Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުނޑި ސަލީމްގެ ރެފްރީކަމުގެ ކެރިއަރު

ކުނޑި ސަލީމް ވޮލީ ރެފްރީއެއްގެ ގޮތުގައި 26 އަހަރު!

13 ސެޕްޓެމްބަރު 2022 | އަންގާރަ 09:10

ބައިނަލްއަޤްވާމީ މުބާރާތްތަކަށް އިންސާފްކުރަން ފެށީ 2010 ވަނަ އަހަރު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 ސެޕްޓެމްބަރު 2022 | އަންގާރަ 09:10
ރެފްރީ ކުނޑި އަހުމަދު ސަލީމް

ރެފްރީ ކުނޑި އަހުމަދު ސަލީމް

ކުނޑި އަހުމަދު ސަލީމްގެ ނަމަކީ ދިވެހި ވޮލީބޯޅައިގެ އެންމެ ފަރިތަ އެއް ނަމަވެ. އެންމެ ޚިދުމަތްތެރި އެއް ނަމެވެ. އަދި ކޮންމެ މެނޭޖްމަންޓެއް އޮތަސް އެބަޔަކާއެކު ތަފާތެއް ނެތި މަސައްކަތްކުރާ މަދު ޚިދުމަތްތެރިންގެ ތެރެއިން އެކަކެވެ. ދިވެހި ވޮލީބޯޅައިގެ އެންމެ ތަޖުރިބާ ބޮޑު އެއް ރެފްރީއެވެ. އޭނާގެ ވޮލީބޯޅަ ރެފްރީކަމުގެ ކެރިއަރުގައި ގުނަމުން އެދަނީ 26 ވަނަ އަހަރެވެ.

1996 ވަނަ އަހަރު ކަށިގަނޑު ހިފައިގެން ވޮލީބޯޅަ ކޯޓަށް ނުކުތީ އެކަމަށް އޮތް ޝައުޤުވެރިކަމެއްގެ ސަބަބުން ނެޝަނަލް ވޮލީބޯޅަ ރެފްރީ ކޯސް ހަދައިގެންނެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އޭނާގެ އޮތީ ޝައުޤެވެ. ވޮލީބޯޅައަށް އޮތް ލޯތްބެވެ. އެކަމުގައި ޤައުމީ ލެވެލްއެއް, އަތޮޅު ފެންވަރެއް އަދި ރަށު ފެންވަރެއް ތަފާތު ކުރުމެއް ނެތެވެ. ބައިނަލްއަޤްވާމީ މުބާރާތަކަސް ގޮވާލެވޭ ހިނދު ރާއްޖެ ތަމްސީލްކުރަން އެޤައުމެއްގައެވެ. ނުވަތަ އެމުބާރާތެއްގައެވެ. ރަށަކުން ގޮވާލައިފިނަމަ އެރަށެއްގައެވެ. މިއީ ކުނޑި އަހުމަދު ސަލީމްގެ ބަދަލުވެ އޮތް ޝައުޤެވެ. އޭނާގެ ޚިދުމަތަށް ގޮވާލެވޭ ލިބޭ އާމްދަނީއަކަށްވުރެ ބޮޑަށް އިސްވަނީ ޚިދުމަތުގެ ޝައުޤުވެރިކަމެވެ.  

ކަށިގަނޑާއެކު ބައިނަލްއަޤްވާމީ މެޗުތަކަށް އިންސާފްކުރުމުގެ ފުރުޞަތު ކުނޑި ސަލީމަށް ލިބުނީ 2010 ވަނަ އަހަރުއެވެ. އެފުރުޞަތު ހޯދަން ވޮލީބޯޅަ އިންޓަރނޭޝަނަލް ރެފްރީ ކޯސް ހެދީ 2007 ވަނަ އަހަރުއެވެ. އަދި އެއަހަރު މެޗު ހަމަކުރަން ލަންކާގައި އޮތް މުބާރާތަކަށް ގޮސް ބައިނަލްއަޤްވާމީ ދަތުރު ފެށިއެވެ.

މިދިޔަ 12 އަހަރުގެ ތެރޭގައި އިންޓަރނޭޝަނަލް ގިނަ މެޗުތަކަށް ކުނޑި އަހުމަދު ސަލީން ވަނީ އިންސާފްކޮށްފައެވެ. އޭގެތެރޭގައި ސާފް ގޭމްސް, އޭޝިޔަން ގޭމްސް, އިންޑިޔަން އޯޝަން އައިލެންޑް ގޭމްސް އަދި ބަނގްލަދޭޝްއާއި ނޭޕާލްގައި އޮތް މުބާރާތްތައް ހިމެނެއެވެ. އޭގެތެރެއިންވެސް ވަކިން ޚާއްޞަކޮށް ފާހަގަކޮށްލެވޭ ދެ މެޗެއް އޭނާގެ އެބައޮތެވެ.

އޭވީސީ ޗެލެންޖްކަޕް ފައިނަލްގައި ކުނޑި ސަލީމް އިންސާފްކުރީ އޮގަސްޓް މަހުއެވެ. އެއީ އެންމެ ފަހުން އޭނާ އިންސާފްކުރި ބައިނަލްއަޤްވާމީ މެޗެވެ. އެމެޗަށްފަހު އޭނާ ހުރީ އާއިލީ ބްރޭކެއްގައެވެ. އެކަމަކު އެބްރާކް ނިމޭއިރަށްވެސް ކޮންމެވެސް ރަށަކަށް ފުރަން ޖެހިދާނެކަމަށް ހުރީ ތައްޔާރަށެވެ. އަތޮޅުތަކުގައި އޮންނަ މުބާރާތްތަކަށްވެސް ދަނީ އޮތް ޝައުޤުވެރިކަމުގެ ބޮޑުކަމުންނެވެ. ރާއްޖޭގައި މޮޅު ވޮލީބޯޅަ ރެފްރީން ތިބިކަން ސަލީމް ފާހަގަކުރެއެވެ. އެކަމަކު އެ ރެފްރީންނަށް މަދީ ފުރުޞަތެވެ. ބައިނަލްއަޤްވާމީ މެޗުތަކަށް އިންސާފްކުރަން ލިބޭ ފުރުޞަތެވެ.

ރާއްޖޭގައި އޭވީސީ ހަތް ރެފްރީންނާއި, އިންޓަރނޭޝަނަލް ހަތަރު ރެފްރީންނާއި, ބީޗް ވޮލީބޯޅަ އިންޓަރނޭޝަނަލް ދެ ރެފްރީން މިހާރުވެސް އެބަތިއްބެވެ.

ކުނޑި ސަލީމްގެ ވޮލީބޯޅަ ރެފްރީކަމުގެ ކެރިއަރުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒުގެ ދައުރުގައެވެ. މިއަދު އޭނާ ހުރި ހިސާބަށް އައުމުގައި ރިޔާޒުއާއި އޭރުގެ މެނޭޖްމަންޓުން ލިބުނު އެހީ އޭނާ ފާހަގަކުރެއެވެ. އާއިލާގެ ސަޕޯޓާއި, ދަރިންގެ ހިތްވަރު ނުލިބޭނަމަ މިއަދު ހުރި ހިސާބަށް ނާދެވުނީސްކަމަށް ކުނޑި އަހުމަދު ސަލީމް ބުންޏެވެ. އަދިވެސް އޭނާ ހުރީ ހުއްޓާލާގޮތަކަށް ނޫނެވެ. ޚިދުމަތުގައި ކުރިއަށް ދިއުމުގެ ވިސްނުމާއި, ޒުވާން ރެފްރީންނަށް އެހީވުން ނޫން ވިސްނުމެއް އޭނާގެ ނެތެވެ.

ކުޅިވަރު

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
08 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"
25 ޖުލައި 2024

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟
20 ޖުލައި 2024

ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

20 ޖުލައި 2024
ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟
08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
02 ޖުލައި 2024

ސައުތުގޭޓް ބުއްދިވެރި ނުވެއްޖެ ނަމަ، އިންގްލެންޑަށް ޔޫރޯ ގައި އޮތީ ނިކަމެތިކަން

02 ޖުލައި 2024
ސައުތުގޭޓް ބުއްދިވެރި ނުވެއްޖެ ނަމަ، އިންގްލެންޑަށް ޔޫރޯ ގައި އޮތީ ނިކަމެތިކަން
11 ޖޫން 2024

ކޮޕާ އެމެރިކާ: ނަގާކިޔާނެ ޒުވާން ކުޅުންތެރިން

11 ޖޫން 2024
ކޮޕާ އެމެރިކާ: ނަގާކިޔާނެ ޒުވާން ކުޅުންތެރިން
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
04 މެއި 2024

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

04 މެއި 2024
ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
30 އެޕްރީލު 2024

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

30 އެޕްރީލު 2024
އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް