Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެކްސިކޯ ސަރުކާރުގެ މައުލޫމާތުތަކެއް ލީކުކޮށްލުން

ރައީސްގެ ސިއްހީ ހާލުކޮޅުގެ މައުލޫމާތު ހިމެނޭގޮތުން މެކްސިކޯ ސަރުކާރުގެ މުހިންމު މައުލޫމާތުތަކެއް ލީކުކޮށްލައިފި

އެގައުމުގެ ރައީސް ވަނީ މިމައުލޫމާތުތައް ލީކުވެފައިވާކަމަށް ވިދާޅުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 އޮކްޓޯބަރު 2022 | ހޮނިހިރު 11:02
މެކްސިކޯގެ ރައީސް އަންދްރޭސް މެނުއަލް ލޮޕޭޒް

މެކްސިކޯގެ ރައީސް އަންދްރޭސް މެނުއަލް ލޮޕޭޒް

މެކްސިކޯގެ ޑިފެންސް މިނިސްޓްރީގެ ޑާޓާތަކަށް ސައިބަރ ހެކަރުން ދިން ހަމަލާއަކާ އެކު މެކްސިކޯ ސަރުކާރުގެ މުހިންމު މައުލޫމާތުތަކެއް ލީކުވެފައިވާކަމަށް މެކްސިކޯ ސަރުކާރުން ބުނެފިއެވެ.

މެކްސިކޯ ސަރުކާރުން ބުނެފައިވާ ގޮތުގައި ލީކުވި މައުލޫމާތުތަކުގެ ތެރޭގައި މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެގައުމުގެ ރައީސް އަންދްރޭސް މެނުއަލް ލޮޕޭޒް ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކުރަންޖެހުނު ލިޔުންތައްވެސް ހިމެނެއެވެ. އެގައުމުގެ ރައީސް ވަނީ މިމައުލޫމާތުތައް ލީކުވެފައިވާކަމަށް ވިދާޅުވެފައެވެ.

ސައިބަރ އެޓޭކެއް ކުރިމަތިވެފައިވާކަމަށާއި ހެކަރުން ވަނީ އަސްކަރިއްޔާގެ އައިޓީ ސިސްޓަމް ތެރެއަށް ވަދެފައިކަމަށް ރައީސް ވިދާޅުވިއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ހެކަރުން ވަނީ ޑިފެންސް މިނިސްޓްރީގެ ހަ ޓެރަބައިޓްގެ މައުލޫމާތު ނަގާފައެވެ. އޭގެތެރޭގައި ބޮޑެތި ކުށްވެރިންނާ ބެހޭ މައުލޫމާތާއި މުއާމަލާތްތަކުގެ ޓްރާންސްކްރިޕްޓްތަކާއި މެކްސިކޯއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާ ސަފީރު ކެން ސަލަޒާރު މޮނިޓަރކުރުމާއި ގުޅޭ ލިޔުންތައް ހިމެނެއެވެ.

އެކަމާއި ގުޅޭގޮތުން އެމެރިކާ އެމްބަސީން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ހެކަރުން ހާމަކޮށްފައިވާ އެހެން މައުލޫމާތުތަކަށް ބަލާލާއިރު ޖުލައި 14 ވަނަ ދުވަހު އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓުނު ހާދިސާ ހިނގާފައިވަނީ ތެޔޮ ހުސްވެގެން ކަން ހާމަ ވެފައިވެއެވެ. މީގެއިތުރުން އުމުރުފުޅުން 68 އަހަރުގެ މެކްސިކޯގެ ރައީސް ޖެނުއަރީ މަހުގެ ފުރަތަމަ 15 ދުވަސްތެރޭގައި 10 ފަހަރަށް ޑޮކްޓަރަށް ދައްކަވާފައިވާކަން ވަނީ ހާމަކޮށްފައެވެ.

ލޮޕޭޒް އަށް ވަނީ 2013 ވަނަ އަހަރު ހާޓް އެޓޭކެއް ޖެހިފައެވެ. ލޮޕޭޒް ވިދާޅުވީ ޖެނުއަރީ މަހު ހޮސްޕިޓަލަށް ވަޑައިގެންނެވީ އިތުރު ހާޓް އެޓޭކެއް ޖެހިދާނެތީއެވެ. ލޮޕޭޒް ވިދާޅުވީ ލޭގެ ޕްރެޝަރ މަތިވާތީ ކަސްރަތު ކުރައްވާކަމަށާއި ބޭސްވެސް ބޭނުންކުރައްވާކަމަށެވެ.

މެކްސިކޯގެ މީޑިޔާއިން ހާމަކޮށްފައިވާ ގޮތުގައި ހެކަރުންގެ ގްރޫޕަށް ކިޔަނީ ކުއާކެމެޔާއެވެ. ލޮޕޭޒް ވިދާޅުވީ ބެލެވޭގޮތުގައި އެމީހުން ނިސްބަތްވަނީ މެކްސިކޯއިން ބޭރު ގައުމަކަށެވެ. އެގްރޫޕުން ވަނީ ސިލްސިލާކޮށް ލެޓިން އެމެރިކާގެ ގައުމުތަކުގެ އަސްކަރިއްޔާއަށް ޓާގެޓްކޮށްފައެވެ. އެގޮތުން ޕެރޫ ، ސަލްވަޑޯރ، ޗިލީ އަދި ކޮލަމްބިއާގެ އަސްކަރިއްޔާއަށް އަމާޒުކޮށް މިފަދަ ސައިބަރ އެޓޭކް ދީފައިވާކަމަށް އެގްރޫޕުން ވަނީ ބުނެފައެވެ.

އެގްރޫޕުން ބުނާ ގޮތުގައި އެސަރަހައްދުގެ ގައުމުތަކުގެ އަސްކަރިއްޔާއިން އަންނަނީ ކުށްވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މެކްސިކޯ ސަރުކާރުގެ މުހިންމު މައުލޫމާތުތަކެއް ލީކުވެފައިވާކަން އެންމެ ފުރަތަމަ ރިޕޯޓްކުރި މެކްސިކޯ ގެ ނޫސްވެރިޔާ ކާރލޮސް ބުނާގޮތުން ލީކުވެފައިވާ ޑޮކިޔުމެންޓްތަކުން ލޮޕޭޒްގެ ވެރިކަމުގައި އަސްކަރިއްޔާއިން ހޯދާފައިވާ ބާރުތަކާއި އަސްކަރިއްޔާގެ ހުރިހާ ކަމެއް ލޮޕޭޒްގެ ބެއްލެވުމުގެ ދަށުން ކުރިޔަށްދާކަން އެނގެއެވެ.

މެކްސިކޯގެ ގާނޫނު ހަދާމަޖިލީހުން ވަނީ މިމަސްތެރޭގައި އަސްކަރިއްޔާއަށް ކުށްވެރިންނާއި ދެކޮޅަށް އޮޕަރޭޝަންތައް ކުރިޔަށްގެންދިޔުމަށް އިތުރު ބާރުތައް ދިނުމަށް ފާސްކޮށްފައެވެ. އަސްކަރިއްޔާއިން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމުގެ ތުހުމަތުތައް ކުރާއިރު ސަރުކާރުން އަންނަނީ އެކަން ދޮގުކުރަމުންނެވެ.

މެކްސިކޯ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

ކުށްކުރުމާއި ކޮރަޕްޝަނާއި ދެކޮޅަށް ފިޔަވަޅު ނާޅާތީ ސަރުކާރާ ދެކޮޅަށް މެކްސިކޯގެ ޖެންޒީން މުޒާހަރާ ކުރަން ފަށައިފި

16 ނޮވެމްބަރު 2025
ކުށްކުރުމާއި ކޮރަޕްޝަނާއި ދެކޮޅަށް ފިޔަވަޅު ނާޅާތީ ސަރުކާރާ ދެކޮޅަށް މެކްސިކޯގެ ޖެންޒީން މުޒާހަރާ ކުރަން ފަށައިފި
28 އޮކްޓޯބަރު 2025

މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި

28 އޮކްޓޯބަރު 2025
މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި
23 ޖޫން 2024

ޖަމެއިކާ ބަލިކޮށް، މެކްސިކޯ އަށް ރަނގަޅު ފެށުމެއް

23 ޖޫން 2024
ޖަމެއިކާ ބަލިކޮށް، މެކްސިކޯ އަށް ރަނގަޅު ފެށުމެއް
09 ޖޫން 2024

މެކްސިކޯ އަތުން ބްރެޒިލް މޮޅު ކޮށްދިނީ އެންޑްރިކް

09 ޖޫން 2024
މެކްސިކޯ އަތުން ބްރެޒިލް މޮޅު ކޮށްދިނީ އެންޑްރިކް
06 ޑިސެމްބަރު 2022

މެކްސިކޯގެ ޒުލަށް ދާ މީހުންގެ ސަމާލުކަން ހުއްޓެނީ ކަޅުކުލައިގެ ޖެގުއަރއަކަށް

06 ޑިސެމްބަރު 2022
މެކްސިކޯގެ ޒުލަށް ދާ މީހުންގެ ސަމާލުކަން ހުއްޓެނީ ކަޅުކުލައިގެ ޖެގުއަރއަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު