Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
68 ވަނަ އަސާސީ ތަމްރީންކޯހުގެ ދަސްވެނިވުން

އަސްކަރިއްޔާގެ އެންމެ މޮޅު ހަތިޔާރަކީ ވެސް އެންމެ އަގުބޮޑު ރައުސުލްމާލަކީ ވެސް ސިފައިންގެ މީހުން: މާރިޔާ

185 ދަރިވަރުން ވަނީ ސިފައިންގެ 68 ވަނަ އަސާސީ ތަމްރީންކޯސް ފުރިހަމަކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2022 | އާދީއްތަ 14:00
މިނިސްޓަރ މާރިޔާ

މިނިސްޓަރ މާރިޔާ

އަސްކަރިއްޔާގެ އެންމެ މޮޅު ހަތިޔާރަކީ ވެސް އެންމެ އަގުބޮޑު ރައުސުލްމާލަކީ ވެސް ސިފައިންގެ މީހުން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

68 ވަނަ އަސާސީ ތަމްރީންކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސިފައިން ޚިދުމަތުގައި ތިބޭ އިރު މަސައްކަތް ކުރަން ޖެހޭނީ އެކަތިގަނޑެއްގެ ގޮތުގައި އަމިއްލަ އެދުންތައް ދޫކޮށްލައިގެން ކަމަށެވެ. އަސްކަރީ ޚިދުމަތަކީ ޤައުމީ ޚިދުމަތެއް ކަމަށާއި އެ ޚިދުމަތާއި ގުޅުމަކީ މުގައްދަސް ވާޖިބެއް އަދާކުރުމަށް ވެވޭ ވައުދެއް ކަމަށެވެ. އަދި ސިފައިންގެ މީހާ އެންމެ އިސްކަމެއް ދޭން ޖެހެނީ އޭނާ އާއި ހަވާލުކުރާ ޒިންމާ އަދާކުރުން ކަމަށާއި ފަހު ނޭވާ އާއި ހަމައަށް ވެސް މަސައްކަތް ކުރަންވާނީ މިޝަން ހާސިލްކުރަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮންމެ ގައުމެއްގައި ވެސް އަސްކަރިއްޔާއެއް ވުޖޫދުކޮށް ގާބިލްކަން ހޯދާދީ ދަމަހައްޓަނީ ގައުމުގެ ދިފާއާއި ސަލާމަތް ކަށަވަރުކުރުމަށްޓަކާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިވަންކަމާއި ސަލާމަތްތެރިކަމާއި އެކު އިގްތިސާދީ މަސައްކަތްކޮށް ދިރިއުޅެވޭނެ ވެއްޓެއް ޤާއިމްކޮށް ދެމެހެއްޓުމަކީ އަސްކަރިއްޔާގެ ޒިންމާ އެއް ކަމަށް މިނިސްޓަރ ވިދާޅުވުއެވެ. ސިފައިން ވާން ޖެހެނީ ދީނާއި ގައުމާއި ރައްޔިތުންގެ ހައްގުގައި އަމިއްލަ އެދުންތައް ދޫކޮށްލާ ބަޔަކަށް ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

68 ވަނަ އަސާސީ ތަމްރީންކޯސް ހިންގާފައި ވަނީ 2022 ފެބްރުއަރީ އިން ސެޕްޓެމްބަރ 25 އަށެވެ. އެ ރަސްމިއްޔާތުގައި ދަ ބޭސިކް ސްކޫލްގެ ކޮމާންޑިން އޮފިސަރ މޭޖަރ މުހައްމަދު ނިލާމް ވަނީ އެ ކޯސް ފުރިހަމަ ކުރި ހުރިހާ ދަރިވަރުންނަކީ ސިފައިންގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ސިފައިންގެ މިޝަން ފުރިހަމަކުރަން ފަސްނުޖެހި އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ.

185 ދަރިވަރުން ވަނީ ސިފައިންގެ 68 ވަނަ އަސާސީ ތަމްރީންކޯސް ފުރިހަމަކޮށްފައެވެ. އޭގެ ތެރެއިން 1 ކްރެޑިޓް ގްރޭޑް ހާސިލްކޮށްފައިވާއިރު، 79 ދަރިވަރުން ޑިސްޓިންގްޝަން، 105 ދަރިވަރުން ވަނީ ހައި ޑިސްޓިންގްޝަން ގްރޭޑް ހާސިލްކޮށްފައެވެ. 68 ވަނަ އަސާސީ ތަމްރީންކޯހުގެ އެވްރެޖަކީ 85.7 އިންސައްތައެވެ. މި ކޯލުގައި 20 އަތޮޅުން 100 ރަށަށް ނިސްބަތްވާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެ ކޯލުގައި 30 އަށް ވުރެ ގިނަ މުދައްރިބުންނާއި 3 ގެސްޓް ލެކްޗަރައިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދު އާއި، ސަރޖެންޓް މޭޖަރ އޮފް އެމްއެންޑީއެފް ކޮމާންޑް ސަރޖަރންޓް މޭޖަރ އަބްދުﷲ އަލީގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުން ހިމެނޭހެން ސިފައިންގެ އެކި ރޭންކުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަގުބޮޑުކޮށް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދްމަތް ދޭތީ މިއަދު ބާއްވަން އޮތް ކޮމެޓީގެ ބައްދަލުވުން މިރެއަށް ފަސްކޮށްފި!

އަގުބޮޑުކޮށް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދްމަތް ދޭތީ މިއަދު ބާއްވަން އޮތް ކޮމެޓީގެ ބައްދަލުވުން މިރެއަށް ފަސްކޮށްފި!

01 އޮކްޓޯބަރު 2017
މާލޭއަށްވުރެ އަގުބޮޑުކޮށް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދްމަތް ދޭތީ އެކަން ކޮމެޓީން ބަލަނީ

މާލޭއަށްވުރެ އަގުބޮޑުކޮށް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދްމަތް ދޭތީ އެކަން ކޮމެޓީން ބަލަނީ

01 އޮކްޓޯބަރު 2017
ކަންބޮޑުވެ ނުލައްވާ، ޚުދުމުޚުތާރު ވެރިކަން ނިމި ރައްޔިތުން މޮޅުވާނެ: ރައީސް މައުމޫން

ކަންބޮޑުވެ ނުލައްވާ، ޚުދުމުޚުތާރު ވެރިކަން ނިމި ރައްޔިތުން މޮޅުވާނެ: ރައީސް މައުމޫން

13 ޖުލައި 2017
ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ނައިވާދޫގައި ފަށައިފި

ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ނައިވާދޫގައި ފަށައިފި

02 ޖޫން 2017
ކާށީގެ އަގު ރަނަށް، އަދިވެސް އަގުބޮޑުވާނެ!

ކާށީގެ އަގު ރަނަށް، އަދިވެސް އަގުބޮޑުވާނެ!

29 މެއި 2017

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު