Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަރަބިއްޔާ އާއި ޖަމާލުއްދީން ސްކޫލްގެ އިމާރާތް

އަރަބިއްޔާ އާއި ޖަމާލުއްދީން ސްކޫލު އަޅަން އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފި

މަޝްރޫއުގެ އަގަކީ 168،525،150.92 ރުފިޔާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 ސެޕްޓެމްބަރު 2022 | ހުކުރު 02:11
އަރަބިއްޔާ ސުކޫލުގެ އައު އިމާރާތާއި ޖަމާލުއްދީން ސުކޫލުގެ އެނެކްސް އިމާރާތުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ

އަރަބިއްޔާ ސުކޫލުގެ އައު އިމާރާތާއި ޖަމާލުއްދީން ސުކޫލުގެ އެނެކްސް އިމާރާތުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ

އަރަބިއްޔާ ސުކޫލުގެ އައު އިމާރާތާއި ޖަމާލުއްދީން ސުކޫލުގެ އެނެކްސް އިމާރާތުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފިއެވެ.

ދެ ސްކޫލު ނިންމުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސެކްރެޓަރީ އިބްރާހިމް ނިހާދެވެ.

ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މި މަސައްކަތް 420 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މަޝްރޫއުގެ އަގަކީ 168،525،150.92 (ސަތޭކަ ފަސްދޮޅަސް އަށް މިލިއަން ފަސްލައްކަ ފަންސަވީސްހާސް ސަތޭކަ ފަންސާސް) މިލިއަން ރުފިޔާ އެވެ.

މި މަޝްރޫއުގެ ދަށުން ބާ ޖަމާލުއްދީން ހުރި ސަރަހައްދުގައި 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހަތަރު ލިފްޓު ހަރުކުރާނެ އެވެ.

ޖަމާލުއްދީން ސުކޫލުގެ އައު އިމާރާތުގައި އަޅާނީ 34 ކްލާސްރޫމާއި ދެ ލިފްޓެވެ.

އަރަބިއްޔާ ސްކޫލް ބައު ޖަމާލުއްދީން ހުރިތަނަށް ބަދަލު ކުރަނީ އެ ސްކޫލް ކުރިން ހިންގި އިމާރާތުގައި ކުދިންނަށް ކިޔަވައިދިނުމަކީ ރައްކާތެރިކަމަކަށް ނުވާތީއެވެ. އެގޮތުން، ޗާންދަނީ މަގުގައި ހިންގި އެ އިމާރާތުގައި ރެނދުލައި އެތަނުގައި ކިޔަވައިދިނުމަކީ ރައްކާތެރިކަމަކަށް ނުވާތީ ވަގުތީ ގޮތުން އެ އިމާރާތް ވަނީ މިހާރު ބަންދުކޮށްފައެވެ.

އިމާރާތް ވަގުތީ ގޮތުން ބަންދު ކުރި ނަމަވެސް އަރަބިއްޔާ ސްކޫލުގެ ކިޔެވުން މެދުުނުކެނޑި އަދިވެސް ކުރިއަށް އެބަދެއެވެ. އެ ސްކޫލް ވަގުތީގޮތުން ހިންގަމުން އަންނަނީ ހުޅުމާލެ ފެރީ ޓާރމިނަލް ކައިރީގައި ހުންނަ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައެވެ.

700 އަށްވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.

ބައު ޖަމާލުއްދީންގައި ހުރި އިމާރާތްތައް ތަޅާލާނެ ބަޔަކު ހޯދަން އިއުލާންކޮށް އެ މަސައްކަތް ހަވާލު ކޮށްފައިވަނީ ވެލްޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް މެއި މަހުގެ 10 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ 75 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 2.4 މިލިއަން ރުފިޔާއަށެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން ބާޖަމާލުއްދީން އަލްއަރަބިއްޔާ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
20 ސެޕްޓެމްބަރު 2024

މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން

20 ސެޕްޓެމްބަރު 2024
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު