Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޤައުމީ ޓީމު

އަނިޔާއިން ރަނގަޅުވެ ހެންޑަސަން އިންގްލެންޑުގެ ޤައުމީ ޓީމަށް

ހެންޑަސަން އަށް އަނިޔާވެފައިވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލުން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ސެޕްޓެމްބަރު 2022 | އަންގާރަ 08:51
ޖޯޑަން ހެންޑަސަން

ޖޯޑަން ހެންޑަސަން

ލިވަޕޫލަށް ކުޅެމުން އަންނަ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން އިންގްލެންޑުގެ ޤައުމީ ޓީމުގައި ހިމަނައިފިއެވެ.

ނޭޝަންސް ލީގުގައި އިޓަލީ އާއި ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗަށް ހެންޑަސަން ޓީމުގައި ހިމަނާފައިވާއިރު، އަނިޔާގެ ސަބަބުން އޭނާ އަށް ވަނީ ލިވަޕޫލުން އެންމެ ފަހުން ކުޅުނު ތިން މެޗު ގެއްލިފައެވެ. ނަމަވެސް އުންމީދު ކުރެވުނު ވަރަށްވުރެ އަވަހަށް މިހާރު ހެންޑަސަން ވަނީ އަނިޔާއިން ރަނގަޅުވެފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ހެންޑަސަން އަށް އަނިޔާވެފައިވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލުން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެއަށްފަހު އޭރު ކޯޗު ޔާގަލް ކްލޮޕް ބުނީ އޭނާގެ އަނިޔާ އެހާ ރަނގަޅު ނޫން ކަމަށެވެ. އެހެންކަމުން އިނގިރޭސި ޓީމުން ވެސް ހެންޑަަސަން އަށް ޖާގަ ގެއްލިދާނެ ކަމަށް އޮތީ ބެލެވިފައެވެ. ނަމަވެސް މިހާރު އޭނާގެ އަނިޔާއިން ރަނގަޅުވެފައިވާތީ، ލީގުގައި ދެން ލިވަޕޫލުން ކުޅޭ މެޗުގައި އޭނާ ފެންނާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ނޭޝަންސް ލީގުގައި އިންގްލެންޑުން އިޓަލީއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 23 ގައެވެ. އޭގެ ތިން ދުވަސް ފަހުން، މި މަހުގެ 26 ގައި ނުކުންނާނީ ޖަރުމަނާ ދެކޮޅަށެވެ.

އިންގްލެންޑުގެ ގައުމީ ޓީމުޖޯޑަން ހެންޑަސަން

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ
10 ސެޕްޓެމްބަރު 2025

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

10 ސެޕްޓެމްބަރު 2025
ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް
07 ސެޕްޓެމްބަރު 2025

އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

07 ސެޕްޓެމްބަރު 2025
އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު
16 ޖުލައި 2025

ހެންޑަސަން ބްރެންޓްފޯޑަށް ބަދަލުވެއްޖެ

16 ޖުލައި 2025
ހެންޑަސަން ބްރެންޓްފޯޑަށް ބަދަލުވެއްޖެ
01 ފެބުރުއަރީ 2025

ހެންޑަސަން ހޯދުމަށް މޮނާކޯ އިން މަސައްކަތް ކުރަނީ

01 ފެބުރުއަރީ 2025
ހެންޑަސަން ހޯދުމަށް މޮނާކޯ އިން މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު