Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ މެންބަރުންގެ އަދަދު

މަޖިލީހުގައި މެންބަރުންގެ އަދަދު މަދުކުރަން ތާއިދުކުރަން – ނާޒިމް

ގަބޫލުކުރާ ގޮތުގައި އަދަދު މަދުވެސް ކުރަންޖެހޭ އަދި އިނާޔަތްތައް ވެސް މަދުކުރަންޖެހޭ، މުސާރަވެސް މިއޮތީ ހައްދުފަހަނައަޅާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ސެޕްޓެމްބަރު 2022 | ހުކުރު 08:51
ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފަށާއިރު ޕްރޮގްރާމުގައި

ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފަށާއިރު ޕްރޮގްރާމުގައި

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ އަދަދު ދަށްކުރެއްވުމަށް ތާއީދުކުރައްވާ ކަމަށް ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ މެންބަރުންގެ އަދަދު ދަށްކުރުމަށް ތާއިދުކުރައްވަންތޯ، ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން، ނާޒިމް ވިދާޅުވީ، ރާއްޖޭގެ މަޖިލީހުގައި މެންބަރު "މާ" ގިނަ ކަމަށެވެ. މޮރިޝަސް އަދި ސިންގަޕޫރު ފަދަ ގައުމުތަކަށް ބަލާއިރު، ބޮޑެތި އާބާދީތަކުގައި ތިއްބަވަނީ މަދު ބައެއް ކަމަށެވެ.

Advertisement - newsAdvertisement

ނާޒިމް ވިދާޅުވީ މިނިސްޓަރެއް އަދާކުރައްވަންޖެހޭ ޒިންމާ ބޮޑުވާއިރު، މިނިސްޓަރަކަށްވުރެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑު ކަމަށެވެ. އަދި މިނިސްޓަރަކު އަދާކުރާ މަސްއޫލިއްޔަތުގެ 50 އިންސައްތަވެސް މަޖިލިސް މެންބަރުން އަދާ ނުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެ އިތުރު ނުވާ ގޮތް ހެދުމަށް ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހުރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ.

އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދަކަށް ވާން ޖެހޭނީ 87 ކަމަށެވެ. އަދި އިންތިޚާބީ ދާއިރާތަކުގެ ގޮތުގައި 87 އިންތިހާބީ ދާއިރާ ކަނޑައަޅާ އެ އިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރަން ވާނީ އެންމެ މެމްބަރަކު ކަމަށް ގާސިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ހިމަނާފައެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީ އަށް އަމަލުކުރަން ފެށީ އޮގަސްޓް 7، 2008 ގައެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބެއް ވަނީ ބާއްވާފައެވެ. އިންތިޚާބު ބާއްވާ ކޮންމެ ފަހަރަކު ވެސް މެމްބަރުންގެ އަަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 2009 ގައި އިންތިހާބުކުރި 17 ވަނަ މަޖިލީހުގައި ތިއްބެވީ 77 މެމްބަރުންނެވެ. އަދި 2014 ވަނަ އަހަރު އިންތިޚާބު ކުރި މަޖިލީހުގައި 85 މެމްބަރުން ތިއްބެވިއިރު، މިހާރު ކުރިއަށް ދާ 19 ވަނަ މަޖިލީހުގައި 87 މެމްބަރުން އެބަ ތިއްބެވެ.

އެހެންކަމުން މުސްތަގްބަލުގައި މެމްބަރުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުން ދާ ނަމަ އެއީ ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލިހަށް އެކަށީގެންވާ މިންވަރަށް ވުރެ ގިނަ މެމްބަރުން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިގުތިސާދީ އަދި އެހެނިހެން ގޮތްގޮތުން ވެސް އެކަން ގޮންޖެހުމަކަށް ވާނެކަން ފާހަގަކޮށް ގާސިމް ވަނީ މެމްބަރުންގެ އަދަދު ހިފަހައްޓަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ގާނޫނުއަސާސީގައި ވާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެއެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ

16 މާރިޗު 2017
އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ
15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
11 މާރިޗު 2017

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު
09 މާރިޗު 2017

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް
19 ފެބުރުއަރީ 2017

މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ

19 ފެބުރުއަރީ 2017
މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު