Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުތައް

ރައީސް ޔާމީންގެ ވެރިކަމުގައި ސިންގަޕޫރަށް 9 ދަތުރެއް!

22 ސެޕްޓެމްބަރު 2022 | ބުރާސްފަތި 10:19

އަދީބު ހައްޔަރުކުރުމުގެ ފަހުން، 2016 ވަނަ އަހަރުވެސް ރައީސް ޔާމީން ސިންގަޕޫރަށް ވަޑައިގަތް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 ސެޕްޓެމްބަރު 2022 | ބުރާސްފަތި 10:19
ރައީސް ޔާމީން ސްރީލަންކާއަށާއި، ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހު އެނބުރި މާލެ ވަޑައިގަތުން

ރައީސް ޔާމީން ސްރީލަންކާއަށާއި، ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހު އެނބުރި މާލެ ވަޑައިގަތުން

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ގެއްލުނު ފައިސާގެ ތެރެއިން އެއްބައި ހުރީ ސިންގަޕޫރުގެ ބޭންކެއްގެ ތިޖޫރީއެއްގައި ކަމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެފައިވާއިރު، 2014 ވަނަ އަހަރުގެ ތެރޭގައި އެމަނިކުފާނު ސިންގަޕޫރަށް 6 ދަތުރުފުޅު ކުރައްވާފައިވާކަން ހާމަވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ، 2014 ވަނަ އަހަރު ރައީސް ޔާމީން ސިންގަޕޫރަށް ޖުމްލަ 6 ދަތުރުފުޅު ކުރައްވާފައިވާ ކަމަށެވެ. އަދި ދައުރު ނިންމަވާލެއްވިއިރު ޖުމްލަ 9 ދަތުރުފުޅު އެމަނިކުފާނު ސިންގަޕޫރަށް ކުރައްވާފައިވާކަމަށެވެ.

Advertisement - newsAdvertisement

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ، ޚިޔާނާތުގެ ފައިސާގެ އެއްބައި ޚަރަދުކޮށްފައިވާކަމަށެވެ. ހުރިހާ ފައިސާއެއް ރިކަވަރ ނުކުރެވޭނެކަމަށާއި ނަމަވެސް އެއްބައި ފައިސާ އަދިވެސް ރިކަވަރ ކުރެވިދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އޭރުގެ ރައީސް ޙަސަން ލުޠުފީ އެމަނިކުފާނާ ބައްދަލުކުރައްވައި ފައިސާ ހުރިތަން ކިޔައިދެއްވިކަމަށެވެ. އެގޮތުން، ފައިސާ ހުރީ ސިންގަޕޫރުގެ ބޭންކެއްގެ ތިޖޫރީއެއްގައިކަމަށް އަދީބު ވިދާޅުވިކަމަށް ލުޠުފީ ވިދާޅުވެފައިވާކަމަށް ޔާމީން ވިދާޅުވިއެވެ. މި އެކައުންޓް ހުޅުވޭނީ އަދީބުގެ ލޮލުގެ ރެޓީނާ ސްކޭނަކުން ކަމަށާއި، އޭނާ އެ ގައުމަށް ގެންދިއުމަށް އެދިވަޑައިގަތް ކަމަށްވެސް ލުޠުފީއާ ހަވާލާދީ ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލިކަމަށް ބުނެ އަދީބު ހައްޔަރުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 24 ވަނަ ދުވަހުއެވެ.

ފައިސާ ހުރީ ސިންގަޕޫރުގެ ބޭންކެއްގެ ތިޖޫރީއެއްގައި ކަމަށް އަދީބު ވިދާޅުވިކަމަށް ލުޠުފީ ވިދާޅުވެފައިވާކަމަށް ޔާމީން ވިދާޅުވެފައިވާއިރު، އަދީބު ހައްޔަރުކުރުމުގެ ފަހުން 2016 ވަނަ އަހަރުގެ މާރޗް މަހުގެ 21 ވަނަ ދުވަހު ރައީސް ޔާމީން ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ.

މީގެއިތުރުން އަދީބު ހައްޔަރު ކުރުމުގެ ކުރިން ރައީސް ޔާމީން ވަނީ 2014 ވަނަ އަހަރު ސިންގަޕޫރަށް އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ދަތުރުފުޅެއް ކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ސިޕްގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ތަފްސީލުތަކަށް ބަލާއިރު 2014 ވަނަ އަހަރު މާރޗް 5، އޭޕްރިލް 24، ޖުލައި 29، ސެޕްޓެމްބަރު 18، އަދި އޮކްޓޯބަރު 15ގައި ވެސް ވަނީ އެ ގައުމަށް ވަޑައިގަންނަވާފައެވެ. އަދި 2013 ވަނަ އަހަރުގެ ޑިސެމްބަރު 4 ވަނަ ދުވަހާއި 2015 ވަނަ އަހަރުގެ ޖެނުއަރީ 7 ވަނަ ދުވަހުވެސް އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވިއެވެ.  

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި އެމަނިކުފާނާ ގުޅުމެއް ނޯންނާނެކަމަށާއި، ވެރިކަމަށް ވަޑައިގެންފިނަމަ ގެއްލުނު ފައިސާ ހޯއްދެވުމަށް އިސްކަމެއް ދެއްވާނެ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ސިންގަޕޫރުގައި ފައިސާ ހުރިކަމަށްވާނަމަ އެ ފައިސާވެސް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން، އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިއްސާއެއް ނޯންނާނެކަމަށް ވިދާޅުވިނަމަވެސް އެމަނިކުފާނުގެ އޭރުގެ އެންމެ ގާތް އެއް އެކުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ނާޒިމް ވަނީ، އެ ޚިޔާނާތުގެ މޭސްތިރިއަކީ އެމަނިކުފާނުކަމަށް ވިދާޅުވެ ހެކިބަސް ދެއްވާފައެވެ. ނާޒިމް ވިދާޅުވިގޮތުގައި އެ ޚިޔާނާތް ހިންގިކަން ޔާމީނަށް އެނގިވަޑައިގަންނަވައެވެ. އެގޮތުން، އެ ޚިޔާނާތްތައް ފެށުނީ ރިޔާސީ އިންތިޚާބުގެ ދަރަނި ދެއްކުމުގެ ބޭނުމުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ވިޔަފާރިވެރިންގެ އަތުން އަދީބު ފައިސާ ނަންގަވާ ވާހަކަ ޔާމީނަށް ދެންނެވުމުން، ފައިސާ ނަންގަވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމަށްކަމަށް ޔާމީން ވިދާޅުވިކަމަށެވެ. އަދި ފައިސާ ނަންގަވަނީ އަދީބު ފޮނުއްވައިގެން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިކަމަށް، ނާޒިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް