Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓެލްކޯ

14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ ސްޓެލްކޯއިން ހަވާލުވެއްޖެ

19 ސެޕްޓެމްބަރު 2022 | ހޯމަ 13:08

މިހާތަނަށް ސްޓެލްކޯއިން ޚިދުމަތްދޭ 17 ރަށެއްގެ މަގުބައްތިއާ އެ ކުންފުނިން ވަނީ ހަވާލުވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 19 ސެޕްޓެމްބަރު 2022 | ހޯމަ 13:08
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން, އަރިއަތޮޅުގެ 14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެއްޖެއެވެ.

މި މަސައްކަތާ ހަވާލުވުމަށް ސްޓެލްކޯއާ ކައުންސިލްތަކާމެދު ވަނީ ހޯމަ ދުވަހު ފަހުމުނާމާތަކުގައި ސޮއިކޮށްފައެވެ. ސްޓެލްކޯގައި ބޭއްވި މި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިންނާއި ރަށްތަކުގެ އިންޖީނުގެތަކުގެ މެނޭޖަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އާއި އއ އަދި އދ އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ރަށްރަށުގެ ކައުންސިލްގެ ރައީސުންގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭގެ) ސީއީއޯ އަފްޝަން ލަތީފު ބައިވެރިވެވަޑައިގަތެވެ.

މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް ސްޓެލްކޯއިން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އއ އަތޮޅުގެ 5 ރަށާއި އދ އަތޮޅުގެ 9 ރަށް ހިމެނޭހެން، 14 ރަށެއްގެ ކައުންސިލްތަކާއެކުގައެވެ. މިއީ ސްޓެލްކޯއިން އެ އަތޮޅުގައި ޚިދުމަތްދެމުން އަންނަ ރަށްތަކެވެ.

ސްޓެލްކޯއާއެކު އެއްބަސްވުމުގައި ސޮއިކުރި ރަށްތައް

މި އެއްބަސްވުންތަކާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ، މިއީ ކައުންސިލްތަކާއި ސާރާތައް ލާމަރުކަޒީ ނިޒާމުގެ ދަށުން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ފެށި މަސައްކަތެއް ކަމަށެވެ. އަދި ބޭނުންވަނީ ސްޓެލްކޯއަކީ ރައްޔިތުންނަށް ޚިދުމަތްދޭ ނަމޫނާ ކުންފުންޏަކަށް ހެދުން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައިވެސް އެކުންފުނީގެ ފުދުންތެރިކަން ހުންނަވަރަކުން އިޖުތިމާއީ ކަންކަމުގައި ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ޝަރީފު ދެއްވިއެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯއިން ރާއްޖޭގެ 31 ރަށުގައި ޚިދުމަތް ދެމުން އަންނައިރު އެ ހުރިހާ ރަށްރަށުގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާވެސް ކުރިއަށްއޮތްތަނުގައި ހަވާލުވާނެކަމަށެވެ. އެގޮތުން، ވ އަތޮޅާއި ކ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއެކު އަންނަ އޮކްޓޯބަރު މަހު އެއްބަސްވުންތަކުގައި ސޮއިކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ސްޓެލްކޯއިން ވަނީ މީގެ ކުރިން ވެސް އއ އަތޮޅުގެ ތިން ރަށެއްގެ ކައުންސިލްތަކާއެކު މިފަދަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެއީ ތޮއްޑޫއާއި ރަސްދޫއާއި އުކުޅަހެވެ. އެ ރަށްރަށުގެ ކައުންސިލްތަކާއެކު ވެވުނު އެއްބަސްވުންތަކުގައި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވި އެކަންކަން ހައްލުކޮށްފައި ވާނެކަމަށް ޝަރީފު ވިދާޅުވިއެވެ.

ސްޓެލްކޯއިން ސޮއިކުރި އެއްބަސްވުންތަކާ ގުޅޭގޮތުން މާޅޮހު ކައުންސިލްގެ ރައީސް އިސްމާއީލް ނަސީރު ވިދާޅުވީ، ޝަރީފު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތްފަހުން ކައުންސިލްތަކާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާކަމަށެވެ. އަދި މަގުބައްތިތައް ބެލެހެއްޓުން އެ ކުންފުންޏާ ހަވާލުކުރުމަކީ ދެވަނަ "ފިޔަވަތި" ކޮންފަރެންސްގައި ސްޓެލްކޯއާއެކު ވެވުނު މަޝްވަރާތަކުގައި ހިމެނޭ ކަމެއް ކަމަށާއި، އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު އެހެން ކަންކަންވެސް ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްތަކަށް ދަތިވެފައިވާ ކަންކަމުގައި ސްޓެލްކޯގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށްވެސް ނަސީރު ވިދާޅުވިއެވެ.

ސްޓެލްކޯއިން އެ ކުންފުނިން ޚިދުމަތް ދެމުން އަންނަ ރަށްރަށުގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވަމުން ދަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.

ސްޓެލްކޯސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ, އަހުމަދު ޝަރީފު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
15 ނޮވެމްބަރު 2025

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
21 ސެޕްޓެމްބަރު 2025

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި
21 ސެޕްޓެމްބަރު 2025

ފޭސް 2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ، ސްޓެލްކޯގެ ބަހެއް ނެތް

21 ސެޕްޓެމްބަރު 2025
ފޭސް 2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ، ސްޓެލްކޯގެ ބަހެއް ނެތް
12 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ ބޯޑަށް މެމްބަރު ޝާޑުގެ އަނބިކަނބަލުން މުޒްނާ އައްޔަން ކޮށްފި

12 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ ބޯޑަށް މެމްބަރު ޝާޑުގެ އަނބިކަނބަލުން މުޒްނާ އައްޔަން ކޮށްފި
08 ސެޕްޓެމްބަރު 2025

ޖަނަވަރީ1، 2026 އިން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ބޭނުންކުރާ ކަރަންޓަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރުމަށް ރައީސް ނިންމަވައިފި

ސްޓެލްކޯއިން ވަކިކުރި ފަހުމީ ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަނުކޮށްފި

08 ސެޕްޓެމްބަރު 2025
ސްޓެލްކޯއިން ވަކިކުރި ފަހުމީ ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަނުކޮށްފި
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް