Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިނާވެށި ޕްލޭން

ސަރުކާރުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރާ އަންހެން ބޭފުޅުންގެ އަދަދު މިހާރަށްވުރެ ވެސް އިތުރުކުރުމަކީ އަމާޒެއް - ރައީސް

ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާޢީ މައިދާނުގައި، އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދީ، އަންހެނުން ބާރުވެރި ކުރުވުމަކީ ސަރުކާރުން މިހާރުވެސް ތަންފީޒު ކުރަމުން އަންނަ ވަރަށް މުހިންމު ސިޔާސަތެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ސެޕްޓެމްބަރު 2022 | ހޯމަ 06:33
ބިނާވެށި ޕްލޭން އެކުލަވާލުމުގެ މަޝްވަރާގެ ތެރެއިން

ބިނާވެށި ޕްލޭން އެކުލަވާލުމުގެ މަޝްވަރާގެ ތެރެއިން

އަމާޒަކީ ސަރުކާރުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރައްވާ އަންހެން ބޭފުޅުންގެ އަދަދު މިހާރަށްވުރެ ވެސް އިތުރު ކުރެއްވުންކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 3 ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތެރެއިން، އެންމެ ފުރަތަމަ ކުރިޔަށް ގެންދިޔަ މިންތީގެ ހަމަހަމަކަމާއި ގުޅޭ ޕެނަލްޑިސްކަޝަންގެ ރިޔާސަތު ބަލަހައްޓަވައި، ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާޢީ މައިދާނުގައި، އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދީ، އަންހެނުން ބާރުވެރި ކުރުވުމަކީ ސަރުކާރުން މިހާރުވެސް ތަންފީޒު ކުރަމުން އަންނަ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި، ހުރިހާ ދާއިރާއެއްގައި މިންތީގެ ހަމަހަމަކަން ޤާއިމްކޮށް، ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނެއް ވެސް އެކުލަވާލައި މިހާރު ފާސްކުރެވިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިޔާސީ މައިދާނުގައި ވަކިން ޚާއްޞަކޮށް، ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ވަޒީރުންގެ މަޖިލީހުގައި މިހާރު އަންހެނުންގެ ނިސްބަތަކީ 33 އިންސައްތަ ކަމަށެވެ. އަދި އަމާޒަކީ ވެސް އުންމީދަކީވެސް ސަރުކާރުގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރާ އަންހެނުންގެ ނިސްބަތް އިތުރުވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ސަފީރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ހަމަހަމަކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިންތިޚާބީ މަޤާމުތަކުގެ ތެރެއިން ކައުންސިލްތަކުގެ، 33 އިންސައްތަ ގޮނޑި އަންހެނުންނަށް ކަނޑައަޅާފައި ވާއިރު، މިހާރު ކައުންސިލްތަކުގެ، 39.8 އިންސައްތައަކީ އަންހެން ކައުންސިލަރުންކަން ފާހަގަކުރައްވާފައެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ޕެނަލް ޑިސްކަޝަންގައި ފުރަތަމަ ސެޝަން މިއަދު ކުރިއަށް ގެންގޮސްފައި ވަނީ، މިންތީގެ ހަމަހަމަކަމުގެ މައުޟޫޢުގެ މައްޗަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސަތު ބެލެހެއްޓެވި މި ސެޝަންގައި އެމަނިކުފާނާއިއެކު، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް،  ޢާއިޝަތު މުޙައްމަދުދީދީ އާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާއި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފާއި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު، ޖީހާން މަޙްމޫދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިސެޝަންގައި، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި އަދި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، ޖެންޑަރ މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީ ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މަޢުލޫމާތު ޙިއްޞާ ކުރައްވައި ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.

މީގެ އިތުރުން ވިއަވަތި ރާއްޖެ ކޮންފަރެންސް، ފެށުމުގެ ކުރިން ބޭއްވި "ފަނޯއްލަ" ދަރުބާރުގައި، ކައުންސިލަރުން މަޝްވަރާކުރައްވައި ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުންނާ ކައުންސިލަރުން ފާހަގަކުރައްވަން ބޭނުންވެލައްވާ އިތުރު ކަންކަން ފާހަގަކުރެއްވުމަށް ވެސް ޕެނަލް ޑިސްކަޝަންގެ ތެރެއިން ވަނީ ފުރުޞަތު ދެއްވާފައެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ތެރެއިިން 107 ބޭފުޅުންނާއިއެކު، ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މިއަދު ކުރިޔަށް ދެން އޮންނާނީ މި ކޮންފަރެންސްގެ ދެވަނަ ސެޝަނެވެ. އެ ސެޝަން އަމާޒުކޮށްފައި ވަނީ "ބިނާވެށި ޕްލޭން" އެކުލަވާލުމާ ގުޅޭގޮތުންނެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުލ. ގަން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
04 ޑިސެމްބަރު 2025

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ
04 ޑިސެމްބަރު 2025

ގަމަށް އަލުން ކަރަންޓް ދީފި

04 ޑިސެމްބަރު 2025
ގަމަށް އަލުން ކަރަންޓް ދީފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު