Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ މަސައްކަތް

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް 10 ރަށެއްގައި ޚާއްސަ މަސައްކަތްތަކެއް އެބަ ކުރިއަށްދޭ: ސީޕީ

މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ - ސީޕީ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 11:04
ވިއަވަތި ރާއްޖެ މަހާސިންތާގެ ތެރެއިން

ވިއަވަތި ރާއްޖެ މަހާސިންތާގެ ތެރެއިން

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް 10 ރަށެއްގައި ޚާއްސަ މަސައްކަތް ތަކެއް ކުރިއަށްދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ ހަމީދު) ވިދާޅުވެއްޖެއެވެ.

"ވިޔަވަތި ރާއްޖެ" ކޮންފަރެންސްގައި "ރާއްޖެ އެމްވީ" އަށް ދެއްވި ބަސްތީގަތުމެއްގައި ސީޕީ ވަނީ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ މަސްތުވާތަކެތީގެ މައްސަލަކަމަށް ވިދަޅުވެފައެވެ. މަސްތުވާތަކެތީގެ މައްސަލަ ހުއްޓުވުމަށް މަސައްކަތްކުރަމުންދާ ރަށްރަށުގެ ތެރެއިން 5 ރަށަކީ މަސްތުވާތަކެތީގެ ވަބާ ވަރަށް ބޮޑަށް ފެތުރިފައިވާ ރަށްތައް ކަމަށާއި އެ ރަށްރަށުގައި ކުރިއަށް ދަނީ އެ މައްސަލަ ކޮންޓްރޯލްކުރުމަށް ފުލުހުން އެކި ގޮތްގޮތުން ކުރަމުންދާ މަސައްކަތް ކަމަށް ސީޕީ ވިދާޅުވިއެވެ. އަނެއް 5 ރަށަކީ މަސްތުވާތަކެތީގެ ވަބާ ފެތުރިދާނެ ކަމަށް ބެލެވޭ ރަށްތައް ކަމަށާއި އެ ތަންތަނުގައި އެ ވަބާ ފެތުރުނަ ނުދިނުމަށް ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ފުލުހުން މަސައްކަތްކުރަމުންދާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ރަށްރަށަކީ ކޮބާކަން ފަހުން މީޑިއާގައި ހިއްސާކުރައްވާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. އަދި 2018 އިން ފެށިގެން ކުށް މަދު ކުރުމަށާއި، ކުށް ކުރާ ފަރާތްތައް އަނބުރާ މުޖުތަމައު އަށް ގެނައުމަށް އަވަށްޓެރި ފުލުހުންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވުމަށާއި، މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތައް ރިހެބިލިޓޭޓް ކޮށް އެ ފަރާތްތައް އަނބުރާ މުޖުތަމައު އަށް ގެނައުމުގެ މަސައްކަތުގައި ފުލުހުންގެ ދައުރު ކުރިއަށް ވުރެ ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަުންދާ ކަަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ފުލުހުންގެ ފަސް އަހަރުގެ އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި 'ޑްރަގް ފްރީ އައިލެންޑް' ތަކެއް ގާއިމްކުރުމުގެ މަސައްކަތްކުރަމުން ދާއިރު މިވީ ދުވަސްކޮޅެއްގެ ތެރޭގައ އެ މަސައްކަތް ކާމިޔާބު ކަމާއި އެކު ހިންގި ރަށްރަށުގެ ތެރޭގައި ގެމަނަފުށި ހިމެނެއެވެ. އެ ކަމާއި ގުޅޭ ވީޑިއޯ ޑޮކިއުމެންޓްރީ އެއް ވިއަވަތި މަހާސިންތާގައި ވަނީ ހުށަހަޅާދީފައެެވެ. މި މަހާސިންތާގައި ރާވައިގެން ހިންގާ ގެންގު ކުށްތަކާއި ހަރުކަށި ފިކުރާއި ގުޅޭގޮތުން ވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވިއަވަތި ރާއްޖެވިއަވަތި ރާއްޖެ ކޮންފަރެންސްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު