Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެއިން ވިއްކާ ބިން

ހުޅުމާލެއިން ވިއްކާ 74 ބިމަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ބިޑް ސެކިޔުރިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާ ނެގުމަށް ހަމަޖެހިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ސެޕްޓެމްބަރު 2022 | ހޮނިހިރު 00:31
ހުޅުމާލެ

ހުޅުމާލެ

ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިއުޅުމަށްޓަކާ އިތުރު 74 ގޯތި ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލި ފުރުސަތަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބީލަން ފޯމު ގަތުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ 21 އޮގަސްޓުން 1 ސެޕްޓެމްބަރަށެވެ. ނަމަވެސް މިހާރު މިމުއްދަތު ވަނީ މި ހިނގާ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9ން މެންދުރު 1 އާ ދެމެދު އެޗްޑީސީގެ ރިސެޕްޝަނުން ބީލަން ފޯމު ލިބެންހުންނާނެއެވެ.

Advertisement - newsAdvertisement

ބީލަން ފޯމު ހުށަހެޅުން އޮންނާނީ ބީޗް ފްރަންޓްގެ ބިންތަކަށް 3 އޮކްޓޯބަރ ވާ ހޯމަ ދުވަހުގެ ދުވަހުގެ ހެނދުނު 9ން މެންދުރު 12އަށެވެ. ބީޗް ސައިޑުގެ ބިންތަކަށް 4 އޮކްޓޯބަރ ވާ އަންގާރަ ދުވަހުގެ ހެނދުނު 9ން މެންދުރު 12 އަށެވެ.

އެޗްޑީސީން ބީލަމުގެ އުސޫލުން މިފަހަރު ވިއްކުމަށް ހަމަޖެހިފައިވަނީ 1095.05 (އެއްހަސް ނުވަދިހަ ފަހެއް ޕޮއިންޓް ސުމެއް ފަހެއް) އަކަފޫޓާއި 2588.14 (ދެހާސް ފައްސަތޭކަ އަށްޑިހައަށެއް ޕޮއިންޓް އެކެއް ހަތަރެއް) އަކަފޫޓުގެ ބިމެވެ.

އެޗްޑީސީން ބުނީ މިފަހަރު ވިއްކުމަށް ހަމަޖެހިފައިވާ ބިންތައް ހިމެނެނީ އަތިރިމައްޗާއި ކުރިމަތިން (ބީޗް ފްރަންޓް)ން 22 ބިމާއި އަތިރިމައްޗާއި ކައިރިން (ބީޗް ސައިޑް) ން 52 ބިން ކަމަށެވެ.

ކޮންމެ މީހަކަށްވެސް ގަނެވޭނީ އެއް ބިމެވެ. އަތިރިމައްޗާއި ކުރިމަތި (ބީޗް ފްރަންޓް)ން ބިން ގަތުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 6،500 ރ (ހަ ހާސް ފަސްސަތޭކަ) އެވެ. އަތިރިމައްޗާއި ކައިރި (ބީޗް ސައިޑް)ން ބިން ގަތުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 5،500 ރ( ފަސް ހާސް ފަސްތޭކަ) އެވެ.

ބީލަން ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ އެއް ހާސް ރުފިޔާއަށެވެ. ބީޗް ފްރަންޓާއި ބީޗް ސައިޑަށް ހުށަހަޅާ ފޯމަކީ ވަކި ދެފޯމެވެ. ބިޑް ސެކިޔުރިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު ހުށަހަޅާ ބިޑް ސެކިޔުރިޓީގެ މުއްދަތު 2023 ވަނަ އަހަރުގެ މަރޗް މަހުގެ 27 ވަނަ ދުވަހާ ހަމައަށް ޞައްހަ ވާނެއެވެ.

ބީލަން ކާމިޔާބުކުރާ ފަރާތްތަކުން ފައިސާ ދެއްކުމަށް ދެވޭނީ ބީލަން ކާމިޔާބުކުރިކަމުގެ ލިޔުން ފޮނުވާ ތާރީޚުން ފެށިގެން 60 ދުވަސްކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ވަނީ މިއަހަރުގެ ކުރީކޮޅު ވެސް ހުޅުމާލެ ދެ ވަނަ ފިޔަވަހިން 60 ގޯތި ވިއްކާފައެވެ.

ހުޅުމާލެހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު