރޭވެހިގެން ރިކޯޑްކުރެވިފައިވަނީ ހދ. ހަނިމާދޫއަށް ކަމަށް، މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެއިދާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހަނިމާދޫއަށް ވަނީ 17.4 މިލިމީޓަރުގެ ވާރޭ ވެހިފަވެއެވެ. ދެން އެންމެގިނައިން ވާރޭވެހިގެން ރިޕޯޓްކޮށްފައިވަނީ ލ. ކައްދޫއަށެވެ. އެއީ 14.5 މިލިމީޓަރުގެ ވާރޭއެވެ. ށ. ފުނަދޫއަށް 12.5 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު، ރ. އަލިފުއްޓަށް 12.3 މިލިމީޓަރުގެ ވާރޭވެހިގެން ރިޕޯޓްކޮށްފައިވެއެވެ.

Advertisement - newsAdvertisement

ކ. ގާފަރަށް 11.7 މިލިމީޓަރުގެ ވާރޭވެހިގެން ރިޕޯޓްކޮށްފައިވާއިރު، ފުވައްމުލަކަށް ވަނީ 11 މިލިމީޓަރުގެ ވާރޭވެހިފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، ކުރިއަށް އޮތް 5 ދުވަހު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށެވެ. ޚާއްސަކޮށް، އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވެގެންދާނެ ކަމަށް ލަފާ ލކުރެވޭ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން (ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން) މޫސުމަށް ސަމާލުވުމަށް ވަރަށް ބޮޑަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހުޅަނގު މޫސުމާއި އިރުވައި މޫސުމުގައިވެސް ރާއްޖެއަށް ގަދަވަޔާއެކު ވިއްސާރަކުރެއެވެ. އެހެންނަމަވެސް ގަދަވަޔާއެކު ދިގުދެމިގެންދާގޮތަށް ވިއްސާރަކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައެވެ. އިރުވައި މޫސުމުގެ ހަޅައާ ގުޅިގެން ގިނަދުވަސްތަކެއް ވަންދެން އާންމުކޮށް ބާރަށް ވައިޖެހެމުން ދެއެވެ.  

މޫސުން

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

23 އޮކްޓޯބަރު 2025
ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

17 އޮކްޓޯބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

15 އޮކްޓޯބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު