Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް

އާރުޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން 65 ޒުވާނަކަށް ފުރުސަތު

މިހާތަނަށް 11 ކުންފުންޏެއްގައި 250 އަށް ވުރެ ގިނަ ޒުވާނުން ދަނީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަ ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2022 | ހުކުރު 02:08
ޔޫތު މިނިސްޓްރީ އާއި އާރުޑީސީން ސޮއިކުރުން

ޔޫތު މިނިސްޓްރީ އާއި އާރުޑީސީން ސޮއިކުރުން

ތިން ހާސް ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ޔޫތް މިނިސްޓްރީން ހިންގާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި އާރްޑީސީން ސޮއިކޮށްފިއެވެ.

ޔޫތު މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނާސިހު ރަޝީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.

Advertisement - newsAdvertisement

ސޮއިކުރި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 65 ޒުވާނުންނަށް ފުރުސަތު ދޭނެ ކަމަށާއި އެ ޒުވާނުންނަށް، ކުރާ މަސައްކަތާއި އެކަށީގެންވާ އެލަވެންސެއް ހަމަޖައްސައިދޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ ޕްރޮގްރާމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެއް ކަމަށެވެ. އަދި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އެ މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކަމަށް ވެސް ޔޫތު މިނިސްޓްރީން ފާހަގަކުރެއެވެ.

އެއީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޒުވާނުންގެ ތެރެއިން ހަވާސާގައި ދިރިއުޅޭ ޒުވާނުންނާއި ޖުމްލަކޮށް ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދޭނެ ޕްރޮގްރާމެއް ކަމަށް އެ މިިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އެ ޕްރޮގްރާމަކީ ޒުވާނުން ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވައި، އެއީ ގައުމުގެ އިގްތިޞާދީ، ތަރައްގީއާއި އިޖްތިމާއީ ހަމަޖެހުމަށް މަސައްކަތްކުރާ ބަޔަކަށް ހެދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ ޕްރޮގްރާމުގައި ޒުވާނުންނަށް މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.

ހަ މަސްދުވަހަށް ހިންގުމަށް ހަމަޖެހިފައިވާ އެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ލިބޭނީ ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. އެ ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީނުތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނެޝެނަލް ކޮންމިޓެންސީ ސްޓެންޑަޑްތަކާ އެއްގޮތަށް ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ޔޫތު މިނިސްޓްރީން ބުނީ ޕްރޮގްރާމް ކުރިއަށްދާއިރު ތަމްރީނުދޭ އިންސްޓިޓިއުޓަކާ ދަރިވަރު ގުޅުވައިދެވޭނެ ކަމަށެވެ. އަދި ނެޝެނަލް ކޮންމިޓެންސީ ސްޓެންޑަޑްތަކާ އެއްގޮތަށް ބައިވެރިންގެ ހުނަރުތައް ގެންދިއުން ކަށަވަރު ކުރުމަށް އެ އިންސްޓިޓިއުޓްގެ ޚަރަދު ހަމަޖައްސައިދޭނީ އެ މިނިސްޓްރީން ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

މިހާތަނަށް 11 ކުންފުންޏެއްގައި 250 އަށް ވުރެ ގިނަ ޒުވާނުން ދަނީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަ ކުރަމުންނެވެ.

އާރްޑީސީޔޫތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

29 އޮކްޓޯބަރު 2025
އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

19 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު