Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއޮޅުވާލައިގެން ފައިސާ އަތުލުން

ކޮށްލެވޭ ކުޑަ ކުޑަ ކަމަކުން އެތައް ހާސް ރުފިޔާއެއް ގެއްލޭ, ސަމާލުވޭ!

13 ސެޕްޓެމްބަރު 2022 | އަންގާރަ 11:37

މިފަދަ ކޯލުތަކަށް ސަމާލުވުމަށް ބީއެމްއެލްއިން އެދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 13 ސެޕްޓެމްބަރު 2022 | އަންގާރަ 11:37
ބީއެމްއެލް

ބީއެމްއެލް

އެންމެ ފުރަތަމަ އަންނަނީ ނުދަންނަ ނަންބަރަކުން ފޯނު ކޯލް އެކެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް ނުވަތަ މިފަދަ ކޮންމެވެސް އެހެން އިދާރާއެއް ކަމަށް ބުނެއެވެ. އެދެނީ އަމިއްލަ ޒާތީ ބައެއް މައުލޫމާތު އެމީހުންނާ ހިއްސާ ކުރުމަށާއި، ބޭންކް އެކައުންޓުގެ ބައެއް މައުލޫމާތު ހިއްސާ ކުރުމަށެވެ. ނުވަތަ އެމީހުން ފޮނުވާ ލިންކަކަށް ފިއްތާލުމަށެވެ. އެމީހުން އެދޭ ކުޑަ ކުޑަ ކަމެއް ކޮށްލުމުން އެކައުންޓުގައި ހުރި ފައިސާކޮށްޅަށް ވީނުވީއެއް ނޭނގި ގެއްލިގެން ދެއެވެ. އެ ފައިސާ އަނބުރާ ހޯދުމަކީ ދަތި ކަމަކަށް ވެއެވެ.

އެފަދަ މީހުން އާންމުކޮށް ފޭރެނީ ބޭންކް އޮފް މޯލްޑިވްސްގައި ހުންނަ އެކައުންޓުތަކުންނެވެ. އޮޅުވާލައިގެން އާންމުންގެ އަތުން ފައިސާ ހޯދުމަށް ދުވާލެއްގެ މައްޗަށް އެތައް ހާސް ކޯލެއް ކުރާއިރު، މިފަދަ ކޯލުތަކަށް ސަމާލުވުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން ކާޑާއި އިންޓަރނެޓް ބޭންކިންގެ މައުލޫމާތު، އީމެއިލް އައިޑީގެ އިތުރުން އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާ ނުކުރުމަށް ބީއެމްއެލްއިން ދަނީ ތަކުރާރުކޮށް އެދެމުންނެވެ. އަދި މިފަދަ ކޯލުތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ބީއެމްއެލްއިން ގެންދަނީ މި ކަންކަމަށް ސަމާލުވުމަށް އެދި މެސެޖުވެސް ކުރަމުންނެވެ.

މަކަރާއި ހީލަތުން، އޮޅުވާލައިގެންނާއި، އަދިވެސް މިނޫން ގޮތްގޮތަށް މީހުންގެ އަތުން ފައިސާ ހޯދުމަކީ ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ އިޖުތިމާއީ ބޮޑު މައްސަލައެކެވެ. މިކަން ހައްލުނުވެ މިހެން ދަމުންގޮސް، ބަދަލުވަމުންދާ ޒަމާނާ އެއްގޮތަށް މިކަން ކުރާ ގޮތަށް ނުވަތަ އެކަން ކުރާ މީހުން ގެންގުޅޭ އުކުޅުތަކަށްވެސް ބަދަލުތައް އަންނަމުންދެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް މިކަން ކުރަމުންދެއެވެ. ފޭކު ކޯލުތަކުން ގޮސް، އެހީއަށް އެދުމުގެ ނަމުގައިވެސް މީހުންގެ އަތުން ބޮޑެތި އަދަދުން ފޭރެނީއެވެ. ކޮންމެވެސް ސީރިއަސް ބައްޔެއްޖެހިގެން އެހީއަށް އެދި ސޯޝަލްމީޑިޔާއަށް ލާފަ ހުންނަ ޕޯސްޓް ތައް ފަހުން ބަލާއިރު އެއީ "ފޭކް" ޕޯސްޓް ތަކަކަށް ވެސް ވެފަ އެބަ ހުއްޓެވެ. ފަހުން ގުޅަން އުޅެގެން ދީފަ ހުންނަ ނަމްބަރަކަށް ނުވެސް ގުޅެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު ސަޢީދު ވިދާޅުވީ މަކަރާއި ހީލަތުން މީހުންގެ އަތުން އެކި އަދަދުން ފައިސާ ހޯދާ މިފަދަ މައްސަލަތައް ކޮންމެ ދުވަހަކު ވެސް ފެންމަތިވާ ކަމަށެވެ. ކޮންމެ މައްސަލައަކަށް ބަލާލާއިރު ވެސް މި އޮންނަނީ ކޮންމެހެން ކުރަން ނުޖެހޭ ފައިސާގެ މުއާމަލާތެއް ކުރުމުގެ ސަބަބުން އުފެދޭ މައްސަލައެކެވެ. އާންމު ގޮތެއްގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާ ފަރާތްތަކުން އޮޅުވާލުމަށްޓަކައި ތަފާތު އުކުޅުތައް ބޭނުންކުރަމުންދާ ކަމަށާއި އެގޮތުން ކުރީގެ ރައްޓެއްސެއް ކަމަށް ބުނެ އޮޅުވާލައެވެ. ސަޕްލައި ކުރާ ކުންފުނީގެ ނަމުގައި ވެސް ގުޅައެވެ. އަދި ބޭންކުގެ ނަމުގައިވެސް ގުޅާ ކަމަށް ސައީދު ވިދާޅުވިއެވެ. މިއިން ކޮންމެ ނަމެއްގައި ގުޅި ކަމުގައިވިޔަސް، އަދި އެކި ވާހަކަތައް ދައްކައި އިތުބާރު ހޯދުމަށްފަހު އާޚިރުގައި މި އަތުލަނީ ފައިސާއެވެ.

ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދަން އެއްވެސް ތަނަކުން ނުގުޅާނެއެވެ. އެހެންނެއް ނޫނެވެ. ތިމާ ޚިދުމަތަށް އެދިއްޖެނަމަ ފަހަރުގައި އެތަނަކުން އެއީ ކޮން މީހެއްކަން ޔަގީން ކުރުމަށް މައުލޫމާތު ހިއްސާކުރަން އެދިދާނެއެވެ. އެހެންނަމަވެސް ކާޑުގެ މައުލޫމާތާއި، ސެކިއުރިޓީ ކޯޑު ހޯދާކަށް ނުގުޅާނެއެވެ. އަދި ތިމާ ޚިދުމަތަކަށް ނޭދޭހާ ހިނދަކުވެސް އެމީހުން އެ މައުލޫމާތުތައް ހޯދާކަށް ނުގުޅާނެއެވެ. އެފަދަ ކޯލަކާ ދިމާވެއްޖެނަމަ ވަގުތުން ފުލުހުންނަށް ރިޕޯޓުކުރުމަށް އެފަރާތުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މިފަދަ މަކަރުވެރިން ޖަހާ މަލީގައި ނުޖެހުމަށް އެންމެންވެސް މިކަމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.

ބީއެމްއެލްމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް