Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުން ނަގާފައިވާ ލޯނުތައް

މި ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ އިންޓްރަސްޓް ރޭޓުތައްވެސް ނިސްބަތުން ކުޑަ: އަމީރު

މިހާރު ނަގާފައިވާ ލޯނުތަކުގައި ލޯނު ދައްކަންޖެހޭ މުއްދަތުވެސް ދިގު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 08:32
އިބްރާހީމް އަމީރު - ފިނޭނސް މިނިސްޓަރު

އިބްރާހީމް އަމީރު - ފިނޭނސް މިނިސްޓަރު

މި ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ އިންޓްރަސްޓް ރޭޓުތައްވެސް ނިސްބަތުން ކުޑަކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ، މަޖިލީހުން ބަޖެޓު ފާސްކޮށްފައިވަނީވެސް ބޭރުން ނަގާ ދަރަނީގެ ޕްލޭންއާއެކު ކަމަށެވެ. އެގޮތުން ބޭރުން 200 މިލިއަން ޑޮލަރު ހޯދާނެކަން ބަޖެޓުގައިވެސް ހިމަނާފައިވާނެކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ގުޅީފަޅު ހިއްކަން ލިބުނު ލޯނަކީ އިންޓްރަސްޓް ރޭޓުވެސް ކުޑަކޮށް ލިބިފައިވާ ލޯނެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އެގޮތުގެމަތިން ނަގާ ލޯނުތަކުގެ ތަފްސީލުތައްވެސް ޤާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރައްވަމުން ގެންދަވާކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ލޯނާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަސް ތެރޭގައި އެ ތަފްސީލުތައް މަޖިލީހާ ހިއްސާ ކުރައްވަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރު އައުމަށްފަހު ސޮއިކޮށްފައިވާ ލޯނު އެއްބަސްވުންތަކަކީ ނިސްބަތުން ލުއި އެއްބަސްވުންތަކެއްކަން ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން އެ ލޯނުތަކުގެ އިންޓްރަސްޓް ރޭޓުތައްވެސް ނިސްބަތުން ކުޑަކަމަށް އަމީރު ވިދާޅުވިއެވެ.

އަދި މިހާރު ނަގާފައިވާ ލޯނުތަކުގައި ލޯނު ދައްކަންޖެހޭ މުއްދަތުވެސް ދިގުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖެއިން ނަގާފައިވާ ލޯނުތައް ދެއްކޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މިނިސްޓަރު ވިދާޅުވެއެވެ.

މިނިސްޓަރު އަމީރު ވަނީ ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާކަމަށް ވިދާޅުވެ، ރާއްޖެއަށް ވެސް އިގްތިސާދުގައި ދައުރުވާ ފައިސާ މަދުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ކޭޝްފްލޯ މެނޭޖުކޮށް، ޕަބްލިކް ސެކްޓަރު އިންވެސްޓްމެންޓްތައް މަޑުޖައްސާލުމުގެ ސިޔާސަތުތަކެއް މި ވަގުތު ސަރުކާރުން ގެންގުޅެމުންދާ ކަަމަށް އަމީރު ވިދާޅުވިއެވެ. އަދި ޕްރޮޖެކްޓްތައް ޓެންޑަރު ކުރުމުގެ މަރުހަލާތައް ފަށާނީ ރާއްޖެއަށް ދިމާވެފައިވާ ކޭޝްފްލޯގެ މައްސަލަ ހައްލުވުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރު އައު ބޮޑު މަޝްރޫއެއް އަލުން ލޯނުނަގައިގެން ކުރިއަށް ގެންދިޔުމުގެ ވިސްނުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، އައު ބައެއް މަޝްރޫއުތައް ފެށުންވެސް މިހާރު މަޑުޖައްސާލާފައިވާކަމަށާއި، އޭގެ ތަފްސީލުތައް ސަރުކާރުން އާންމުކުރަމުން ދާނެކަމަށެވެ. ރައީސް ވިދާޅުވީ ރަޝިޔާ-ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށްވެސް އެކަމުގެ އަސަރު ކުރަމުންދާއިރު ރާއްޖޭގެ އިގުތިސާދަށްވެސް އެކަމުގެ އަސަރު ކުރާނެކަމަށެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު