Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސެކިއުރިޓީ އޮފިސަރުން ތަމްރީން ކުރުން

ފުލުހުންނާ ގުޅިގެން ސެކިއުރިޓީ އޮފިސަރުން ތަމްރީން ކުރަނީ

30 ސެކިއުރިޓީ އޮފިސަރުން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 ސެޕްޓެމްބަރު 2022 | ހުކުރު 15:09
އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންނާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރައްވަނީ

އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންނާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރައްވަނީ

ސެކިއުރިޓީންގެ ގޮތުގައި ދިވެހިިން ތަމްރީންކޮށް، އެ ދާއިރާއިން ދިވެހިން އިތުރު ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ފުލުހުން ގުޅިގެން ތަމްރީން ޕްރޮގްރާމެއް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުން ޤާއިމުކޮށްފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދަށުން ހިންގާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާ ދެމެދުގައެވެ. މި އެއްބަސްވުމަކީ ސެކިއުރިޓީ އޮފިސަރސް އިނިޝިއަލް ޓްރެއިނިން ޕްރޮގްރާމެއް، އަންނަ މަހުގެ ތެރޭގައި ފެށުމަށް ވެވުނު އެއްބަސްވުމެކެވެ،

Advertisement - newsAdvertisement

ސެކިއުރިޓީ އޮފިސަރސް އިނިޝިއަލް ޓްރެއިނިން ޕްރޮގްރަމަކީ ސެކިއުރިޓީގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވައިދީ، އެ ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމެވެ. އަދި މި ދާއިރާއަށް ބޭނުންވާ ދިވެހިން މުވައްޒަފުން ތަމްރީންކޮށް، ދިވެހިންނަށް ފުރުޞަތު ލިބުމުގައި ހުރި ދަތިތައް ނައްތާލުމަކީ ވެސް މި ޕްރޮގްރާމުގެ ބޭނުމެއް ކަަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި 30 ސެކިއުރިޓީ އޮފިސަރުން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. ދެ ހަފްތާގެ މި ޕްރޮގްރާމް ކުރިއަށްގެންދާނީ ދ. ވާނީގައެވެ. މިއީ 100 އިންސައްތަ ސަރުކާރުން ފަންޑުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ސެކިއުރިޓީ ދާއިރާއަކީ ޕްރޮފެޝަންއެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ކުރިއަރުވަމުން އަންނަ އަދި ގިނަގުނަ ފުރުޞަތުތައް ހުރި ދާއިރާއެއްކަމަށެވެ. މި ދާއިރާއަށް ދިވެހި މަސައްކަތްތެރިން ތަމްރީންކޮށް ވަޒީފާގެ ބާޒާރަށް ނެރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް، jobcenter.mv މެދުވެރިކޮށް ފޯމް ހުށައެޅޭނެއެވެ. އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އޮކްޓޯބަރު 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގައި މިހާރު ސެކިއުރިޓީންގެ ގޮތުގައި ގިނައިން ހަރަކާތްތެރިވަނީ ބިދޭސީންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު