Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ސާފުކުރުން

މިއަހަރުގެ މިހާ ހިސާބަށް ހުޅުމާލެއިން އެކަނިވެސް 1600 ޓަނުގެ ކުނި ނަގާފައިވޭ: އާތިފް

17 ސެޕްޓެމްބަރު 2022 | ހޮނިހިރު 08:23

މިއީ މާލެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ސާފުކުރުމުގެ ހަރަކާތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ސެޕްޓެމްބަރު 2022 | ހޮނިހިރު 08:23
"ވޯލްޑް ކްލީންއަޕް ޑޭ" ފާހަގަކުރުމުގެ ގޮތުން އެޗްޑީސީން އިންޒާމްކޮށްފައިވާ ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތް

"ވޯލްޑް ކްލީންއަޕް ޑޭ" ފާހަގަކުރުމުގެ ގޮތުން އެޗްޑީސީން އިންޒާމްކޮށްފައިވާ ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތް

ހުޅުމާލެ ސާފުކުރުމުގެ ބޮޑު ކެމްޕެއިނެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ފަށައިފިއެވެ.

މިދިޔަ ޖޫން މަހު އެ ކުންފުނިން ފަށާފައިވާ "މަގޭ ދުނިޔެ" ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ މި ކެމްޕޭނަކީ "ވޯލްޑް ކްލީން އަޕް ޑޭ"އާ ގުޅިގެން ބާއްވާ ހަރަކާތެއްކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

ހޮނިހިރު ދުވަހު މި ޚާއްސަ ކެމްޕޭން ފައްޓަވައިދެއްވީ ރާއްޖޭގެ ނައިބުރައީސް ފައިސަލް ނަސީމެވެ. މި ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ނައިބުރައީސްގެ އިތުރުން، ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް ބައިވެރިވަޑައިގެންނެވިއެވެ.

އޭގެ އިތުރުންވެސް މި ހަރަކާތުގައި އެކި މުއައްސަސާތަކުންނާއި މިނިސްޓްރީތަކުންނާއި އަދި އެސްއޯއީތަކުން ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ، އެޗްޑީސީން މާލެ ސަރަހައްދު ސާފުކުރުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ މަގުތަކާއި، ޕާކްތަކާއި، ޕަބްލިކް އިންފްރާސްޓްރަކްޗަރ ގޮތުގައި ހިމެނޭ ސަރަހައްދުތަކުގެ 90 ހެކްޓަރު އެޗްޑީސީން ބަލަހައްޓަމުންގެންދާ ކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުން ފެށިގެން އެޗްޑީސީން ވެމްކޯއާއެކު ކޮންޓްރެކްޓެއްގެ ދަށުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުގެމަތިން އެ ސަރަހައްދުތައް މިހާރު ވެމްކޯއިންވެސް ބަލަހައްޓަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

އާތިފް ވަނީ ވެމްކޯގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަ ކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ވެށީގެ ސާފުތާހިރުކަމަށްޓަކައި ކުރަމުންދާ މަސައްކަތް ދެމެހެއްޓެނިވި ގޮތުގައި ކުރެވޭނީ އާންމު ފަރުދުންގެވެސް ނުހަނު ބޮޑު އެއްބާރުލުމަކާއިއެކު ކަމަށެވެ.

މިއަހަރުގެ މިހާތަނަށް ހުޅުމާލެއިން އެކަނިވެސް 1600 ޓަނުގެ ކުނި ނަގާފައިވާ ކަމަށާއި، މިއީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ދިރިއުޅުމުގެ އާދަތަކަށް ބަލާއިރު ބޮޑު އަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ކުނި އުފެެއްދޭ މިންވަރު އިތުރުވަމުންދާކަމަށް އާތިފް ވިދާޅުވިއެވެ.

މިއީ މާލެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ސާފުކުރުމުގެ ހަރަކާތްކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

ހުޅުމާލެހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

05 ޑިސެމްބަރު 2025
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
03 ޑިސެމްބަރު 2025

ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

03 ޑިސެމްބަރު 2025
ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި
02 ޑިސެމްބަރު 2025

ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ

02 ޑިސެމްބަރު 2025
ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ
30 ނޮވެމްބަރު 2025

ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

30 ނޮވެމްބަރު 2025
ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް