Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަސާ ހަދާ ޒުވާނާ

ކާފަގެ ހަނދާންތަކާ ގުޅިފައިވާ، ވަޤުތު ހަނދާންނެތިކޮށްލާ އަސާގަނޑު

3 އޯގަސްޓު 2023 | ބުރާސްފަތި 06:50

އަސާ ތައްޔާރު ކުރަން އެންމެ ރަނގަޅުވާނެ ކަހަލަ ލަކުޑި ހޯދުމަށް، ޖަންގަލިތަކުގައި އެތައް ގަޑިއިރެއް ހޭދަ ކުރަންޖެހޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 3 އޯގަސްޓު 2023 | ބުރާސްފަތި 06:50
ޝަރްބީލް މި މަސައްކަތް ފެށީ 2015 ވަނަ އަހަރުގެ ތެރޭގައި، އޭގެ ފަހުން އަދާ ޖެހުނު އިރު، 150 އެއްހާ އަސާ ތައްޔާރު ކޮށްފައިވޭ

ޝަރްބީލް މި މަސައްކަތް ފެށީ 2015 ވަނަ އަހަރުގެ ތެރޭގައި، އޭގެ ފަހުން އަދާ ޖެހުނު އިރު، 150 އެއްހާ އަސާ ތައްޔާރު ކޮށްފައިވޭ

ޢުމުރުން 29 އަހަރުގެ ޝަރްބީލް އަޒާރު އުޅެ ބޮޑުވީ ލުބްނާނުގެ ފަރުބަދަމަތީ ސަރަޙައްދެއްގައެވެ. މިއަދުވެސް، އެ ސަރަޙައްދުގެ ޖަންގަލިތަކުގެ ތެރެއިން އެ ޒުވާނާ ފެނެއެވެ. ރަނގަޅު ލަކުޑިގަނޑެއް ހޯދަން އަވަދިނެތި އުޅޭތީއެވެ. މަޤްޞަދަކީ އަސާ ނުވަތަ، ފަރުބަދަތަކަށް އަރަން ބޭނުން ކުރާ ހާއްސަ ދަނޑި ތައްޔާރު ކުރުމެވެ.

އަސާގަނޑު ހެދުމަކީ ޝަރްބީލްގެ ރަސްމީ މަސައްކަތެއް ނޫނެވެ. އެ ޒުވާނާއަކީ ފަލްސަފާ ޢިލްމު ކިޔަވާދޭ ޓީޗަރެކެވެ. ޝަރްބީލް ބުނާ ގޮތުގައި އަސައަކީ، މިހާރު މި ދުނިޔެ ދޫކޮށްފައި ވާ އޭނާގެ ކާފަގެ ހަނދާންތަކާ ގުޅިފައިވާ އެއްޗެކެވެ. ސިޑިތަކުން މައްޗަށް ކާފަ އަރައިގެން ދާ އިރު، އަސާގަނޑު ޖެހޭ އަޑު، މިއަދުވެސް ޝަރްބީލްގެ ކަންފަތަށް އިވޭ ކަހަލައެވެ. ބައެއް ކަހަލަ އަޑުތަކަކީވެސް ފުން ހަނދާންތަކެއް ތާއެވެ.

މި ހުރިހާ ހަނދާންތަކަކީ އަމިއްލަ ޚިޔާލު ބޭނުން ކޮށްގެން އަސާގަނޑުތަކާއި ހައިކިންގް ސްޓިކްސް ތައްޔާރު ކުރުމަށް ޝަރްބީލްއަށް ލިބުނު ހިތްވަރަކަށްވިއެވެ.

އަސާ ތައްޔާރު ކުރުމުގެ މަސައްކަތް ފެށިގެން އަންނަނީ ޖަންގަލިތަކުގެ ތެރެއިންނެވެ. އަސާ ތައްޔާރު ކުރަން އެންމެ ރަނގަޅުވާނެ ކަހަލަ ލަކުޑި ހޯދުމަށް، ޖަންގަލިތަކުގައި އެތައް ގަޑިއިރެއް ހޭދަ ކުރެއެވެ. އަސާ ހަދަން ބޭނުންވާނެ އެންމެ ރަނގަޅު ގޮފިގަނޑުތައް ކަނޑައިގެން އައިސް، އަލިފާންގަނޑެއްގެ ތެރެއަށް އެ ލައެވެ. ލަކުޑިތައް މަށާ، ހިލަކަރުދާސް އަޅާ އޮމާން ކުރެއެވެ. އޮމާން ކުރި ލަކުޑިތައް އެއް ބޮނޑިއަކަށް ބަނުމަށްފަހު، މަސްތަކެއް ވަންދެން އެ ބަހައްޓައެވެ.

އަސާ ތައްޔާރު ކުރުމުގެ އެންމެ ފަހު މަރުހަލާއަކީ އެކި ކަހަލަ ފަރުމާތައް ކަނޑާ ނެގުމާއި ކުލަ ލުމުގެ މަރުހަލާއެވެ. ކޮންމެ އަސާގަނޑަކީ ތަފާތު، ޚާއްޞަ އަސައެކެވެ. އެކި ކަހަލަ ޖަނަވާރާއި، ގަސްގަހާގެއްސާއި، މީހުން ބުނެފައި ހުންނަ މޮޅު ބުނުންތަކާއި، ދީނީ ޝަޚްސުންގެ ސޫރަވެސް، އަސާތަކުގައި ކުރަހައެވެ.

ޝަރްބީލް މި މަސައްކަތް ފެށީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އަދާ ޖެހުނު އިރު، 150 އެއްހާ އަސާ ތައްޔާރު ކޮށްފިއެވެ. އެއީ ވިއްކަން ހެދި އަސާތަކެވެ. ޚާއްޞަ އޯޑަރު ލިބޭ ވަރަކުން، އެމީހަކު އެދޭ ވަކި ފަރުމާތަކަކަށްވެސް އަސާ ހަދާ ދެއެވެ. ކޮންމެ އަސާގަނޑެއްގެ އަގު ފެށެނީ 55 އެމެރިކާ ޑޮލަރާ ހިސާބުންނެވެ.

ވިއްކަން ހަދާ އަސާތަކުގެ އިތުރުން، އޭނާގެ އަމިއްލަ މިލްކިއްޔާތުގައި ރައްކާ ކުރަންވެސް ޝަރްބީލް އަސާ ހަދައެވެ. އެއީ ދުވަހަކުވެސް ވިއްކާލާނެ އަސާތަކެއް ނޫން ކަމަށް އޭނާ ބުނެއެވެ.

މޮޅަށް ކިޔަވައިގެން މަތީ ފެންވަރުގެ ވަޒީފާތައް އަދާ ކުރި ކަމުގައި ވީ ނަމަވެސް، އަމިއްލަ ހުނަރާއި ޢާއިލީ ހަނދާންތައް ކުރިއަރުވާ، ދެމެހެއްޓުމަށްޓަކާ ޝަރްބީލް ފަދަ ޒުވާނުންގެ ދިރިއުޅުމުން ފިލާވަޅު ލިބިގަތުން މުހިންމު ނޫންތޯއެވެ؟

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2022

ފަތުރުވެރިކަމުން ނަފާ ލިބުން ގުޅިފައިވާ މުރަކަ ބަގީޗާތައް އާލާކުރުން އެކުއެޑޯގައި މެކުހަށް

25 ސެޕްޓެމްބަރު 2022
ފަތުރުވެރިކަމުން ނަފާ ލިބުން ގުޅިފައިވާ މުރަކަ ބަގީޗާތައް އާލާކުރުން އެކުއެޑޯގައި މެކުހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް