Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްލޭނިން މިނިސްޓަރު އަސްލަމް

ބާރަށް ތަރައްގީ ކުރިއަށްދިޔަ ޒަމާނުގެގޮތުގައި މިވެރިކަން ތާރީޚުގައި ލިޔެވޭނެ: އަސްލަމް

ހުރިހާ މަޝްރޫއެއްވެސް ބާރަށް ކުރިއަށްދާކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 ސެޕްޓެމްބަރު 2022 | ހޯމަ 13:28
މިނިސްޓަރު އަސްލަމް

މިނިސްޓަރު އަސްލަމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން، ބާރަށް ތަރައްގީ ކުރިއަށްދިޔަ ޒަމާނުގެގޮތުގައި ތާރީޚުގައި ލިޔެވިގެންދާނެ ކަމަށް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހދ. ނައިވާދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި، ޚިދުމަތް ދިނުމަށް އެ ރަށުގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ، އެހެން ސަރުކާރުތަކާ މި ސަރުކާރު ތަފާތުވާނެކަމަށެވެ. އެގޮތުން، މި ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގަމުންދާއިރު، ރައީސް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ މަޝްރޫއުތައް ނިންމުން ފާހަގަކުރެއްވުމަށްކަމަށެވެ.

މި ސަރުކާރުން މަޝްރޫއުތައް ހިންގުމުގައި ތަފާތުކުރުމެއް ނުގެންގުޅޭކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، ހުރިހައި މަޝްރޫއެއްވެސް ބާރަށް ކުރިއަށްދާކަމަށެވެ. އަދި ރަށްރަށް ތަރަައްގީކުރެވޭނީ އަތޮޅުތަކާމެދު ވިސްނައި، ހުރިހާ ރަށަކީވެސް ރާއްޖޭގެ ބައެއްކަމަށް ދެކިގެން މަސައްކަތްކުރުމުގެ ފިކުރު ހުރި ބަޔަކަށްކަމަށާއި، މި ސަރުކާރުގައި އެ ފިކުރު އެބަހުރި ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ތާރީޚުގައި ލިޔެވިގެންދާނެކަމަށާއި، އެގޮތުން، މިއީ ތަރައްގީއަށާއި ސާފުތާހިރު ދިރިއުޅުމަކަށް މަގުފަހިކޮށްދިން ޒަމާންކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވިގޮތުގައި، މި ސަރުކާރުން ވަނީ މިހާތަނަށް 44 ރަށެއްގެ ބަނދަރުގެ މަސައްކަތް ފަށައި ނިންމާފައެވެ. އަދި 37 ރަށެއްގެ ބަނދަރުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

މި ސަރުކާރުން ފެށި މަގު ހެދުމުގެ މަސައްކަތްތަކުގެ ތެރެއިން 5 ރަށެއްގެ މަސައްކަތް މިހާތަނަށް ނިންމާލާފައިވާއިރު، އިތުރު 21 ރަށުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން އަސްލަމް ފާހަގަކުރެއްވިއެވެ. އަދި 7 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، އިތުރު 7 ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެއް އެއާޕޯޓުގެ މަސައްކަތް ނިމިފައިވާއިރު، ތިން އެއާޕޯޓުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ ތެރެއިން 11 ރަށެއްގެ މަސައްކަތް މި ސަރުކާރުން ނިންމާލާފައިވާއިރު، 130 ރަށުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
01 ނޮވެމްބަރު 2025

ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

01 ނޮވެމްބަރު 2025
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު