Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

ބައިޑަން ވިދާޅުވަނީ ކޮވިޑްގެ ބަލިމަޑުކަން ނިމިއްޖެކަމަށް، ޙަޤީޤަތަކީވެސް އެއީތަ؟

ސީޑީސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެމެރިކާގައި ކޮވިޑް ޖެހިގެން ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 400 އެއްހާ މީހުން މަރުވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2022 | ބުދަ 04:34
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި އެންމެ ގިނަ ޢަދަދަކަށް ބަލީގެ ކޭސް ރިޕޯޓް ކުރި ޤައުމުގެ ރެކޯޑް އޮތް އެމެރިކާގެ ރައީސް ޖޯ ބައިޑަން، ސީބީއެސް 60 މިނެޓްސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެމެރިކާގައި އޮތް ކޮވިޑްގެ ބަލިމަޑުކަން ނިމިފައިވާ ކަމަށެވެ. އެއީ ހަމަ ޙަޤީޤަތުގައިވެސް ކަން އޮތް ގޮތް ތޯއެވެ؟ ކޮވިޑްގެ ބަލިމަޑުކަން ނިމިއްޖެ ކަމަށް އެމެރިކާއިން ރަސްމީ ސިފައެއްގައި އިއުލާން ކޮށްފި ހެއްޔެވެ؟

ނޫނެކެވެ. އެމެރިކާ މިހާރުވެސް ހިނގަމުން ދަނީ ފުރަތަމަ ފަހަރަށް، ޖެނުއަރީ 2020 ގައި އިއުލާން ކުރި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައެވެ. އެމެރިކާގެ ސިއްޙަތާ ބެހޭ ވުޒާރާއިން އެކަން މުރާޖައާ ކުރާނެ ކަމަށް ބެލެވެނީ އަންނަ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. ނަމަވެސް އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ އަމުރުގެ މުހުލަތު ހަމަވާނީ ޖެނުއަރީ 2023 ގައި ކަމަށް ވާ އިރު، އެކަން އެގޮތަށް ދޫކޮށްލާނީ ކަމަށް ޚަބަރު ލިބެއެވެ.

ވައިޓްހައުސްގެ ކޮވިޑް ރެސްޕޯންސް ކޯޑިނޭޓަރ އަޝީޝް ޖާ ދާދި ފަހުން ވިދާޅުވީ ބަލިމަޑުކަން ނުވަތަ ޕެންޑަމިކް އަދި ނުނިމޭ ކަމަށެވެ. ނަމަވެސް، ވައިރަހާ ދެކޮޅަށް އެމެރިކާއިން އަމަލު ކުރަމުން ދާ ގޮތަށް ބަދަލުތަކެއް ގެންނާނެ ކަމަށް އޭނާ ވަނީ އިޝާރާތް ކުރައްވާފައެވެ.

ކޮވިޑްގެ ކަންކަން ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ގާތުން ބަލަމުން ދާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔަ (ޑަބްލިއުއެޗްއޯ)ގެ ޑައިރެކްޓަރ ޖެނެރަލް، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ހުސްވި ހަފުތާގައި ވިދާޅުވީ ބަލިމަޑުކަން ނިމެން އުޅޭ ކަމުގެ ކޮޅުމަތި ފެންނަން ފަށާފައި ވާ ކަމަށެވެ. ނަމަވެސް ޤައުމުތަކުން އަދިވެސް ފާރަވެރިވެ އޮތުމަށް ޑރ ޓެޑްރޯޒް ވަނީ ގޮވާލައްވާފައެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު، ޗައިނާގައި ސީފުޑް ވިއްކާ ބާޒާރު މަތީ ސަރަހައްދަކުން އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ކޮވިޑް-19ގެ ބަލިމަޑުކަން، ދުނިޔޭގެ ހުރިހާ ހިސާބަކަށް ފެތުރި، މުޅި ދުނިޔެ ހުއްޓުމަކަށް ގެނައެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޢަދަދު މިހާރު 6.5 މިލިއަނަށް އަރާފައި ވާ އިރު، މި އަހަރު އެކަނިވެސް 1 މިލިއަން މީހުން މަރުވެ، 608 މިލިއަން ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ.

ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ޢަދަދު، ވެކްސިންއާއި ފަރުވާގެ އެހީގައި ކޮންމެވެސް ވަރަކަށް ދަނީ ކޮންޓްރޯލް ކުރެވެމުންނެވެ. އެގޮތުން، ހުސްވި ހަފުތާއަކީ މާޗް 2020 އަށް ފަހު، މި ބަލީގައި މަރުގެ ކޭސްތައް އެންމެ މަދުން ރިޕޯޓް ކުރި ހަފުތާ ކަމަށް ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެމެރިކާގެ ސެންޓަރޒް ފޮރ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެމެރިކާގައި ކޮވިޑްގެ ޖެހިގެން ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 400 އެއްހާ މީހުން މަރުވެއެވެ. އަދި ބަލި ޖެހިގެން، އެވަރޭޖުކޮށް 4300 އެއްހާ މީހުން ހޮސްޕިޓަލުގައި އެޑްމިޓްވެސް ކުރެއެވެ.

ކަން މިހެން އޮތް އިރު، ކޮވިޑްގެ ބަލިމަޑުކަމަށް ނިމުން އައިސްފައިވާ ކަމުގެ ރޫޙެއްގައި ބައިޑަން ވާހަކަފުޅު ދެއްކެވީ ޑެޓްރޮއިޓް އޮޓޯ ޝޯގެ ހަވާސާގައެވެ. އެ ޝޯގައި ބައިޑަންއާ އެކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން، މާސްކު ބޭނުން ކުރެއްވީ މަދު ބައެކެވެ.

ސީޑީސީ ގައިޑްލައިން ބުނާ ގޮތުން ބަލީގެ ނުރައްކާ ކުޑަ އަދި މެދު ދަރަޖައިގެ ސަރަހައްދުތަކުގައި މާސްކު ބޭނުން ކުރުން މަޖުބޫރެއް ނޫނެވެ. އެމެރިކާގެ 87 ޕަސެންޓް ހާ ސަރަހައްދު، އެ ގިންތިއަށް ފެތެއެވެ.

އާންމު ދަތުރުފަތުރުގެ މައިދާންތަކުގައި މާސްކު ބޭނުން ކުރުން މަޖުބޫރުކޮށްފައި އޮތް އޮތުމަށް، އެމެރިކާގެ މައި ސަރުކާރުން ވަނީ ނިމުން ގެނެސްފައެވެ. އެއީ އެފަދަ ކަމަކަށް މަޖުބޫރު ކުރުމުގެ ޤާނޫނީ ހައިސިއްޔަތެއް، މައި ސަރުކާރަށް ނެތް ކަމަށް ކޯޓުން ކަނޑައެޅުމުންނެވެ. އެމެރިކާގެ އެންމެ ހަލަބޮލި އެއް ސަރަހައްދުކަމަށް ވާ ނިއު ޔޯކްއަށް ބަލާއިރު، މާސްކު މަޖުބޫރެއް ނޫނެވެ. އަދި އޮފީހަށް ނުކުމެގެން ވަޒީފާ އަދާ ކުރުމަށްވެސް މުވައްޒަފުންނަށް ހިތްވަރުދެމުން ދާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ސްކޫލްތަކުންވެސް ދަނީ އެކަހެރިކޮށް ކިޔަވާ ދިނުމަށް ނިމުން ގެނެސް، ސްކޫލަށް ހާޒިރު ކޮށްގެން ކިޔަވާ ދިނުމުގެ މަސައްކަތް މެކުހަށް ޖަހާފައެވެ. ސީޑީސީއިން ވަނީ ކޮވިޑަށް ހުށަހެޅިފައި ވާ މީހުން ކަރަންޓީނުވާން ނުޖެހޭ ކަމަށްވެސް ނިންމާފައެވެ. ނަތީޖާއެއްގެ ގޮތުން މުދައްރިސުންނާއި ދަރިވަރުންނަށް ވީ ފައިދާ ބޮޑެވެ.

ވެކްސިން ނުޖަހާ މީހުން ކަރަންޓީނު ވާން ޖެހޭ ގޮތަށް އޮތް އޮތުމަށް ސީޑީސީއިން ވަނީ ނިމުން ގެނެސްފައެވެ. ނަމަވެސް، އެމެރިކާގެ އާބާދީގެ 95 ޕަސެންޓް ހާ މީހުން ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އަދި ވެކްސިން ޖެހުމުގެ އާ ކެމްޕޭނެއްވެސް އެ ޤައުމުގައި ވަނީ ފަށާފައެވެ.

ޖޯ ބައިޑަންކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
ސިޔާސީ ޙަރަކާތްތަކާ ދުރުގައި ހުންނެވި ބައިޑަން ފެނުނީ ރެސްޓޯރެންޓެއް ގައި ފަރިއްކުޅުވަން އިންނަވަނިކޮށް

ސިޔާސީ ޙަރަކާތްތަކާ ދުރުގައި ހުންނެވި ބައިޑަން ފެނުނީ ރެސްޓޯރެންޓެއް ގައި ފަރިއްކުޅުވަން އިންނަވަނިކޮށް

05 ނޮވެމްބަރު 2025
ބައިޑަން ޖަލަށް ލާން ޖެހޭ ކަމަށް ގޮވާލައި ޓްރަމްޕް ވިދާޅުވީ، އެއީ ނާކާމިޔާބު މީހެއް ކަމަށް

ބައިޑަން ޖަލަށް ލާން ޖެހޭ ކަމަށް ގޮވާލައި ޓްރަމްޕް ވިދާޅުވީ، އެއީ ނާކާމިޔާބު މީހެއް ކަމަށް

02 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު