Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވޯޑުގައި ވިހެއުން

ހޮސްޕިޓަލުގެ އިހުމާލުން ވިހަން ޖެހުނީ އަމިއްލައަށް!

ބަނޑުގައި ރިއްސާ ވާހަކަ ބުނުމުން ނަރުހުން މާ ބޮޑަށް އަޅާލަފައެއް ނުވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2022 | ހުކުރު 09:05
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

ހޮސްޕިޓަލުތަކުގެ އިހުމާލުން އެތައް ހިތާމަވެރި ހާދިސާއެއް ހިނގާފައި އެބަހުއްޓެވެ. ރަނގަޅު ފަރުވާ ނުދެވުމާއި، ފަރުވާ ދޭން ދެކޮޅު ހެދުމައި، ފަރުވާ ކުޑަކޮށްލުން ފަދަ އެތައް ކަމެކެވެ. މިއީވެސް ހަމަ އެފަދަ ހާދިސާއެކެވެ. ފަރުވާ ދޭން ދެކޮޅު ހެދުމުގެ ސަބަބުން މާބަނޑު މީހަކާއި، އޭނާގެ ބަނޑުގައި އޮތް ދަރިފުޅަށް ކުރިމަތިލަންޖެހުނީ ބިރުވެރިކަމަކާއެވެ.

ގދ. ތިނަދޫގައި 31 އަހަރުގެ މާބަނޑު މީހަކު ވިހަން ތައްޔާރުވެ، ފެން ދުލި ފަޅައިގެން ދިއުމުން މިމަހުގެ 28 ވަނަ ދުވަހުގެ ރޭ 09:55 ގައި އޭނާ ވަނީ އެރަށު އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ރާއްޖެއެމްވީއަށް މި ހާދިސާގެ ތަފްސީލު ކިޔައިދެމުން އޭނާގެ އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދިއުމުން އެޑްމިޓުކޮށް ސްކޭން ކުރުމާއި އިތުރު ކަންކަން ހޮސްޕިޓަލުން ކޮށްފައިވާކަމަށެވެ.

އެ މުޅި ރޭވެސް އޭނާ އުޅުނީ ވަރަށްވެސް ވޭނުގައެވެ. އަދި ވަރަށް ބޮޑަށް ބަނޑުގައި ރިއްސާކަމަށް 29 ވަނަ ދުވަހުގެ ހެނދުނު އޭނާ ވަނީ ނަރުހުން ގާތު ބުނެފައެވެ. އެހެންނަމަވެސް އޭނާއަށް ދޭންޖެހޭ ފުރިހަމަ ފަރުވާ ދިނުމަށް ނަރުހުން ހެދީ ދެކޮޅެވެ. އަދި އެއީ "ނޯމަލް" ކަމެއް ކަމަށް ބުނެއަޅާނުލާ ދިޔައީ ކަމަށް އޭނާ ބުންޏެވެ.

އެދުވަހުގެ ހެނދުނު 10:30 އެހާއިރު ނަރުހުން އައިސް އޭނާގެ ހާލު ބެލިއެވެ. އަދި 3 ސެންޓިމީޓަރަށް ހުޅުވިފައިވާކަަމަށް ބުންނެވެ. އެހެންނަމަވެސް އަދިވެސް އޭނާ އޮޕަރޭޝަން ތިއޭޓަރަށް ގެންދަން ނަރުހުން ވަނީ ދެކޮޅު ހަދާފައެވެ. އަދި ރިއްސާ ވާހަކަ ބުނުމުން އެއީ ވިހަންވީމަ ރިއްސާ ރިއްސުމެއްކަން ނަރުހުންވެސް ކަށަވަރުކޮށްދިނެވެ. އަދިވެސް ތިއޭޓަރަށް ގެންދަން ހެދީ ދެކޮޅެވެ.

އިރުކޮޅެއް ފަހުން އޭނާއަށް ވާންފެށީ ބޮޑުކަމު ދެވެން އުޅޭ ކަހަލަ ގޮތެއް ކަމަށް އާއިލާއިން ކިޔައިދިނެވެ. އަދި އެވާހަކަ ބުނުމުންވެސް ނަރުހުން ބުނީ ފާހާނާއަށް ދިއުމަށެވެ. އޭރުވެސް އޭނާ އުޅުނީ އިންތިހާ ވޭނުގައެވެ.

އޭގެ އިރުކޮޅެއް ފަހުން އެވަގުތު އިންޗާޖުގައި ހުރި ނަރުސް އައިސް އަނެއްކާވެސް ބެލިއެވެ. އަދި ކުއްޖާގެ ވިންދު ނުލިބޭ ކަމަށް ބުންޏެވެ. އަދިވެސް ތިއޭޓަރަށް ނުގެންގޮސް އޭނާވެސް އެތަނުން ދިޔައީއެވެ. އިރުކޮޅެއްގެ ތެރޭގައި އެއްވެސް ނަރުހެއް އަދި ޑޮކްޓަރެއްވެސް ކައިރީގައި ނެތި އޭނާ ވިހެއީއެވެ.

އެވަގުތު އިތުރު ނަރުހެއް ފެނުމުން އާއިލާއިން ވަނީ އޭނާ ބަލައިދިނުމަށް އެދި އާދޭސްކޮށްފައެވެ. އަދި ބެލިއިރު ކުއްޖާގެ ބޯ އޮތީ ނިކުމެފައި ކަމަށް އާއިލައިން ބުނެފައިވެއެވެ. އެކުއްޖަ ވިހެއީ އެ ވޯޑުގައި އޮވެއެވެ. އޮޕަރޭޝަން ތިއޭޓަރަށް ގެންދިޔައީ ކުއްޖާ ވިހެއި ފަހުންނެވެ. ކުއްޖާގެ ހާލު ރަނގަޅުކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

އެވަގުތު ގައިނީ ވޯޑުގައި އެޑްމިޓުކޮށްފައި އޮތީ އޭނާ އެކަންޏެވެ. އެހެންނަމަވެސް އޭނާއަށް ދޭންޖެހޭ އެންމެ ފުރިހަމަ ފަރުވާ ނަރުހުންނަށް ދެވިފައިނުވާކަމަށް އާއިލާއިން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ މިކަމުގެ ރިޕޯޓު ހޮސްޕިޓަލަށް ލިބިފައިވާކަމަށެވެ. އެއާއެކު މިކަމުގައި ޝާމިލްވާ ސްޓާފުންނަކީ ކޮބައިތޯ ބަލަމުންދާކަމަށާއި، އަދިވެސް އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްހެލްތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު