Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނުގެ ރައީސް އިންޓަވިއު ނުދެއްވުން

ބޯ ނިވާކުރުމަށް އަމަންޕޯރ ދެކޮޅު ހެދުމުން އިރާނުގެ ރައީސް އިންޓަވިއު ނުދެއްވި

23 ސެޕްޓެމްބަރު 2022 | ހުކުރު 03:17

އިރާނުން ބޭރުގައި އިރާނުގެ އޮފިޝަލަކާއި އިންޓަރވިއު ކުރުމަށް ބޯ ނިވާކުރަންނުޖެހޭކަމަށް އަމަންޕޯރ ބުނި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ސެޕްޓެމްބަރު 2022 | ހުކުރު 03:17
އަމަންޕޯރ ރައީސީއާ އިންޓަވިއު ކުރުމަށް ތައްޔާރުވެގެން

އަމަންޕޯރ ރައީސީއާ އިންޓަވިއު ކުރުމަށް ތައްޔާރުވެގެން

ސީއެންއެންގެ ޗީފް އިންޓަރޭޝަނަލް އެންކަރ ކްރިސްޓިއާން އަމަންޕޯރ އަށް އިންޓަރވިއު ދެއްވުމަށް ހުރިހާ ކަމެއް ހަމަޖެހުމަށްފަހު، ފަހުވަގުތު އަމަންޕޯރުގެ ބޯ ނިވާކުރުމަށް އެންގި އެންގުމަށް އިންކާރުކުރުމުން އިރާނުގެ ރައީސް އިބްރާހީމް ރައީސީ އިންޓަވިއު ނުދެއްވާ ވަޑައިގެންފިއެވެ.

ރައީސީ ނިއުޔޯކަށް ވަޑައިގެން އުޅުއްވަނީ މިހާރު ކުރިޔަށްދާ އދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސީއެންއެން އަށް އިންޓަރވިއު ދެއްވުމަށް ހަމަޖެހިފައިވާ ގަޑީގެ ސާޅީހަކަށް މިނެޓް ފަހުން ރައީސީ ވަޑައިނުގެން ލަސްވުމާއެކު ރައީސީގެ ފަރާތުން އަމަންޕޯރ އަށް އެންގީ ބޯ ނިވާކުރުމަށެވެ. އޭގެ ޖަވާބެއްގެ ގޮތުން އިހުތިރާމާއެކު އެކަމަށް ދެކޮޅަށް ހެދިކަމަށް އަމަންޕޯރ ބުންޏެވެ.

އަމަންޕޯރަކީ އިރާނަށް އުފަން ތަޖުރިބާކާރު ނޫސްވެރިއެކެވެ. ފާރިސީ ބަހުން ފަރިތަކަމާއެކު އަމަންޕޯރު ވާހަކަދައްކާއިރު ހިނގާދިޔަ ކަންތައްތަކާއި ގުޅޭގޮތުން ސީއެންއެންގެ ނިއުޑޭ ޕްރޮގްރާމްގައި ވާހަކަދައްކަމުން އަމަންޕޯރ ބުނީ އިރާނުގައި ހުރެގެން އެއްވެސް ޚަބަރެއް ރިޕޯޓްކުރާނަމަ ބޯނިވާކުރާކަމަށެވެ. އެއީ އިރާނުގެ ގާނުނުތަކާއި ޘަގާފަތަށް އިހުތިރާމުކުރުމުގެ ގޮތުންކަމަށާއި އެނޫން ގޮތަކަށް އިރާނުގެ ތެރޭގައި ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިނުވެވޭނެކަމަށެވެ. ނަމަވެސް އިރާނުން ބޭރުގައި އިރާނުގެ އޮފިޝަލަކާއި އިންޓަރވިއު ކުރުމަށް ބޯ ނިވާކުރަންނުޖެހޭކަމަށް އަމަންޕޯރ ބުންޏެވެ. އެއީ އެތަންތަނުގައި ބޯނިވާކުރަން ނުޖެހޭތީކަމަށް އަމަންޕޯރ ބުންޏެވެ.

ނިއުޔޯކު ނުވަތަ މިނޫންވެސް އިރާނުން ބޭރު ގައުމެއްގައި އިރާނުގެ ރައީސަކާއި އިންޓަރވިއު ކުރުމަށް މީގެކުރިން ދުވަހަކުވެސް ބޯ ނިވާ ކުރުމަށް އަންގާފައިނުވާކަމަށް އަމަންޕޯރ ބުންޏެވެ. 1995 ވަނަ އަހަރުގެ ފަހުން އިރާނުގެ ރައީސްކަމަށް އައި ކޮންމެ ރައީސަކާވެސް އިންޓަރވިއުކޮށްފައިވާ އަމަންޕޯރ ބުނީ އިރާނުގެ އެތެރޭގައިވެސް އަދި ބޭރުގައިވެސް ކުރިޔަށްގެންދިޔަ އެއްވެސް އިންޓަރވިއުއެއްގައި އޭނާގެ ބޯ ނިވާކުރަން އަންގާފައިނުވާކަމަށެވެ.

އެހެންކަމުން ވަރަށް އިހުތިރާމާއި މަޑުމައިތިރިކަމާއެކު އެކަމަށް ދެކޮޅު ހެދީ އަމިއްލަ ނަފުސާއި ސީއެންއެން އާއި ދުނިޔޭގެ ހުރިހާ ހިސާބެއްގައި އުޅޭ އަންހެން ނޫސްވެރިންގެ ފަރާތުންކަމަށް އަމަންޕޯރ ބުންޏެވެ.

އަމަންޕޯރ އިތުރަށް ބުނީ އިރާނުގެ ރައީސް ރައީސީގެ ފަރާތުން އަމަންޕޯރ އަށް އެންގީ ބޯ ނިވާނުކުރާނަމަ ރައީސީ އިންޓަރވިއު ނުދެއްވާނެކަންކަމަށެވެ. އެއީ މާތްވެގެންވާ މަސްކަމުގައިވާ މުހައްރަމު މަހާއި ސަފަރު މަހަށް އިހުތިރާމްކުރުމުގެ ގޮތުންކަމަށް ރައީސީގެ ފަރާތުން ބުނެފައިވާކަމަށެވެ.

އިރާނުގެ ގާނޫނު ބުނާގޮތުން ހުރިހާ އަންހެނުންވެސް ބޯ ނިވާކުރަންޖެހޭނެއެވެ. އަދި ލައިގެން ތިބެންޖެހޭނީ ގަޔަށް ދޫ ހެދުމެވެ. 1979 ވަނަ އަހަރުން ފެށިގެން އިރާނުގެ ވެރިކަމަށް އިސްލާމިކް ރިވޮލިޔުޝަން އައުމާއެކު މިގޮތަށް އަމަލުކުރަމުން އަންނައިރު މިއުސޫލަށް އިރާނަށް އެތެރެވާ ކޮންމެ ފަތުރުވެރިޔަކާއި ނޫސްވެރިއެއް އަދި ސިޔާސީ މީހަކުވެސް އަމަލުކުރަންޖެހޭނެއެވެ.

ބުރުގާ އެޅުމުގެ މައްސަލައެއްގައި އިރާނުގެ ފުލުހުން ހައްޔަރުކުރި އަންހެނަކު މަރުވުމުގެ މައްސަލައާ ގުޅިގެން އިރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ އެކި ކަންކޮޅުތަކުގައި އަންނަނީ މުޒާހަރާކުރަމުންނެވެ. އިރާނުގެ ސަރުކާރުން ހާމަކޮށްފައިވާ މިންގަނޑާއި ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް ހައްޔަރުކުރި އުމުރުން 22 އަހަރުގެ މަހްސާ އަމީނީ މަރުވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުންނެވެ.

މިކަމާއި ދެކޮޅަށް އިރާނުގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކަކީ މީގެކުރިން އިރާނުގެ ސަރުކާރާ ދެކޮޅަށް ކުރިޔަށްގެންދިޔަ މުޒާހަރާތަކާއި އަޅާބަލާއިރު މާބޮޑަށްވެސް ފުޅާކޮށް ކުރިޔަށްގެންދާ މުޒާހަރާތަކެކެވެ. އަދި މިއީ ރައީސީ ވެރިކަމަށް އައިފަހުން މިހާފުޅާކޮށް ކުރިޔަށްދާ ފުރަތަމަ މުޒާހަރާވެސްމެއެވެ.

އަށް އަހަރުވަންދެން އިރާނުގެ ވެރިކަމުގައި ހަސަން ރޫހާނީ ހުންނެވުމަށްފަހު ރައީސްކަމަށް ރައީސީ ހަވާލުވެވަޑައިގަންނަވާފައިވައިރު ރައީސީ އަކީ އިރާނުގެ ރޫހާނީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ އާ ޚިޔާލު ވަރަށް އެއްގޮތް ބޭފުޅެކެވެ.

އަމީނީގެ މަރާއެކު އިރާނުގައި ވަނީ އެމީހުންގެ އަމިއްލަ މިނިވަންކަމަށް ސަރުކާރުން ހުރަސް އަޅާކަމުގެ އަޑުތައް ބާރުވެފައެވެ. އިރާނުގައި އެންމެ ފަހުން ކުރިޔަށްގެންދިޔަ ސާވޭ ތަކަށް ބަލާއިރު ބުރުގާ އެޅުން ނުވަތަ ބޯ ނިވާކުރަންޖެހޭކަމަށް ގަބޫލުކުރާ މީހުންގެ އަދަދު އަންނަނީ ދަށްވަމުންނެވެ.

އިރާނުގެ އޮފިޝަލުން ބުނާގޮތުގައި އަމީނީ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ނަމަވެސް އަމީނީގެ އާއިލާއިން ބުނާގޮތުގައި އޭނާއަކީ ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ ކުއްޖެއް ނޫނެވެ.

އަމަންޕޯރ އަށް ރައީސީ އާ އިންޓަވިއު ކުރުމުގެ ފުރުސަތު ލިބުމުން އިންޓަވިއުގައި މިހާރު އިރާނުގައި ހިނގަމުންދާ ކަންތައްތަކާއި، އިރާނުގެ ނިޔުކުލިއަރ ޑީލް އަދި ޔޫކްރެއިން ރަޝިޔާ ހަނގުރާމައިގައި އިރާނުގެ ތާއީދު ރަޝިޔާއަށް އޮތް އޮތުމާމެދު ސުވާލުކުރުމަށް ރާވާފައިވާކަމަށް އަމަންޕޯރ ބުންޏެވެ. ނަމަވެސް އެފުރުސަތު ނުލިބުނުކަމަށާއި އޭގެ ސަބަބެއްކަމަށް އެންމެ ބޮޑަށް ގަބޫލުކުރެވެނީ އިރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައްކަމަށް އަމަންޕޯރ ބުންޏެވެ. އެއީ ބޯނިވާކުރުމާއި ގުޅޭގޮތުން އިރާނުގެ ތެރޭގައި ހަމަނުޖެހުންތައް އިތުރުވެފައިވާއިރު ގައުމުން ބޭރުގައި އިރާނުގެ ރައީސް ބޯ ނިވާނުކޮށް ހުރި އަންހެނަކަށް އިންޓަވިއު ދިނުމަކީ އޭގެ ޒާތުގައި ރައީސީއަށް ޕްރެޝަރ އަންނާނެކަމެއް ކަމަށް ގަބޫލުކުރެވޭކަމަށް އަމަންޕޯރ ބުންޏެވެ. އެހެންކަމުން ބޯނިވާކުރުމަށް އެންގީކަމަށް އަމަންޕޯރ ބުންޏެވެ.

މީގެއިތުރުން މިކަމާއި ގުޅިގެން އަމަންޕޯރ ކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ އިރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި މީހުން މަރުވަމުންދާއިރު މިއީ ރައީސީ އާއެކު އިންޓަރވިއު ކުރުމަށް މުހިންމު ވަގުތެއްކަމަށް ދެކޭކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

15 މެއި 2017

ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!

15 މެއި 2017
ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!
06 އެޕްރީލު 2017

ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް

06 އެޕްރީލު 2017
ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
23 ފެބުރުއަރީ 2017

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް