Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ނޭޝަންސް ލީގު

ޕޯޗުގަލް ބަލިކޮށް ސްޕެއިން ސެމީއަށް

މެޗުގެ ހަމައެކަނި ލަނޑު ޖެހީ އަލްވާރޯ މޮރާޓާ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2022 | ބުދަ 02:22
ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލް ބަލިކޮށް ސްޕެއިނުން މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފިއެވެ.

ސްޕެއިންގެ އިތުރުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ކްރޮއޭޝިޔާ, އިޓަލީ އަދި ނެދަލެންޑްސްއެވެ. އަންގާރަ ދުވަހުގެރޭ މެޗަށް ނުކުތް އިރު ސެމީގެ ފުރުސަތު ބޮޑުކޮށް އޮތީ ޕޯޗުގަލްްއަށެވެ. މެޗުން އެއްވަރުކޮށްގެން ވެސް ޕޯޗުގަލްއަށް ސެމީއަށް ދަތުރުކުރެވެން އޮތެވެ. ސެމީގެ ޖާގަ ސްޕެއިން ކަށަވަރުކުރީ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމްލަ 11 ޕޮއިންޓު ހޯދައިގެންނެވެ. ޕޯޗުގަލްއަށް ލިބެނީ 10 ޕޮއިންޓެވެ.

ޕޯޗުގަލްގެ އެސްޓާޑިއޯ މުނިސިޕަލް ޑި ބްރާގާގައި ކުޅުނު މެޗު ސްޕެއިނުން ކާމިޔާބުކުރީ 1-0ންނެވެ. މެޗުގެ ހަމައެކަނި ލަނޑު 88 ވަނަ މިނެޓުގައި ސްޕެއިނަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. މިއީ ނިކޯ ވިލިއަމްސް ބޮލުން ޖައްސާލި ބޯޅައެއް ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިގެން މޮރާޓާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުން ބަލިވި ނަމަވެސް ޕޯޗުގަލްއަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިއޮގޯ ޖޮޓާ ފޮނުވާލި ބޯޅަ ގޯލަށް ވަނަނުދީ ސަލާމަތްކުރީ ސްޕެއިންގެ ކީޕަރު އުނެއި ސިމޯންއެވެ. ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ ގޯލުގެ ބޭރު ދާގަނޑަށް އަމާޒުވިއިރު, ދެވަނަ ހާފުގެ ކުރީކޮޅު ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލަށް ފޮނުވާލި ބޯޅައަށް ހުރަސްއެޅީ ސްޕެއިންގެ ކީޕަރު ސިމޯންއެވެ.

މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސްޕެއިންގެ ވިލިއަމްސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ފޮނުވާލި ދެހަމަލާވެސް ދިފާއުކުރީ ޕޯޗުގަލްގެ ކީޕަރު ޑިއޮގޯ ކޮސްޓާއެވެ.

2019 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ޕޯޗުގަލްއަށް ސެމީގެ ޖާގަ ގެއްލުނުއިރު, ސްޕެއިންއަށް ވަނީ މުބާރާތް ކާޏިޔާބު ކުރުމުގެ އުންމީދު އައުވެފައެވެ. ސްޕެއިން ވަނީ 2021 ވަނަ އަހަރުގެ މުބާރާތުގެ ރަނައަޕްކަން ހޯދާފައެވެ.

ސްޕެއިންޕޯޗުގަލްޔުއެފާ ނޭޝަންސް ލީގު

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

09 އޮކްޓޯބަރު 2025
ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2025
ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު