Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލްތަކުގެ ޚަރަދުތައް

ވިޔަ މޮޑިއުލް ބޭނުން ނުކުރުމުން ކައުންސިލްތަކުގެ ޚަރަދުތައް ދެނެގަންނަން ދަތި: އަފްޝަން

ހިސާބުތައް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ފިނޭންސް މިނިސްޓްރީ އާއި ކައުންސިލްތަކަށް ވެސް ދަތިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2022 | ހުކުރު 08:02
އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފާޠިމަތު އަފްޝަން ލަތީފް

އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފާޠިމަތު އަފްޝަން ލަތީފް

ވިޔަ މޮޑިއުލް ބޭނުން ނުކުރުމުން ކައުންސިލްތަކުގެ ޚަރަދުތައް ދެނެގަންނަން ދަތި ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފާޠިމަތު އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

މި މަހުގެ 11 އިން 12 އަށް ކުރިއަށް ދިޔަ ވިޔަވަތި މަހާސިންތާގައި ވެސް ކައުންސިލްތަކުގެ ހިސާބުތައް ބެލެހެއްޓުމުގައި އަމަލުކުރަމުންދަނީ އެންމެ ރަނގަޅަށް ނޫންކަން ކަމާއި ބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ވަނީ ކައުންސިލްތަކުގެ ހިސާބުތައް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ފިނޭންސް މިނިސްޓްރީ އާއި ކައުންސިލްތަކަށް ވެސް ދަތިވާކަން ފާހަގަކޮށްފައެވެ. މިކަމާއި ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް ދެއްވި ބަސްތީގަތުމެއްގައި އަފްޝަން ވިދާޅުވީ ގިނަ ކައުންސިލްތަކުން ވަރަށް ރަނގަޅަށް ހިސާބު ބަލަހައްޓާ ކަމަށެވެ. ނަމަވެސް ބައެއް ކައުންސިލްތަކުން ވިޔަ މޮޑިއުލް ރަނގަޅަށް ބޭނުން ނުކުރާތީ ކައުންސިލްތަކުގެ ޚަރަދު ދެނެގަންނަން ދަތިވާކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ކައުންސިލްތަކަށް ދިމާވާ މާލީ ދަތިކަން ހައްލުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީ އަށް ވެސް ދަތިވާކަމަށް އެނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވިޔަ މޮޑިއުލްއަކީ ކައުންސިލްތަކުން ޚަރަދު ކުރާ ގޮތް ތަފްސީލްކޮށް ބެލުމަށް އެކުލަވާލާފައިވާ ވިއުގަ ނުވަތަ ނިޒާމެކެވެ.

ދާދި ފަހުން ކައުންސިލްތަކާއި އެކު ފަނޯއްލަ މަހާސިންވެސް ވަނީ ބާއްވާފައެވެ. މި ފަހަރު އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ ކަމަކީ ބަޖެޓްގެ ދަތިކަމުގެ މައްސަލަ ކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ. ކައުންސިލްތަކުން ފާހަގަކުރި އިތުރު ކަންބޮޑުވުންތަކުގެ ތެރޭގައި ލޭންޑްޔޫސް ޕްލޭން އާއި ގުޅުން ހުރި ކަންކަން ހިމެނޭ ކަމަށާއި، އެ ކަންބޮޑުވުންތައް ހައްލު ކުރަން ކަމާއި ބެހޭ ފަރާތްތަކާއިއެކު މަޝްވަރާކުރާނެ ކަމަށް ވެސް ކައުންސިލްތަކުން ވަނީ ބުނެފައެވެ.

ފަނޯއްލަ ދަރުބާރަކީ ސަރުކާރުގެ 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) ގެ ސިޔާސަތުތަކާއި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހު ތަންފީޛުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ޖުމްލަ ގޮތެއްގައި ލާމަރުކަޒީ ނިޒާމު ހިންގުމަށް ހުރި ދަތިތައް ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކަށް ހުށަހެޅުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އަދި ވިއަވަތި ރާއްޖެ އަކީ އަލަށް އިންތިޚާބުކުރި ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ. މިގޮތުން މި ފަހަރުގެ ކޮންފަރެންސްގައި ބައިވެރިވެފައި ވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ކަމަށްވާ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރުނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންނެވެ.

އަފްޝަން ލަތީފްއެލްޖީއޭފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު