Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓެލްކޯ ފްލެޓުތައް

ސްޓެލްކޯގެ ނުވިކި ހުރި ފްލެޓުތަކުގެ ގުރުއަތުލުން ބާއްވައިފި

ނުވިކި ހުރީ ދެ ކޮޓަރީގެ 16 ފެލްޓާއި އެއް ކޮޓަރީގެ 16 ފްލެޓް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 00:19
ސްޓެލްކޯއިން ގުރުއަތުނެގުމަށް ބޭއްވި ރަސްމިއްޔާތު

ސްޓެލްކޯއިން ގުރުއަތުނެގުމަށް ބޭއްވި ރަސްމިއްޔާތު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން ތަރައްގީކޮށްފައިވާ ޓަވަރުތަކުން މިހާތަނަށް ނުވިކި ހުރި ފްލެޓުތަކުގެ ގުރުއަތުލުން ބާއްވައިފިއެވެ.

"ބްލޫ ރިޖް" ގެ ނަމުގައި ސްޓެލްކޯއިން ތަރައްގީކޮށްފައިވާ މި ދެ ޓަވަރުގައި މިހާރު ވެސް މީހުން ދަނީ ދިރިއުޅެމުންނެވެ. މިއީ ސަރުކާރު ކުންފުނިތަކުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަަރައްގީ ކުރި ޓަވަރުތަކުގެ ތެރެއިން މީހުން ދިރިއުޅެން ފެށި ފުރަތަމަ ޓަވަރެވެ.

ސްޓެލްކޯގެ ދެ ޓަވަރުގައި މިހާތަނަށް ނުވިކި ހުރި ފްލެޓުތަކުގެ ގުރުއަތުލުން އެ ކުންފުނިން ބާއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގައެވެ.

ސްޓެލްކޯގައި ހުޅުމާލެއިން ތަރައްގީކޮށްފައިވާ ދެ ޓަވަރުގައި 360 ފްލެޓް ވަނީ ހަދާފައެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މިހާތަނަށް ނުވިކި ހުރީ ދެ ކޮޓަރީގެ 16 ފެލްޓާއި އެއް ކޮޓަރީގެ 16 ފްލެޓެވެ. އަދި މީގެ ކުރިން އެއް ކޮޓަރީގެ ފްލެޓެއް ލިބުނު މުވައްޒަފަކު އޭނާއަށް ލިބުނު ފްލެޓް ދޫކޮށްލުމުން ގުރު ނެގި އިރު އެ ފްލެޓަށް ވެސް ގުރު ނަގާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މި ފްލެޓުތަކަށް ކުރިމަތިލި މުވައްޒަފުންގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓުތަކަށް ޝަރުތުހަމަވާ 75 މުވައްޒަފުން ތިބިއިރު ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 235 މުވައްޒަފުން ތިއްބެވެ.

ސްޓެލްކޯއިން ވަނީ ނުވިކިހުރި ޔުނިޓްތަކުގެ ކޮންމެ ކެޓަގަރީއަކުން ވެސް އިތުރު 15 މުވައްޒަފުންގެ ނަން ވެއިޓިން ލިސްޓްގެ ގޮތުގައި ގުރުއަތުން ނަގާފައެވެ. މި މުވައްޒަފުންނަށް ފުރުސަތު ލިބޭނީ އަންގާރަ ދުވަހުގެ ރޭ ގުރުއަތުން ހޮވުނު މުވައްޒަފުންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ މުވައްޒަފަކު ފްލެޓު ދޫކޮށްލުމުންނެވެ.

ސްޓެލްކޯގެ ފްލެޓްތަކަށް ފައިސާ ދައްކަނީ 18 އަހަރަށް ބަހާލައިގެންނެވެ. އެގޮތުން އެއް ކޮޓަރީގެ އެޕާޓްމަންޓަކަށް މަހު ކުލީގެ ގޮތުގައި 5622 ރުފިޔާ ދައްކަން ޖެހޭއިރު 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ ފްލެޓްތަކަށް މަހަކު 10،356 ރުފިޔާއާއި 10،652 ރުފިޔާއާއި ދެމެދުގެ އަގެއް ދައްކަން ޖެހެއެވެ. މީގެ އިތުރުން ފްލެޓްތަކުގެ މެއިންޓެނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާ ދައްކަން ޖެހެއެވެ.

ސްޓެލްކޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު