Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާއިން މިނިވަން ނޫސްތައް ބަންދުކުރުން

ރަޝިއާގެ މިނިވަން ނޫހެއްކަމަށްވާ ނޮވިޔާ ގަޒެޓާގެ އޮންލައިން ލައިސަންސްވެސް ބާތިލުކޮށްފި

ސެޕްޓެމްބަރު 5 ވަނަ ދުވަހު ނޮވިޔާ ގަޒެޓާ ނޫހުގެ ލައިސަންސް ބާތިލުކުރަން މޮސްކޯގެ ކޯޓަކުން ހުކުމްކޮށް އެ ނޫސް އޮޕަރޭޓްކުރުންވެސް ވަނީ މަނާކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 14:42
ނޮވިޔާ ގަޒެޓާ ނޫހުގެ އެޑިޓަރ އިން ޗީފް ޑިމީޓްރީ މުރަޓޮވް

ނޮވިޔާ ގަޒެޓާ ނޫހުގެ އެޑިޓަރ އިން ޗީފް ޑިމީޓްރީ މުރަޓޮވް

ރަޝިއާގެ މިނިވަން ނޫހެއް ކަމަށްވާ ނޮވިޔާ ގަޒެޓާގެ އޮންލައިން ލައިސަންސްވެސް ބާތިލްކޮށް އެމީޑީއާގެ ހުރިހާ ލައިސަންސްތަކެއް ބާތިލުކޮށްފިއެވެ.

ނޮވިޔާ ގަޒެޓާގެ އޮންލައިން ލައިސަންސް ބާތިލުކުރަން ރަޝިއާގެ ސުޕްރީމް ކޯޓުން ހުކުމްކުރީ ބުރާސްފަތި ދުވަހުއެވެ.

ނޮވިޔާ ގަޒެޓާގެ އޮންލައިން ލައިސަންސް ބާތިލުކުރަން ހުކުމްކޮށްފައި މިވަނީ އެމީޑީއާއިން ތަކުރާރުކޮށް ސަރުކާރުން އަމަލުކުރަން އަންގާފައިވާގޮތާ ޚިލާފުވެފައިވާކަމަށް ބުނެއެވެ.

ސެޕްޓެމްބަރު 5 ވަނަ ދުވަހު ނޮވިޔާ ގަޒެޓާ ނޫހުގެ ލައިސެންސް ބާތިލު ކުރަން މޮސްކޯގެ ކޯޓަކުން ހުކުމްކޮށް އެ ނޫސް އޮޕަރޭޓްކުރުންވެސް ވަނީ މަނާކޮށްފައެވެ.

ހުކުމާ ގުޅޭގޮތުން އެ ނޫހުގެ އެޑިޓަރ އިން ޗީފް ޑިމީޓްރީ މުރަޓޮވް ވިދާޅުވީ، އެއީ ގާނޫނާ ޚިލާފަށް ސިޔާސީ ގޮތުން ކުރި ހުކުމެއްކަމަށެވެ. އަދި އެ ހުކުމް އިސްތިއުނާފުކުރުމަށް ހުށަހަޅާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޑިމީޓްރީއަކީ ރަޝިއާގައި ތެދު ޚަބަރު ފެތުރުމުގައި ކުރަމުންގެންދާ މަސައްކަތަށް ނޯބެލް އިނާމުވެސް ލިބިފައިވާ ނޫސްވެރިއެެކެވެ.

ނޮވިޔާ ގަޒެޓާއިން ނެރުނު ބަޔާނެއްގައި ބުނީ މޮސްކޯގެ ޑިސްޓްރިކް ކޯޓުން އެ ނޫސް މަރާލާފައިވާކަމަށެވެ. އަދި ނޫހުގެ މުވައްޒަފުންގެ 30 އަހަރުގެ ބުރަ މަސައްކަތް ވަގަށްނަގާފައިވާ ކަމަށާއި ނޫހުގެ ކިޔުންތެރިންގެ ފަރާތުން މައުލޫމާތު ހޯދުމުގެ މިނިވަންކަން ނިގުޅައިގެންފައިވާކަމަށެވެ. އަދި އެ ކޯޓަކީ އަބަދުވެސް ސިޔާސީ ގޮތުން ފާހަގަކުރެވޭ މައްސަލަތައް ބަލަމުންގެންދާ ކޯޓެއްކަމަށްވެސް ވަނީ ބުނެފައެވެ.

މި ހުކުމާ ގުޅިގެން އދ.ގެ ހިއުމަން ރައިޓްސް އޮފީހުންވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެ އޮފީހުން ބުނެފައިވަނީ މިއީ ރަޝިއާގައި މީޑިއާގެ މިނިވަންކަމަށް ލިބުނު ހީނަރުކަމެއްކަމަށެވެ. އަދި މިނިވަންކަމާއެކު ނޫސްވެރިކަންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިއުމަން ރައިޓްސް އޮފީހުން ވަނީ މޮސްކޯއަށް ގޮވާލާފައެވެ.

ނޮވިޔާ ގަޒެޓާއަކީ 1993 ވަނަ އަހަރު ސޯވިއެޓް ޔޫނިއަންގެ އެންމެ ފަހު ލީޑަރު މީޚާއިލް ގޮރްބަޗޯވް ފެއްޓެވި ނޫހެކެވެ. އެ ނޫސް ބަންދުކުރަން އެންގީ އެ ގައުމުގެ ޚަބަރު ފެތުރުމުގެ ޤާނޫނާ ޚިލާފުވެފައިވާކަމަށް ބުނެއެވެ.

ރަޝިއާ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
16 ޖުލައި 2025

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
11 ޖުލައި 2025

ރައީސްގެ ބާރުގެ ދަށުން ޔުކްރެއިން އަށް އެހީ ފޮނުވަން ޓްރަމްޕް ނިންމަވައިފި

11 ޖުލައި 2025
ރައީސްގެ ބާރުގެ ދަށުން ޔުކްރެއިން އަށް އެހީ ފޮނުވަން ޓްރަމްޕް ނިންމަވައިފި
08 ޖުލައި 2025

ޔުކްރެއިން އަށް އިތުރު ހަތިޔާރު ފޮނުވަން ޓްރަމްޕް ނިންމަވައިފި

08 ޖުލައި 2025
ޔުކްރެއިން އަށް އިތުރު ހަތިޔާރު ފޮނުވަން ޓްރަމްޕް ނިންމަވައިފި
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
02 ޖުލައި 2025

ތިން އަހަރު ފަހުން މެކްރޮން އާއި ޕުޓިންގެ މަޝްވަރާއެއް

02 ޖުލައި 2025
ތިން އަހަރު ފަހުން މެކްރޮން އާއި ޕުޓިންގެ މަޝްވަރާއެއް
29 ޖޫން 2025

ރަޝިޔާ އިން ޔޫކްރެއިން އަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ހޮނިހިރު ދުވަހުގެ ރޭ ދީފި

29 ޖޫން 2025
ރަޝިޔާ އިން ޔޫކްރެއިން އަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ހޮނިހިރު ދުވަހުގެ ރޭ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު