Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ވިލަރެއާލް ބަލިކޮށް ރެއާލް ބެޓިސް ތިންވަނައަށް

ވިލަރެއާލްގެ މައްޗަށް 1-0 އިން ކުރި ހޯދައި، ރެއާލް ބެޓިސް ވަނީ ޖުމުލަ 12 ޕޮއިންޓާއެކު ތިން ވަނަ މަގާމަށް ޖެހިލައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ސެޕްޓެމްބަރު 2022 | ހޯމަ 04:35
ސްޕެނިޝް ލީގުގައި ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ވިލަރެއާލް ބަލިކޮށް ރެއާލް ބެޓިސް އިން ތާވަލްގެ ތިން ވަނަ މަގާމަށް ޖެހިލައިިފިއެވެ.

ރެއާލް ބެޓިސްގެ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗަށް ނުކުތްއިރު ތާވަލްގެ ތިން ވަނަ މަގާމުގައި އޮތީ ވިލަރެއާލްއެވެ. އެއީ ހަތަރު މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. ރެއާލް ބެޓިސް އަށް ލިބެނީ ހަތަރު މެޗުން ނުވަ ޕޮއިންޓެވެ. ވިލަރެއާލްގެ މައްޗަށް 1-0 އިން ކުރި ހޯދައި، ރެއާލް ބެޓިސް ވަނީ ޖުމުލަ 12 ޕޮއިންޓާއެކު ތިން ވަނަ މަގާމަށް ޖެހިލައިފައެވެ.

ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް މެޗުގެ ހަމައެކަނި ލަނޑު ފެނުނީ ދެ ވަނަ ހާފުގައެވެ. މެޗުގެ 61 ވަނަ މިނެޓުގައި ބެޓިސް އަށް ލަނޑު ޖަހައިދިނީ ސްޕެއިންގެ ރޮޑްރީއެވެ. އޭނާ އެ ލަނޑު ޖެހީ އެ މިޑްފީލްޑަރު ލުއިސް ހެންރިކޭ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މި ސީޒަންގައި ބެޓިސް ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަތަރު މެޗުން މޮޅުވެފައެވެ. ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި 15 ޕޮއިންޓާއެކު އޮތީ ޗެމްޕިއަން ރެއާލް މެޑްރިޑެވެ. ވާދަވެރި ބާސެލޯނާ އޮތީ 13 ޕޮއިންޓާއެކު ދެ ވަނަ މަގާމުގައެވެ.

ސްޕެނިޝް ލީގުވިޔަރެއާލް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު