Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ވިމެންންސް ވޮލީބޯލް

ރަސްމީ ސްކޮޑް އިއުލާން ކުރާނީ އެސޯސިއޭޝަން ކަޕަށް ފަހުގައި: ލަތީފް

އޭޝިއަން ވިމެންންސް ވޮލީބޯޅަ ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ފަރިތަކުރުންތަށް މިހާރު ވަނީ ފަށާފައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 20 ޖޫން 2017 | އަންގާރަ 13:10
އަންގާރަ ދުވަހު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެެއިން

އަންގާރަ ދުވަހު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެެއިން

އަންނަ އޯގަސްޓް މަހުގެ 09 އިން 17 އަށް ފިލިޕީންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ، އޭޝިއަން ވިމެންންސް ވޮލީބޯލް ޗެމްޕިއަންޝިޕަށް ތައްޔާރުވުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ވަރަށް އަވަހަށް މިހާރު އެކުލަވާލެވިފައިވާ ގައުމީ ސްކޮޑް އިއުލާން ކުރާނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ ރައީސް މުހަންމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެވެ.

މިކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތި ހިއްސާ ކުރުމަށްޓަކައި އަންގާރަ ދުވަހު، ޒުވާނުންގެ މަރުކަޒައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ލަތީބެ ވިދާޅުވީ، ގައުމީ އަންހެން ޓީމު އެކުލަވާލައި، ފަރިތަކުރުންތަށް ފަށާފައިވާ ކަމަށާއި، ނަމަވެސް މިހާރު ކުރިއަށްދަނީ ވާމްއަޕް ފަރިތަކުރުން ތަކެއް ކަމަށެވެ. އެގޮތުން ދެދުވަހެއްގެ ތެރޭގައި މިހާރު އެކުލަވާލެވިފައިވާ ގައުމީ ސްކޮޑް އިއުލާން ކުރާނެ ކަމަށާއި ނަމަވެސް ރަސްމީ ސްކޮޑް އިއުލާން ކުރާނީ އަންނަ މަހުގެ 7 ވަނަ ދުވަހު ފުވައްމުލަކުގައި ފަށާ ވީއޭއެމް ވިމެންސް ވޮލީބޯލް އެސޯސިއޭޝަން ކަޕަށް ފަހުގައި ކަމަށް ލަތީބެ ވިދާޅުވިއެވެ.

ލަތީބެ ވިދާޅުވީ، އޭޝިއަން ޗެމްޕިއަންޝިޕަށް ތައްޔާރުވާން ފަށާފައި ވާއިރު، ފަރިތަކުރުންތަކުގެ މެދުތެރެއިން އެސޯސިއޭޝަން ކަޕް އޮތުމަކީ ލިބޭ އެޑްވާންޓޭޖެއް ކަމަށާއި، އެގޮތުން މުބާރާތުގެ ކުރިން ކުޅުންތެރިންނަށް މެޗުތަކެއް ކުޅެން ލިބި، އޭގެ އިތުރުން އެ މުބާރާތުން ފާހަގަ ކޮށްލެވޭ ކުޅުންތެރިންނަށްވެސް ގައުމީ ސްކޮޑުން ޖާގަ ހޯދުމަށް ފުރުސަތު ލިގިދެންދާނެ ކަމަށެވެ. އެގޮތުން ލަތީބެ ވިދާޅުވީ، އެސޯސިއޭޝަން ކަޕް ފެށުމުގެ 10 ދުވަސް ކުރިން ފަރިތަކުރުންތަށް މެދުކަނޑާލާނެ ކަމަށާއި، ނޫންނަމަ އެ މުބާރާތުގައި ކުޅެނީ ގައުމީ ޓީމުގެ ކިތަށް ކުޅުންތެރިންތޯ ބަލައި އެ ކުޅުންތެރިންނަށް ރިލީސް ދިނުމަށްފަހު ބާކީތިބި ކުޅުންތެރިންނާއި އެކު ފަރިތަކުރުންތަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންކަމުން އެ މުބާރާތުން ފާހަގަ ކޮށްލެވޭ ކުޅުންތެރިންނަށްވެސް ސޮކޮޑުގައި ބައިވެރި ވުމުގެ ފުރުސަތު އޮންނާނެ ކަމަށް ލަތީބެ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ލަތީބެ ވިދާޅުވީ، ގައުމީ ޓީމުގެ ފަރިތަކުރުންތަށް ފެށުން ލަސްވެގެން ދިޔަ މައިގަނޑު ސަބަބަކީ، ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމަށް އޮންނަ ހަމައެކަނި ތަނަކީ ޒުވާނުންގެ މަރިކަޒުގެ އިންޑޯ ކޯޓު ކަމަށް ވެފައި، އެތަން ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

03 މާރިޗު 2017
މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ
26 ފެބުރުއަރީ 2017

ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

26 ފެބުރުއަރީ 2017
ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
08 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި

08 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު