Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން

ކައުންސިލްތަކުގެ ޕަރފޯމަންސް އިންޑެކްސްއަށް ދޭ ބުރަދަން އިތުރުވުމަކީ ލިބުނު ކުރިއެރުމެއް: ނިޔާޒް

ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ވިޔަވަތީގައި ގިނަ މަޝްވަރާތަކެއް ކުރި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2022 | ބުދަ 13:34
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް

ކައުންސިލްތަކުގެ ޕަރފޯމަންސް އިންޑެކްސްއަށް ދޭ ބުރަދަން އިތުރުވުމަކީ ލިބުނު ކުރިއެރުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ޢަލީ ނިޔާޒު ވިދާޅުވިއެވެ.

ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމެއްގައި، ކައުންސިލްތަކުގެ ޕާފޯމެންސް އިންޑެކްސްއަށް ދޭ ބުރަދަން އިތުރު ކުރާ އިރު ލޯކަލް ގަވަމެންޓް އޮތޯރިޓީ، އެލްޖީއޭ އިން ދަރަޖަކުރާ ދަރަޖަކުރުންތަކެއް ހުންނާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. މީގެ އިތުރުން ފިސްކަލް ފޯމިއުލާ، ނުވަތަ ފައިސާ ބޭނުން ކުރުމުގައި އަމަލުކުރާ ގޮތަށް ވެސް ބަލާނެ ކަމަށާއި އެއީ ރަނގަޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ރަނގަޅު ބަޖެޓެއް ލިބިގެން ދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް ޕަރފޯމަންސް އިންޑެކްސް އިތުރުކޮށް ބަޖެޓް އެކުލަވާލުމުން ނޫނީ އެކަމުގެ ސަބަބުން ބަޖެޓަށް އަންނަ ބުރަދަން ނޭނގޭނެ ކަން ނިޔާޒް ފާހަގަކުރެއްވިއެވެ. އެ ބަދަލާ އެކު ބަޖެޓުގެ ދަތިކަމާ މެދު ކައުންސިލްތަކުން ކުރާ ޝަކުވާއަށް ހައްލު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޕަރފޯމަންސް އިންޑެކްސްއަކީ ކައުންސިލްތަކުގެ މަސައްކަތް ދެނެގަންނަ މިންގަނޑެވެ. ކައުންސިލްތަކަށް ބަޖެޓު ހަމަޖެއްސުމުގައި އެ ކައުންސިލްތަކުގެ މަސައްކަތް ހިނގާ މިންވަރަށް ބަލާނެއެވެ. ބަޖެޓް ދިނުމުގައި ޕަރފޯމަންސް އިންޑެކްސްއަށް ދޭ ބުރަދަން އިތުރުކުރަން ހުށަހެޅީ ނިމިދިޔަ ވިޔަވަތި މަހާސިންތާގައެވެ. އެ މަހާސިންތާގައި ކައުންސިލްތަކާއި ގުޅުން ހުރި ގިނަ މަޝްވަރާތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓާއި، ކައުންސިލްތަކުގެ ހިންގުމާއި ގުޅުން ހުރި ކަންކަން އަދި ލޭންޑް ޔޫޒް ޕްލޭން ފަދަ ކަންކަން ހިމެނެއެވެ.

އަލީ ނިޔާޒްވިއަވަތި ރާއްޖެ ކޮންފަރެންސްވިއަވަތި ރާއްޖެ

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2025

ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް

01 އޮކްޓޯބަރު 2025
ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް
06 ސެޕްޓެމްބަރު 2025

މިހާރުވެސް ފިސްކަލް ފޯމިއުލާ އެކުލެވިގެންވަނީ ބިމުގެ އޭރިއާ ހިމެނޭގޮތައް، ގާނޫނަށް ބަދަލު ގެންނަންޖެހޭ ހާލަތެއް ނެތް: ނިޔާޒް

06 ސެޕްޓެމްބަރު 2025
މިހާރުވެސް ފިސްކަލް ފޯމިއުލާ އެކުލެވިގެންވަނީ ބިމުގެ އޭރިއާ ހިމެނޭގޮތައް، ގާނޫނަށް ބަދަލު ގެންނަންޖެހޭ ހާލަތެއް ނެތް: ނިޔާޒް
05 އޯގަސްޓު 2025

ސަރުކާރުގެ ވިސްނުމަކީ ވަޒީފާ ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން: އަލީ ނިޔާޒު

05 އޯގަސްޓު 2025
ސަރުކާރުގެ ވިސްނުމަކީ ވަޒީފާ ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން: އަލީ ނިޔާޒު
04 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތައް ގެނައުމަށް ވުރެ، ރައީސްގެ ގަރާރަކުން ކައުންސިލްތައް އުވާލުން ވެސް މާ ރަނގަޅުވާނެ: ނިޔާޒު

04 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތައް ގެނައުމަށް ވުރެ، ރައީސްގެ ގަރާރަކުން ކައުންސިލްތައް އުވާލުން ވެސް މާ ރަނގަޅުވާނެ: ނިޔާޒު
07 ޖުލައި 2025

ދައުލަތުން ރާއްޖޭގެ ރައްތަކުގެ އިދާރީ ހިންގުމަށް 1.5 ބިލިއަން ރުފިޔާއަށްވުރެ މަތީ އަދަދެއް ދީގެން ނުވާނެކަހަލަ ގޮތަކަށް ގާނޫނު ބަދަލުކުރަން އުޅުމަކީ އިންސާފުވެރި ގޮތެއް ނޫން: އަލީ ނިޔާޒް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު