Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ސިއްހީ ހާލަތު

އެޗްއާރްސީއެމް އިން އަދީބާ ބައްދަލުކޮށްފި

19 ޖޫން 2017 | ހޯމަ 11:22

އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ނެތް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 19 ޖޫން 2017 | ހޯމަ 11:22
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އެކޮމިޝަނުން ދޫނިދޫއަށް ގޮސް އެމަނިކުފާނާއި ބައްދަލުކޮށްފިއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މެއި 31 ވަނަ ދުވަހު އެޗްއާރްސީއެމް އަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި އެތެރެ ހަށީގައި ސިސްޓް ހުރުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލުކޯމާ ޖެހިފައިވުން ހިމެނޭ ކަމަށެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އެޗްއާރްސީއެމްގެ މެމްބަރުން އަދީބާއި ބައްދަލުކޮށްފައިވާކަން ރާއްޖެއެމްވީއަށްވެސް ވަނީ ކަށަވަރުވެފައެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖުވެސް ވަނީ އަދީބުގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ އެޗްއާރްސީއެމްއަށް އެކަން އަންގަވާފައެވެ.

މިކަމާ ގުޅޭގޮތުން އެޗްއާރްސީއެމްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު ހައްވާ ވަޖުދާ ވިދާޅުވީ އިންވެސްޓިގޭޝަންގެ ކަންތައްތައް ކުރަމުންދާއިރު އެފަދަ މައުލޫމާތުތައް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ސިރާޖު ވިދާޅުވީ އަދީބުގެ ކިޑްނީގައި ހިލަ އުފެދިފައިވާއިރު، ލޮލުގެ ފެނުން ގެއްލިގެން ގޮސްދާނެ ފަދަ ބައްޔެއް ކަމުގައިވާ ގްލުކޯމާ އަދީބަށް ޖެހިފައިވާއެވެ. މިކަން އައިކެއާ އޮޕްޓިކަލުން ހެދި ޓެސްޓްތަކުން ހާމަވާ ކަމަށާއި އެ ޑޮކިއުމެންޓްތައް ވެސް އެބަހުރި ކަމަށް ސިރާޖް ވިދާޅުވިއެވެ.

އަދީބު ގެއަށް ބަދަލުކުރުމަށް އާއިލާއިން އެދިފައި ވާއިރު، ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ ގެއަށް ބަދަލުކޮށްދެވެން ނެތް ކަމަށެވެ. ރާއްޖެއިން ބޭރަށް އަދީބު ބޭސްފަރުވާއަށް ދިއުމަށްވެސް ހުއްދަ ދީފައެއް ނުވެފައެވެ.

މިކަމާއި ގުޅިގެން ސިރާޖް ވިދާޅުވީ ފަރުވާ ނުދެވި ލަސްވެއްޖެނަމަ، ޖަލުގެ ގޮޅިތެރޭގައި މަރުވެދާނެ ކަމަށެވެ. އެހެންކަމުން އާއިލާގެ އާދޭހަކީ އަދީބް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ހަމަޖައްސައި ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެރަރިޒަމާއި ކޮރަޕްޝަންގެ ތިން މައްސަލައެއްގައި އަދީބަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދީބަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އިތުރު މައްސަލަތައް ތަހްގީގުކުރާއިރު، ބައެއް މައްސަލަތައް ކްރިމިނަލް ކޯޓްގައި ކުރިއަށް އެބަ ގެންދެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 މެއި 2017

ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް އީޔޫގެ ވަފުދުން އިދިކޮޅު ފަރާތަކާއި ބައްދަލުކޮށްފި

23 މެއި 2017
ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް އީޔޫގެ ވަފުދުން އިދިކޮޅު ފަރާތަކާއި ބައްދަލުކޮށްފި
14 މެއި 2017

އެޗްއާރްސީއެމް އިން އިސްތިއުފާ ދެއްވިތާ ހަފްތާއެއް ނުވަނީސް ޝިފާގަށް ސްޓޭޓް މިނިސްޓަރުކަން!

14 މެއި 2017
އެޗްއާރްސީއެމް އިން އިސްތިއުފާ ދެއްވިތާ ހަފްތާއެއް ނުވަނީސް ޝިފާގަށް ސްޓޭޓް މިނިސްޓަރުކަން!
01 މެއި 2017

އެމްޑީޕީގެ ޓީމު ބުރުނީ އަދި ވިލިފުށީގެ ރައްޔިތުންނާއި ބައްދަލުކޮށްފި

01 މެއި 2017
އެމްޑީޕީގެ ޓީމު ބުރުނީ އަދި ވިލިފުށީގެ ރައްޔިތުންނާއި ބައްދަލުކޮށްފި
27 އެޕްރީލު 2017

ޔާމީން ރަޝީދުގެ އާއިލާއިން އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކޮށްފި

27 އެޕްރީލު 2017
ޔާމީން ރަޝީދުގެ އާއިލާއިން އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކޮށްފި
25 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކޮށްފި

25 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކޮށްފި
24 އެޕްރީލު 2017

މަރުގެ އިންޒާރާއި، ބިރުދެއްކުމުގެ ޢަމަލުތަކުން އަމަންއަމާންކަން ގެއްލޭ: އެޗްއާރްސީއެމް

24 އެޕްރީލު 2017
މަރުގެ އިންޒާރާއި، ބިރުދެއްކުމުގެ ޢަމަލުތަކުން އަމަންއަމާންކަން ގެއްލޭ: އެޗްއާރްސީއެމް
17 އެޕްރީލު 2017

އިދިކޮޅު ޕާޓީތަކުން އިންޑިއަން ހައިކޮމިޝަނަރާ ބައްދަލުކޮށްފި

17 އެޕްރީލު 2017
އިދިކޮޅު ޕާޓީތަކުން އިންޑިއަން ހައިކޮމިޝަނަރާ ބައްދަލުކޮށްފި
07 އެޕްރީލު 2017

ޞިއްޙީ ޚިދުމަތް ދޭ ފަރާތްތައް އިހުމާލުވާ މައްސަލަތައް ހުށަހެޅިފައިވޭ: އެޗްއާރްސީއެމް

07 އެޕްރީލު 2017
ޞިއްޙީ ޚިދުމަތް ދޭ ފަރާތްތައް އިހުމާލުވާ މައްސަލަތައް ހުށަހެޅިފައިވޭ: އެޗްއާރްސީއެމް
16 މާރިޗު 2017

އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި

16 މާރިޗު 2017
އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި
14 މާރިޗު 2017

އަލީ އާރިފް އެންދެރިމާގެއަށް ވަޑައިގެން ފާރިސްއާ ބައްދަލުކޮށްފި

14 މާރިޗު 2017
އަލީ އާރިފް އެންދެރިމާގެއަށް ވަޑައިގެން ފާރިސްއާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް