Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
"ޖޮކީ" ބްރޭންޑުގެ ފިހާރައެއް ހުޅުވުން

ދުނިޔޭގެ މަޝްހޫރު "ޖޮކީ" ބްރޭންޑުގެ ފިހާރައެއް މާލޭގައި ހުޅުވައިފި

މިއީ "ރެޕްއޮން" އިން ހުޅުވި ފިހާރައެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2022 | ހުކުރު 16:54
ޖޮކީ

ޖޮކީ

އަންޑަރ ގަރމެންޓްސް އުފެއްދުމުގައި ދުނިޔޭގެ އެންމެ މަގުބޫލު އެއް ބްރޭންޑު ކަމަށްވާ، "ޖޮކީ" ގެ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

ލޮނުޒިޔާރަތް މަގު، ހެންވޭރު އަރޯމާގޭގެ ގްރައުންޑް ފްލޯގައި ހުޅުވި މި ފިހާރައަކީ "ރެޕްއޮން" ގެ ފަރާތުން ހުޅުވި ފިހާރައެކެވެ. ހުކުރު ދުވަހުގެ ރޭ މި ފިހާރަ ހުޅުއްވައިދެއްވީ މަޝްހުރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީއެވެ.

"ޖޮކީ" އަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހާއްސަކޮށްގެން ސްލީޕް ވެއަރ އާއި ސްޕޮޓްސް ވެއަރ އަދި އަންޑަރ ވެއަރ އުފައްދާ ބްރޭންޑެކެވެ. އެ ބްރޭންޑުގެ ހުރިހާ އުފެއްދުމެއް ވެސް ރެޕްއޮންގެ މި ފިހާރައިން ލިބެން ހުންނާނެއެވެ. ރެޕްއޮން އަކީ ޖޮކީގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އެވެ.

ރެޕްއޮން އިން މައުލޫމާތު ދޭ ގޮތުގައި 6 އަހަރުން މަތީގެ ދެ ޖިންސުގެ މީހުންނަށް ވެސް ހާއްސަ ތަކެތި އެ ފިހާރައިން މިވަގުތު ލިބެން ހުންނާނެއެވެ. މި ޕްރޮޑަކްޓުތަކަކީ ކޮލިޓީ ރަނގަޅު އަދި ގަޔަށް ފަސޭހަ ޕްރޮޑަކްޓުތަކެއް ކަމަށާއި ރާއްޖޭގެ "އެޕޭރަލް" މާކެޓުގެ އަގުތަކަށްވުރެ މި ބްރޭންޑުގެ ތަކެތި އަގުހެޔޮވާނެ ކަމަށް ރެޕްއޮން އިން ބުންޏެވެ.

ޖޮކީ ބްރޭންޑަކީ 1934 ވަނަ އަހަރުން ފެށިގެން އުފެއްދުންތައް ބާޒާރަށް ނެރެން ފެށި ބްރޭންޑެކެވެ. އެގޮތުން، ފިރިހެނުންގެ ބްރީފްތައް އުފައްދަން ފެށި މި ބްރޭންޑުން މިހާރު ވަނީ ވިޔަފާރި ފުޅާކޮށް ދެ ޖިންސުގެ ފަރާތްތަކާއި ހުރިހާ އުމުރަކާ ގުޅުންހުރި އުފެއްދުންތައް ތައްޔާރުކުރަން ފަށައިފައެވެ. މި ބްރޭންޑުގެ އުފެއްފުންތައް ވަނީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މަގުބޫލުކަން ހޯދައިފައެވެ.

ރެޕްއޮން އިން ބުނީ މިވަގުތު ޖޮކީ ބްރޭންޑު އެކަނި ރާއްޖެއަށް ތައާރަފު ކުރި ނަމަވެސް މިއީ ފެށުމެއް ކަަމަށެވެ. އެގޮތުން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި "ސްޕީޑޯ" ބްރޭންޑު ވެސް ރާއްޖެއަށް ތައާރަފު ކުރެވޭނެ ކަމަށާއި "ޔުނައިޓެޑް ކަލަރސް އޮފް ބެނެޓަން" ގެ އޮފިޝަލް ވެއަރ އާއި ކެޝުއަލް ވެއަރ އަދި އެ ބްރޭންޑުގެ އިތުރު އުފެއްދުންތައް ވެސް ތައާރަފު ކުރެވޭނެ ކަމަށް ބުންޏެވެ.

ރެޕްއޮންއިން ބޭނުންވަނީ ރާއްޖޭގައި މިވަގުތު އެޕޭރަލް މާކެޓުގައި ހުރި އަގުތަކަށްވުރެ ހެޔޮ އަގުގައި ކޮލިޓީ ރަނގަޅު، ރާއްޖޭގެ މާހައުލާ ގުޅޭ، ދުނިޔޭގެ ނަން މަޝްހުރު ބްރޭންޑުތައް ތައާރަފު ކުރުމަށެވެ.

ޖޮކީ

ކޮމެންޓް

އިތުރަށް ކިޔާލަން

އައިފޯން 10 ދުނިޔޭގެ ބާޒާރަށްނެރި ވިއްކަން ފަށައިފި

އައިފޯން 10 ދުނިޔޭގެ ބާޒާރަށްނެރި ވިއްކަން ފަށައިފި

03 ނޮވެމްބަރު 2017
!ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑެއް ނުވޭ

!ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑެއް ނުވޭ

05 އޮކްޓޯބަރު 2017
އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި

އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި

02 އޮކްޓޯބަރު 2017
މަޝްހޫރު "ސްޓާބަކްސް" ކޮފީ ރާއްޖެއަށް ތަޢާރަފްކޮށްފި

މަޝްހޫރު "ސްޓާބަކްސް" ކޮފީ ރާއްޖެއަށް ތަޢާރަފްކޮށްފި

08 އޯގަސްޓު 2017
އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް

އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް

19 ޖޫން 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު