Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށީގެ މަގުތަކުގައި ތާރުއެޅުން

ޑިސެމްބަރު މަހުގެ ކުރިން ހޯރަފުށީގެ މަގުތަކުގައި ތާރުއަޅާ ނިންމާނަން - އާޒިމް

މިހާތަނަށް 7 ބިލިއަން ރުފިޔާގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 12:34
ހޯރަފުށީގެ މަގުތަކުގައި ތާރުއެޅުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަފުޅުދައްކަވަނީ

ހޯރަފުށީގެ މަގުތަކުގައި ތާރުއެޅުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަފުޅުދައްކަވަނީ

ޑިސެމްބަރު މަހުގެ ކުރިން ހޯރަފުށީ މަގުތަކުގައި ތާރުއަޅައި ނިންމާނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިހެން ވިދާޅުވީ، އެމްޓީސީސީން ހޯރަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ ހޯރަފުށީގައި އެމްޓީސީސީން ކުރަމުންދާ މަސައްކަތް އަވަހަށް ނިންމަން ލިބޭ އެންމެ ބޮޑު ހިތްވަރަކީ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ކަމަށެވެ. ރައްޔިތުންގެ އެއްބާރުލުން ނުލިބޭނަމަ އެކަން އެހެން ނުވީސް ކަމަށެވެ. ހޯރަފުއްޓަކީ މިހާތަނަށް ކުރެއްވި ދަތުރުތަކަށް ބަލާލާއިރު އެންމެ ގިނައިން އާދެވުނު އެއް ރަށްކަމަށާއި، އެކަން އެހެން ދިމާވަނީ ރައްޔިތުން ދޭ ލޯތްބާއި އިހުތިރާމާއި ގަދަރުގެ ސަބަބުންކަމަށެވެ.

އާޒިމް ވިދާޅުވީ ހޯރަފުށީގެ މަގުތަކުގައި ތާރުއެޅުމުގެ ރަސްމިއްޔާތު ބޭއްވިގެންދަނީ، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް، އެމްޓީސީސީއަށް ކުރައްވާ އިތުބާރެއްގެ ސަބަބުން ކަމަށެވެ. މި އިތުބާރާއެކު މިހާތަނަށް 7 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ އެއްވެސް ކަމެއް ލަސްނުކޮށް، ކޮލިޓީކޮށް އެތައްޒަމާނަކަށް ބޭނުންކުރެވޭގޮތަށް ހެދުމަށް އަބަދުވެސް މިނިސްޓަރ އަސްލަމް އިރުޝާދު ދެއްވާކަމަށާއި، އެމްޓީސީސީން މަސައްކަތް ކުރިއަށް ގެންދަވާނީވެސް އަދި ކުރައްވާނީވެސް އެގޮތަށްކަމަށެވެ.

ހޯރަފުށީގައި، އެމްޓީސީސީން ކުރިއަށް ގެެންދާ ބައެއް މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި އާޒިމް ވިދާޅުވީ، ހޯރަފުށީގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެއަރޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި މަގުހެދުން ކުރިއަށްދާކަމަށެވެ. އާޒިމް ވިދާޅުވީ ކޮވިޑްގެ ވަގުތުގައިވެސް، ދިވެހިރާއްޖެއަކީ ހިނގަހިނގައި ހުރި ގައުމެއްކަން ދައްކުވައިދިނީ ހޯރަފުށީ ރައްޔިތުން ކަމަށާއި، ކޮވިޑްގެ ހާލަތުގައި ރައީސް ޞާލިޙުގެ ސަރުކާރު ހިނގާކަން ދައްކައިދިނީ ހޯރަފުށީ ރައްޔިތުންކަމަށެވެ.

ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއްގައި، 5,303 މީޓަރު ދިގުމިނުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 11,113.80 (އެގާރަހާސް އެއްސަތޭކަ ތޭރަ ޕޮއިންޓް އަށެއް ސުމެއް) އަކަމީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީއާ ހަވާލުކުރެވުނު 71.90 މިލިއަން ރުފިޔާގެ މި މަަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 470 ދުވަހުގެ ތެރޭގައެވެ.

ހއ. ހޯރަފުށިއެމްޓީސީސީއާދަމް ޢާޒިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު