Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުހައްމަދު ސަލާހް

ސަލާހް ހޯދުމަށް ލިވަޕޫލް އިން 35 މިލިއަން ޕައުންޑަށްވުރެ އަގުހުރި ބިޑެއް ހުށަހަޅަނީ

19 ޖޫން 2017 | ހޯމަ 14:33

ރޯމާ އިން ބޭނުންވަނީ ސަލާހް 40 މިލިއަން ޕައުންޑަށް ވިއްކާލަން

ލީވާން އަލީ
ލީވާން އަލީ | 19 ޖޫން 2017 | ހޯމަ 14:33
ރޯމާ އަށް ކުޅެމުން އަންނަ މުހައްމަދު ސަލާހް

ރޯމާ އަށް ކުޅެމުން އަންނަ މުހައްމަދު ސަލާހް

ރޯމާ އަށް ކުޅެމުން އަންނަ އިޖިޕްޓްގެ ފޯވާޑް މުހައްމަދު ސަލާހް ހޯދުމަށް ލިވަޕޫލް އިން 35 މިލިއަން ޕައުންޑުގެ އަގުހުރި ބިޑެއް ހުށަހަޅަން އުޅޭކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ގޯލްޑޮޓްކޮމް އިން ބުނީ ސަލާހް ހޯދުމަށް ލިވަޕޫލް އިން ބިޑެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އެ ބިޑް 35 މިލިއަން ޕައުންޑަށްވުރެ އަގު ހުންނާނެ ކަމަށެވެ.

އެގޮތުން މި ހަފްތާ ތެރޭގައި ސަލާހްގެ ޓްރާންސްފާގެ ކަންތައް ނިމޭނެކަމަށްވެސް މި ރިޕޯޓްގައި ވަނީ ބުނެފައެވެ. މީގެއިތުރުން ސަލާހް ވިއްކާލުމަށް ރޯމާ އިން ބޭނުންވަނީ 40 މިލިއަން ޕައުންޑަށްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ލިވަޕޫލް އިން ވަނީ 2013 ވަނަ އަހަރުވެސް ސަލާހް ހޯދުމަށް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެފަހަރު ލިވަޕޫލް އިން ކުރި މަސައްކަތް ވަނީ ބޭކާރުވެފައެވެ.

ލިވަޕޫލް އިން ސަލާހް ހޯދުމަށް މަސައްކަތްނުކުރާކަމަށް ބުނެ އެވާހަކަތައް ދޮގުކުރައްވަމުން ރޯމާގެ ރައީސް ރައީސް ޖިމް ޕެލޯޓާ ވިދާޅުވީ، ރޯމާގެ ވަރަށް ގިނަ ކުޅުންތެރިން ހޯދުމަށް ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެ ހުރިހާ ހުށަހެޅުންތަކަށްވެސް ވަކިވަކިން ބަލަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ، ލިވަޕޫލް އިން ސަލާހް ހޯދުމަށް ރަސްމީކޮށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ.

މީގެއިތުރުން ޕެލޯޓާ ވިދާޅުވީ، ސްކޮޑުގައި ހިމެނޭ ތިން ކުއާޓާއެއްހާ ކުޅުންތެރިން ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށާއި، އެކަމަށް ހެދޭނެގޮތަކާމެދު ކްލަބުން ގޮތްތަކެއް ނިންމާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ސްކޮޑު ވަރުގަދަކުރުމަށް ފަސްވަރަކަށް ކޮލެޓީ ކުޅުންތެރިން ހޯދަން ޖެހޭ ކަމަށާއި، ޗެމްޕިއަންސް ލީގަށް އަމާޒުކޮށްވެސް ކަންތައްތަކެއް ކުރިޔަށް ގެންދަންޖެހޭ ކަމަށެވެ.

މި ސީޒަނުގައި ރޯމާ ލީގުގެ ދެވަނައިގައި ނިންމާލި އިރު، އެޓީމުގެ ފޯވާޑް އެޑިން ޒެކޯ ވަނީ ލީގުގެ ޓޮޕް ސްކޯރާގެ މަގާމު 39 ލަނޑާއެކު ހޯދާފައެވެ. މީގެއިތުރުން އުމުރުން 24 އަހަރުގެ ސަލާހް ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އެއްކޮށް 19 ލަނޑު ކާމިޔާބުކޮށްފައެވެ.

ބަސެލް، ޗެލްސީ އަދި ފިއޮރެންޓީނާ ފަދަ ކްލަބްތަކަށް ކުޅެފައިވާ ސަލާހް ވަނީ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ބަސެލްއާއެކު ސްވިސް ސުޕާ ލީގު އަދި ޗެލްސީއާއެކު ޕްރިމިއާ ލީގުވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އިޖިޕްޓް ގައުމީ ޓީމާއެކު މި އަހަރު ކަޕް އޮފް ނޭޝަންސްގެ ދެވަނަވެސް ހޯދާފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް