Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއްލައްކަ ގަސް ޕްރޮގްރާމް

"އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ވިލިމާލެ އާއި ހުޅުމާލޭގައި ނާސަރީ ހަދަނީ

މިހާތަނަށް ޖުމްލަ 142 ކަދުރުރުއް ވަނީ އިންދާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2022 | ހުކުރު 02:02
ތައިސޭކޮށީގައި ހަދާފައިވާ ނާސަރީ

ތައިސޭކޮށީގައި ހަދާފައިވާ ނާސަރީ

މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ “އެއްލައްކަ ގަސް“ ޕްރޮގްރާމް ހިނގަމުންދާގޮތުގެ ތަފްސީލް ހާމަކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 68 ވަނަ ރަސްމީ އާއްމު ޖަލްސާގައި މި ތަފްސީލްތައް ހާމަކޮށްދެއްވާފައިވަނީ ކައުންސިލްގެ ގަސް ކޮމެޓީގެ މެންބަރު އަދި މާލެ ސިޓީ ކައުންސިލްގެ ސީނިއަރ ކައުންސިލް އެގްޒެޖެޓިވް އަހުމަދު ޝަރީފް އެވެ.

Advertisement - newsAdvertisement

ގަސްކޮމެޓީގެ ފަރާތުން މި މަޢުލޫމާތުތައް ހާމަކުރައްވަމުން އަހުމަދު ޝަރީފް ވިދާޅުވީ މި ޕްރޮގްރާމް އަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި، އަމާޒަކީ މާލެތެރެ ފެހިކުރުން ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށް ޓަކައި ހިމެނިފައިވާ އިތުރު ކަންކަން ވަނީ ފާހަގަކުރައްވާފައެވެ. މި ޕްރޮގްރާމަށް އިތުރުކުރި ކަންކަމުގެ ތެރޭގައި ރާއްޖެއިން ލިބެންނެތް ގަސްތައް ބޭރު ޤައުމުތަކުން ގެނައުމާއި، ރާއްޖެއިން އުވެމުންދާ ބައެއްކަހަލަ ގަސްތައް ދިރުވާ އާލާކުރުމުގެ އިތުރުން، ގަސް އިންދާހެއްދުމަށް ބޭނުންވާ ބާވަތްތައް ލިބެން ހުންނާނެ އިންތިޒާމް ހަމަ ޖެއްސުމާއި، ގަސްތައް ބެހެއްޓުމަށް ހެދިފައިވާ ނާސަރީތައް ތަރައްޤީކުރުން ހިމެނެއެވެ.

މި ގަސްތައް ގެނެސް ބެހެއްޓުމަށްޓަކައި މިހާރުވެސް ކާނިވާ ސަރަޙައްދުގައި އަދި ތައިސޭކޮށީގައި 2 ނާސަރީ ހެދިފައިވާ ކަމަށާއި، ވިލިމާލޭގައި އަދި ހުޅުމާލޭގައިވެސް އިތުރު ނާސަރީއެއް ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމުގައި ކޮމެޓީގެ ފަރާތުން އަހުމަދު ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ޕްރޮގްރާމާއި ގުޅޭ އިދާރީ ކަންކަން ކުރުމަށްޓަކައި ޕްރޮޖެކްޓް އޮފީހެއްވެސް ޤާއިމް ކުރެވިފައިވާކަމަށާއި، މިކަމަށްބޭނުންވާ ވެލި ތައްޔާރުކުރުންވެސް ކުރިއަށްދާކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އާންމު ރައްޔިތުންނަށް ފެންނާނެހެން އައުޓްލެޓް އެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމުގައި ކޮމެޓީގެ ފަރާތުން ވަނީ ފާހަގަ ކުރައްވާފައެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން ގަސް ޕްރޮޖެކްޓް ކޮމެޓީގެ މުޤައްރިރު މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުالله ނާޞިރު ވިދާޅުވީ ގަސްމުށިތަކުގައި އިޝްތިހާރާއި ކައުންސިލާއި ގުޅޭ މުހިންމު މަޢުލޫމާތު ޖެހުމަށް ޑިޖިޓަލް ސްކްރީން ހަރުކުރެވިފައިވާނެ ކަމަށެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ވިދާޅުވީ މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ މަޝްރޫޢުއަކަށް ވެގެންދާނެ ގޮތަށް މިކަންރާވާ ހިންގަންޖެހޭނެ ކަމަށާއި، މިކަމަކީ ޑިޖިޓަލް މާލެ މަޝްރޫޢުއާއިވެސް ގުޅިގެންދާނެ ކަމެއް ކަމަށެވެ. 

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސްއިންދުމުގެ ޕްރޮގްރާމް ގެ ދަށުން އިންދަން ހަމަޖެހިފައިވާ 65 އިންސައްތަ ގަހަކީ އަނބުގަހެވެ.އަދި ބާކީ 35 އިންސައްތައިގެ ތެރޭގައި،ސައްކެޔޮގަސް، ހިތިގަސް އަދި ދަނބުގަސް،ފަދަ ގަސް ހިމެނިގެންދާނެއެވެ.

މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ފެށިގެންދިޔަ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހިޔާލިބޭ ބޮޑެތި ގަސްތައް ވަނީ އިންދާފައެވެ. މިއާއިއެކު މާލެ ވަށައިގެން ކަދުރު ރުއްތައް އިންދުމުގެ މަސައްކަތް 24 މެއިގައި ފެށިފައިވާއިރު މިކަމުގެ ތަފްސީލްވެސް ޖަލްސާގައި ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ކާނިވާ ބަސް ޓާމިނަލްގައި 14 ރުއް، އާޓިފިޝަލް ބީޗްގައި 23 ރުއް، ބީޗް ވޮލީ ކޯޓް ސަރަޙައްދުގައި 8 ރުއް، އަދި ލޮނު ޒިޔާރަތްޕާކް ކަންމަތީގައި 12 ރުއް، މީގެ އިތުރުން ރިންގް ރޯޑްގައި 85 ކަދުރު ރުއް މިހާތަނަށް އިންދިފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާތަނަށް ޖުމްލަ 142 ކަދުރުރުއް ވަނީ އިންދިފައެވެ. މި ޕްރޮގްރާމްގެ ދަށުން 200 ކަދުރުރުއް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ފެށުމަށް ހަމަޖެހިފައިވާ އެއްލައްކަ ގަސް ޕްރޮގްރާމަކީ ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.6 ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާ ބެހޭ ފަންނީ ފަރާތް ތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު