Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފަރުތަކުގައިވާ މުރަކަ އަލުން އާލާކުރުން

ފަތުރުވެރިކަމުން ނަފާ ލިބުން ގުޅިފައިވާ މުރަކަ ބަގީޗާތައް އާލާކުރުން އެކުއެޑޯގައި މެކުހަށް

ސީދާ ފަރަށް މުރަކަ ގެންދިއުމުގެ ކުރިން، އެކަން ޓެސްޓު ކުރަނީ، އެކަމަށް ހާއްސަ ނާސަރީއެއްގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2022 | އާދީއްތަ 07:18
މުރަކަ އާލާވުމުގެ އިތުރުން، އާ ބާވަތްތަކުގެ މަސްމަހާމެހީގެ ދިރުންތައްވެސް އެ ސަރަހައްދުން ފެންނަން ވަނީ ފަށާފައި

މުރަކަ އާލާވުމުގެ އިތުރުން، އާ ބާވަތްތަކުގެ މަސްމަހާމެހީގެ ދިރުންތައްވެސް އެ ސަރަހައްދުން ފެންނަން ވަނީ ފަށާފައި

ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ ތިމާވެށީގެ އެކި ކަހަލަ ކާރިޘާތަކުގެ ތެރެއިން، ފަރުތަކުގެ ދިރުންތަކަށް އެކި ކަހަލަ ގެއްލުންތައް ކުރިމަތިވާ ކުރުވާ ކާރިޘާތަކުން ލިބެ ގެއްލުން ކުޑަ ކުރުމަށް، ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު އެކި ކަހަލަ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އެގޮތުން، އެކުއެޑޯގެ ގަލާޕަގޯޒް ނޭޝަނަލް ޕާކުން މިހާރުވެސް ދަނީ، އެ ޤައުމުގެ ނާޒުކު ޖަޒީރާތައް ވަށައިގެން ވާ ފަރުތަކުގައިވާ މުރަކަ އަލުން އިންދާ، ހައްދާ، އާލާ ކުރާނެ އެކި ގޮތްތައް ބަލާ، ދިރާސާކޮށް، ތަހުލީލުތައް ކުރަމުންނެވެ.

ފަރުތަކުގެ ދިރުންތައް މަރުވެ، ނެދި ދިއުމުގެ އަސަރު، ކަނޑުގެ ދިރުންތަކުގެ ކާބޯތަކެތީގެ ޗޭނަށް ފޯރައެވެ. މިއީވެސް މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތި ކުރުވާ އެންމެ ހައްސާސްކަން ބޮޑު، އެއް މައްސަލައެވެ.

މުރަކަ އަލުން އިންދާ، ހައްދާ، އާލާ ކުރާނެ އެކި ގޮތްތައް ބަލާ، ދިރާސާކޮށް، ތަހުލީލު ކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރި ވަނީ ޕާކް ރޭންޖަރުންގެ އިތުރުން ވޮލަންޓިއަރުންނެވެ. ސެންޓާ ކުރޫޒްއޭ ކިއުނު ރަށުގައި ކުރިއަށް ގެންދާ އެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ބަޔަކީ ގަލާޕަގޯޒް ކޮންޒަރވަންސީއެވެ.

2020 ވަނަ އަހަރުން ފަށައިގެން އެމީހުން ދަނީ، އެޅިގަލާއި ސިމެންތީގެ އިތުރުން ދަގަނޑު ފްރޭމްތަކުގައި ބަނުމުގެ އިތުރުން އެކަތި އަނެކައްޗާއެކު އައްސައިގެން، މުރަކަ އާލާވާ ގޮތްތައް ޓެސްޓު ކުރަމުންނެވެ. ސީދާ ފަރަށް މުރަކަ ގެންދިއުމުގެ ކުރިން، އެކަން ޓެސްޓު ކުރަނީ، އެކަމަށް ހާއްސަ ނާސަރީއެއްގައެވެ.

ނާސަރީގެ މަސައްކަތްވެސް ފިސާރި ކާމިޔާބު ކަމަށް އެކަމުގައި ޝާމިލުވާ ފަރާތްތަކުން ފާހަގަ ކުރެއެވެ. އެގޮތުން މުރަކަ އާލާ ވުމުގެ އިތުރުން، އާ ބާވަތްތަކުގެ މަސްމަހާމެހީގެ ދިރުންތައްވެސް އެ ސަރަހައްދުން ފެންނަން ފަށާފައި ވާ ކަމަށް ބުނެއެވެ.

ގަލަޕަގޯޒް ސަރަހައްދުގެ ފަރުތަކަށް ކުރިމަތިލާން ޖެހިފައި ވާ އެންމެ ބޮޑު ނުރައްކަލަކީ އެލްނީނޯގެ ނުރައްކަލެވެ. އެލްނީނޯގެ ސަބަބުން، އެ ސަރަހައްދުގެ ފަރުގެ މުރަކައިގެ ދިރުންތައް މުޅިން ނެތި ދިއުމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެލްނީނޯގެ ސަބަބުން، ކުއްލިއަކަށް މޫދުގެ ފިނިހޫނުމިން މައްޗަށް ގޮސް، މުރަކައިގައި ދިރިއުޅޭ "އަލްގީ"، އެ މުރަކަތައް ދޫކޮށް ދެއެވެ. ނަތީޖާއެއްގެ ގޮތުން، މުރަކައަށް ބޭނުންވާ ކާނާ ނުލިބި، ކުލަ ފަނޑުވެ ހުދުވެދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުރަކަކޮޅެއް އެޑޮޕްޓް ކުރުން ކިހިނެއް ވާނީ؟

މުރަކަކޮޅެއް އެޑޮޕްޓް ކުރުން ކިހިނެއް ވާނީ؟

10 މާރިޗު 2024
ކާފަގެ ހަނދާންތަކާ ގުޅިފައިވާ، ވަޤުތު ހަނދާންނެތިކޮށްލާ އަސާގަނޑު

ކާފަގެ ހަނދާންތަކާ ގުޅިފައިވާ، ވަޤުތު ހަނދާންނެތިކޮށްލާ އަސާގަނޑު

03 އޯގަސްޓު 2023
މުރަކައިގެ ފަރުތަކުގެ އަޑު ކަންފަތަށް: އަހާލަން ބޭނުންތަ؟

މުރަކައިގެ ފަރުތަކުގެ އަޑު ކަންފަތަށް: އަހާލަން ބޭނުންތަ؟

14 ނޮވެމްބަރު 2022
ސޫރިޔާގެ ދަނޑުބިންތަކުގެ ނަފާ ދެގުނަ ކުރުމުގެ އަޑީގައި ކިލާފަނި!

ސޫރިޔާގެ ދަނޑުބިންތަކުގެ ނަފާ ދެގުނަ ކުރުމުގެ އަޑީގައި ކިލާފަނި!

09 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު