Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖެ މާކެޓުކުރުން

އޭޝިއާގެ އެންމެ ބޮޑު ޑައިވް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ

18 ސެޕްޓެމްބަރު 2022 | އާދީއްތަ 02:14

މި އިވެންޓު ކުރިއަށްދަނީ މި މަހުގެ 16ން 18ށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 ސެޕްޓެމްބަރު 2022 | އާދީއްތަ 02:14
އެޑެކްސް 2022 ގައި ރާއްޖޭން ބައިވެރިވާ ފަރާތްތައް

އެޑެކްސް 2022 ގައި ރާއްޖޭން ބައިވެރިވާ ފަރާތްތައް

ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ލިބެންހުރި ޑައިވް އެޑްވެންޗާތައް އޭޝިއާގެ އެންމެ ބޮޑު ޑައިވް އިވެންޓު، އެޑެކްސް 2022ގައި ދައްކާލައިފިއެވެ.

މި ހަރަކާތް ކުރިއަށް ދަނީ ސިންގަޕޫރުގެ ސޭންޑްސް އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގައި ސެޕްޓެމްބަރު މަހުގެ 16ން 18ވަނަ ދުވަހާ ހަމައަށެވެ. 26 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ އެޑެކްސްއަކީ އޭޝިއާގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ދިގު މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވާ ޑައިވް އެކްސްޕޯއެވެ. މިއީ ޑައިވް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކޮންމެހެން ވެސް ޒިޔާރަތްކުރަން ޖެހޭ ހަރަކާތެއްގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ ހަރަކާތެކެވެ.

އެޑެކްސްއިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ސްޕީކަރުނާއި ސައިންސްވެރިންނާއި، ކަނޑުގެ ކޮންޒަވޭޝަނިސްޓުންނާއި، ކަނޑު އަޑީގެ ފޮޓޯގްރާފަރުންނާއި، ވީޑިއޯ ގްރާފަރުންނާއި، އަދި އެހެނިހެން ފަރާތްތައް އެއްތަނަކަށް ބައްދަލުވެ، މައުލޫމާތު ބަދަލު ކުރުމުގެ ފުރުސަތު ފަހިކޮށްދެއެވެ. މި އިވެންޓުގައި ޑައިވް އޮޕަރޭޓަރުންނާއި، އިކުއިޕްމަންޓް އުފައްދާ ފަރާތްތަކާއި، ގައުމީ ޓޫރިޒަމް ބޯޑުތައް ފަދަ އެކި އެގްޒިބިޓަރުން ބައިވެރިވެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ ބުނީ އެޑެކްސް 2022ގައި ބައިވެރިވުމަކީ ރާއްޖޭގެ ވިޒިބިލިޓީ އިތުރުކޮށް، ދެކުނު އިރުމަތީ އޭޝިއާގެ ބާޒާރުގައި އެންމެ މަގުބޫލު ޑައިވް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ލިބިގެންދާ ފުރުސަތެއް ކަމަށެވެ. މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ޑައިވް ސެގްމަންޓު، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ފަތުރުވެރިންނަށް ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް އެހީތެރިވެދޭނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނިގޮތުގައި އެ ކުންފުނިން މި އިވެންޓުގައި ބައިވެރިވީ ރާއްޖޭގެ އެކި ސެގްމެންޓުތައް ޕްރޮމޯޓުކުރުމަށް އެ ކުންފުނިން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ކަމަށެވެ. އެގޮތުން، 6 ކުންފުންޏެއްގެ 11 ބައިވެރިން އެމްއެމްޕީއާރުސީއާއެކު މި އިވެންޓުގައި ބައިވެރިވެ، އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ޕްރޮމޯޓްކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އިވެންޓްގައި، އެމްއެމްޕީއާރުސީން ޑައިވިންއަށް ޚާއްސަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖެ ޕްރޮމޯޓުކޮށް، ރާއްޖޭގެ އުފެއްދުންތަކާއި ތަފާތު ތަޖުރިބާތައް، ޚާއްސަކޮށް ޑައިވް އަދި ވޯޓާ ސްޕޯޓްސްއާ ގުޅޭ ތަޖުރިބާތަކާއި، ކަނޑުއަޑީގެ ރީތިކަން ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފަތުރުވެރިންނާއި މާކެޓްކުރާނެއެވެ.

މި އަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ދެކުނުއިރުމަތީ އޭޝިއާ މާކެޓުން 18،489 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. އެމްއެމްޕީއާރުސީން މި މާކެޓަށް އަމާޒުކޮށްގެން ގިނަ ޙަރަކާތްތަކެއް ބާއްވަމުން އަންނައިރު، މީގެތެރޭގައި ސްޓޭކްހޯލްޑަރުންނާއެކު ހިންގާ ޖޮއިންޓް މާކެޓިން ކެމްޕޭންތަކާއި، އައުޓްޑޯ އިޝްތިހާރު ކެމްޕޭންތަކާއި، ފެއާތަކުގައި ބައިވެރިވުމާއި، ވެބިނާތައް ހޯސްޓްކުރުމާއި، އީ-ލާނިންގ ޕްރޮގްރާމްތަކާއި އެހެނިހެން އިވެންޓުތައް ހިމެނެއެވެ.

އެމްއެމްޕީއާރްސީ

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
20 އޯގަސްޓު 2025

ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި

20 އޯގަސްޓު 2025
ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި
12 ޖުލައި 2025

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ

12 ޖުލައި 2025
އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ
03 ޖުލައި 2025

"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"

03 ޖުލައި 2025
"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"
28 އޯގަސްޓު 2024

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ވިދާޅުވެއްޖެ

28 އޯގަސްޓު 2024
އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ވިދާޅުވެއްޖެ
07 ޖުލައި 2024

ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މީހަކު އައްޔަންކޮށްފި

07 ޖުލައި 2024
ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މީހަކު އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް