Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓޫރިޒަމް އެކްސްޕޯ ޖަޕާން

ފަތުރުވެރިކަން ޖަޕާނަށް އިސްތިހާރުކުރަން އެމްއެމްޕީއާރުސީން "ޓޫރިޒަމް އެކްސްޕޯ ޖަޕާން"ގައި ބައިވެރިވެއްޖެ

މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން އެމްއެމްޕީއާރުސީން ޖަޕާނުގެ މާކެޓުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ބައިވެރިވާ ފުރަތަމަ އިން-ޕަރސަން ހަރަކާތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ސެޕްޓެމްބަރު 2022 | ބުރާސްފަތި 14:12
"ޓޫރިޒަމް އެކްސްޕޯ ޖަޕާން"ގައި އެމްއެމްޕީއާރުސީގެ ޓީމުން ހަރަކާތްތެރިވަނީ

"ޓޫރިޒަމް އެކްސްޕޯ ޖަޕާން"ގައި އެމްއެމްޕީއާރުސީގެ ޓީމުން ހަރަކާތްތެރިވަނީ

ޖަޕާނުގެ ޓްރެވަލް ޓްރޭޑް އަދި ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ޓޫރިޒަމް އެކްސްޕޯ ޖަޕާނުގައި ބައިވެރިވެއްޖެއެވެ.

މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން އެމްއެމްޕީއާރުސީން ޖަޕާނުގެ މާކެޓުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ބައިވެރިވާ ފުރަތަމަ އިން-ޕަރސަން ހަރަކާތެވެ. މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ޓޯކިޔޯ ބިގް ސައިޓްގައެވެ.

Advertisement - newsAdvertisement

ޖަޕާނުގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ހަރަކާތްކަމަށްވާ މިފެއަރއަކީ، ފަތުރުވެރިކަމުގެ މަންޒިލްތަކާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތައް އެއްތަނުން ބައްދަލުކޮށް، ފައިދާހުރި ވިޔަފާރީގެ އެކިމުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާ ހަރަކާތެކެވެ.

މި ފެއަރގައި އެމްއެމްޕީއާރުސީން ފަތުރުވެރިކަމުގެ ސްޓޭކްހޯލްޑަރުންނާއި ބައްދަލުކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މައުލޫމާތު ހިއްސާކުރާނެއެވެ. މީގެ އިތުރުން ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ. އެގޮތުން ސޯޝަލް މީޑިއާ ކޮންޓެސްޓްތަކާއި، ކުއިޒްތައް ބާއްވައި މި ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ތަފާތު ހަދިޔާތައް ދެވޭނެއެވެ.

މި ފެއަރގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައިވަނީ ޖަޕާނުގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު، ރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކުވައިދޭ ތަސްވީރުތައް ހިމެނޭ ގޮތަށެވެ. މި ފެއަރގައި އެމްއެމްޕީއާރުސީއާއެކު އިންޑަސްޓްރީގެ 6 ކުންފުންޏަކުން 12 މަންދޫބުން ބައިވެރިވެއެވެ. ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ޕްރޮމޯޓުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި (ރިސޯޓް، ހޮޓެލް، ގެސްޓްހައުސް، ލިވަބޯޑް) ތަފާތު ތަޖުރިބާތައް އެމްއެމްޕީއާރުސީން މާކެޓްކުރާނެއެވެ. ރާއްޖެ ގުދުރަތީގޮތުން އުފެދިފައިވާ ގޮތާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ޚިދުމަތް ފޯރުކޮށްދޭ ތަފާތު ސެގްމަންޓްތައް (ރޮމޭންސް، ހަނީމޫން، ފެމިލީ، އެޑްވެންޗަރ، ވޯޓަރ ސްޕޯޓްސް/ޑައިވް، މައިސް) ސެގްމެންޓުތައް މި ފެއަރގައި ޖަޕާނުގެ ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި ކޮންސިއުމަރުންނަށް ދައްކާލާނެއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ޖަޕާނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި އެއް މާކެޓެވެ. 2019 ވަނަ އަހަރު ޖަޕާން އޮތީ ރާއްޖެއަށް 9 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި މާކެޓްގެ ގޮތުގައެވެ. ކޮވިޑާ ގުޅިގެން ބައިނަލްއަގުވާމީ ދަތުރުފަތުރަށް ބަންދުކޮށްފައި އޮތް ޗަޕާން މިފަހުން ހުޅުވާލާފައިވާއިރު، 10 އޮގަސްޓް 2022ގެ ނިޔަލަށް ޖަޕާނުން ޖުމްލަ 2،909 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

އެމްއެމްޕީއާރުސީން ވަނީ ކޮވިޑް-19ގެ ދުވަސްވަރުގައިވެސް ހުއްޓުމެއްނެތި ޖަޕާނުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ޓްރެވަލް ޓްރޭޑް އަދި މީޑިއާގެ ލީޑިންގ ޕާޓްނަރުންނާއެކު ޑިޖިޓަލް ކެމްޕޭންތައް ކުރިއަށް ގެންގޮސް ޖަޕާނުގެ ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނަށް ޑެސްޓިނޭޝަން އިންފޮމޭޝަން ވެބިނާތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، މި އަހަރުގެ ކުރީކޮޅު، ޖަޕާން މާކެޓަށް އަމަޒުކޮށް ރޭވި މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރެއްގައި ޖަޕާނުގެ ހައި ޕްރޮފައިލް މީޑިއާތަކުގެ އިސް އޮފިޝަލުން ވަނީ ރާއްޖެ ގެނެސްފައެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ގައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، "ވޯލްޑް ޓްރެވަލް އެވޯރޑްސް (ޑަބްލިއުޓީއޭ)" 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން'ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރު ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޚާއްސަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ. މީގެ ދެ އަހަރު ކުރިން ރާއްޖޭގައި އިއުލާން ކުރި ސިއްހީ ކުުއްލި ނުރައްކަލުގެ ހާލަތު 13 މާޗުން ފެށިގެން މިވަނީ އުވާލާފައެވެ. ދަތުރުފަތުރުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި ކޮވިޑްގެ އިތުރު ފިޔަވަޅުތަކަށް ލުއިދިނުމާއެކު ރާއްޖެއަށް ދަތުރުކުރުމަށް ފަތުރުވެރިންނަށް އިތުުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2017

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ދިއުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރު ކުރުމުގެ ނިޒާމް:ރައީސް

27 ސެޕްޓެމްބަރު 2017
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ދިއުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރު ކުރުމުގެ ނިޒާމް:ރައީސް
16 ސެޕްޓެމްބަރު 2017

ޗީފް އޮފް ޑިފެންސް ފޯސް، ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފި

16 ސެޕްޓެމްބަރު 2017
ޗީފް އޮފް ޑިފެންސް ފޯސް، ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފި
14 ސެޕްޓެމްބަރު 2017

އެމްއެމްޕީއާރުސީން އެސްއޯއެފްއާ ދެކޮޅަށް ދައުވާ ކުރާ މައްސަލައިގައި ހުކުމް އިއްވުމަށް ތާވަލް ކުރި އަޑުއެހުން ކެންސަލް

14 ސެޕްޓެމްބަރު 2017
އެމްއެމްޕީއާރުސީން އެސްއޯއެފްއާ ދެކޮޅަށް ދައުވާ ކުރާ މައްސަލައިގައި ހުކުމް އިއްވުމަށް ތާވަލް ކުރި އަޑުއެހުން ކެންސަލް
06 ޖުލައި 2017

އެމްއެމްޕީއާރުސީން ދައުވާކުރާ މައްސަލާގައި އެސްއޯއެފްއިން ކޯޓަށް ނުދިޔައީ ޗިޓް ލިބިފައި ނުވާތީ: ވަކީލް

06 ޖުލައި 2017
އެމްއެމްޕީއާރުސީން ދައުވާކުރާ މައްސަލާގައި އެސްއޯއެފްއިން ކޯޓަށް ނުދިޔައީ ޗިޓް ލިބިފައި ނުވާތީ: ވަކީލް
09 ޖޫން 2017

ރާއްޖޭގެ ޓޫރިޒަމް އާ ތިމާވެއްޓާ ހުރި ގުޅުން ސަން ސިޔާމް ކިޔައިދެއްވާ ވީޑިއޯއެއް ވައިރަލް ވެއްޖެ!

09 ޖޫން 2017
ރާއްޖޭގެ ޓޫރިޒަމް އާ ތިމާވެއްޓާ ހުރި ގުޅުން ސަން ސިޔާމް ކިޔައިދެއްވާ ވީޑިއޯއެއް ވައިރަލް ވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު