Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ އާރަށު ހިޔާނަތުގެ މައްސަލަ

ރައީސް އޮފީހުން ފޮނުވާ ކޮންމެ ސިޓީއަކީ ރައީސް ވިދާޅުވެގެން ފޮނުވާ ސިޓީއެއް ނޫން: ހެކިވެރިޔާ

ރައީސް އޮފީހުން ފޮނުވާ ސިޓީތަކުގައި ޑިޕާޓްމަންޓުތަކުގެ ވެރިން ސޮއިކުރައްވާފައި ވެސް ހުންނާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2022 | އާދީއްތަ 06:13
ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުން

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުން

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ހެއްކެއްގެ ގޮތުގައި ހާޒިރު ކޮށްފައިވަނީ ހަނިމާދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ މުޙައްމަދު މުޖުތާޒުއެވެ. އޭނާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީނު ދަންނަނީ 2006 ވަނަ އަހަރު އޭރު މަޖިލީހުގައި މަސައްކަތް ކުރެއްވިއިރު ކަމަށެވެ. އޭގެ ފަހުން އޭނާ ވަނީ ރައީސް ޔާމީނުގެ ދައުރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. އެގޮތުން ޕާލިމެންޓަރީ އެންޑް ޕޮލިޓިކަލް އެފެއާޒް ސެކްޝަންގެ މަސައްކަތްތައް އޭރު ބަލަހައްޓަވާފައިވާނެކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއަށް އެކި ޑިޕާޓްމަންޓުތަކުން ފޮނުވާ ނޯޓުތަކާއި އެއާއި ގުޅިގެން ރައީސް އަންގަވާ ކަންކަން ތަންފީޒުވޭތޯ ބެލުމާއި، ރައީސްގެ ފަރާތްޕުޅުން ވަޒީރުންނަށް އަންގަންޖެހޭ ކަންކަން އެންގުމާއި، އެފަދަ ކަންކަން ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ރައީސް އޮފީހުން ސިޓީތައް ފޮނުވުމުގައި އާންމު އުސޫލުން އަމަލުކުރާ ގޮތް ބަޔާންކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް އޮފީހުން ފޮނުވާ ސިޓީތަކުގައި ޑިޕާޓްމަންޓުތަކުގެ ވެރިން ސޮއިކުރައްވާފައި ވެސް ހުންނާނެ ކަމަށެވެ. އެގޮތުން ކަނޑައެޅިގެން ރައީސް ސޮއިކުރައްވަން ޖެހޭފަދަ ސިޓީތައް ފިޔަވައި އިތުރު ސިޓީތަކުގައި ރައީސް އޮފީހުގެ އިސްވެރިންނަށް ސޮއިކުރުމުގެ ބާރު ލިބިދީފައި އޮންނަކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީންއާއި، މުޙައްމަދު ހުސައިން ޝަރީފާއި، ހެކިވެރިޔާގެ އިތުރުން، އަހުމަދު ޒުހޫރަށްވެސް އެ ހުއްދަ ދެއްވާފައިވާ ކަމަށާއި، އެ ނޫން ފަރާތަކަށް ރައީސް ޔާމީނުގެ ވެރިކަމުގައި އެ ހުއްދަ ދެއްވާފައިނުވާ ކަމަށް މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނާ ޙަވާލާދީ އޭނާ ވިދާޅުވިއެވެ.

ހެކިވެރިޔާ ވިދާޅުވީ، އެ ޤާނޫނުގެ ދަށުން ބަލާއިރު ރައީސް އޮފީހުގެ އަންޑަ ސެކެޓަރީ މޫސާ ފަތުހީއަށް އެފަދަ ހުއްދައެއް އޭރު ނޯންނަ ކަމަށެވެ. ނަމަވެސް ޑިޕާޓްމަންޓުގެ ވެރިއެއްގެ ޙައިސިއްޔަތުން އޭނާއަށް އެ ހުއްދަ އޮންނަކަމަށް ވިދާޅުވިއެވެ

ރައީސް އޮފީހުން ފޮނުވާ ކޮންމެ ސިޓީއަކީ ރައީސް ވިދާޅުވެގެން ފޮނުވާ ސިޓީއެއް ނޫން ކަަމަށާއި، ރައީސަށް އެނގިވަޑައިނުގެންވެސް ރައީސް އޮފީހުން ސިޓީތައް ފޮނުވާފައި ހުންނާނެކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. އެހެންނަމަވެސް ސިޓީގެ އިބާރާތުގައި ރައީސް ވިދާޅުވެގެންކަމަށް ބަޔާން ކޮށްފައި އޮންނަނީ އެއީ އާންމު އުސޫލުން އަބަދުވެސް އެކަން އޮންނަ ގޮތްކަމަށްވާތީކަން ހެކިވެރިޔާ ފާހަގަ ކުރެއްވިއެވެ.

ރައީސަށް މަތިކޮށްފައިވާ ކަމެއްގައި ރައީސް ފިޔަވައި އިތުރު ބޭފުޅަކު ސޮއި ނުކުރައްވާނެކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދޫކުރުމާގުޅޭ ސިޓީއެއް އޭނާއަށް އެނގިގެން ފޮނުވާފައި ނުވާ ކަމަށާއި، އެފަދަ ސިޓީއެއްގައި ރައީސް ސޮއި ކުރައްވާފައިވާނެކަން ނުވަތަ ނޫންކަން ބުނެދެން ނޭނގޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު