Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް

މުބާރާތުގައި ބައިވެރިވާ ޓީމުތައް ތިނަދޫއަށް

މުބާރާތުގައި 24 ޓީމަކުން ވާދަކުރާނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 07:03
ގއ އަތޮޅު މަދަރުސާގެ އެތުލެޓިކްސް ޓީމު

ގއ އަތޮޅު މަދަރުސާގެ އެތުލެޓިކްސް ޓީމު

މިއަންނަ އާދީއްތަ ދުވަހު ފަށާ ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޓީމުތައް ތިނަދޫއަށް ދާން ފަށައިފިއެވެ.

މުބާރާތުގައި ވާދަކުރުމަށް މިހާތަނަށް ތިނަދޫއަށް ގޮސްފައިވަނީ ކޮލަމާފުށީގައި ހުންނަ ގއ އަތޮޅު މަދަރުސާގެ ޓީމާއި ފުވައްމުލަކުގެ ހާފިޒް އަހްމަދު ސްކޫލްގެ ޓީމެވެ. ގއ އަތޮޅު މަދަރުސާއިން މުބާރާތުގައި ބައިވެރިވުމަށް 51 އެތުލީޓުންނާއި 11 އޮފިޝަލުން ތިނަދޫއަށް ގޮސްފައިވެއެވެ. ހާފިޒް އަހުމަދު ސްކޫލުން މުބާރާތުގައި ވާދަކުރުމަށް ދިޔައީ 51 އެތުލީޓުންނާއި 10 އޮފިޝަލުންނެވެ. މީގެ އިތުރުން ރަތަފަންދޫ ސްކޫލުގެ ޓީމުވެސް މިހާރު ވަނީ ތިނަދޫއަށް ގޮސްފައެވެ.

މުޅި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި 24 ޓީމަކުން ވާދަކުރާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ތިނަދޫއަށްދާ ޓީމުތަކަށް އެރަށުން އަންނަނީ ވަރަށް ފުރިހަމަ މެހެމާންދާރީއެއް އަދާކުރަމުންނެވެ.

ގދ އަތޮޅު ކައުންސިލުން ކުރިއަށްގެންދާ މިމުބާރާތް އިންތިޒާމުކުރުމަށް ކައުންސިލުން ހަވާލުކޮށްފައިވަނީ ރައުހަތު ސްޕޯޓްސް ކްލަބާއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

01 މާރިޗު 2025

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

01 މާރިޗު 2025
އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް
29 އޯގަސްޓު 2023

އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

29 އޯގަސްޓު 2023
އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް
19 ޖުލައި 2023

އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި

19 ޖުލައި 2023
އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި
18 ޖުލައި 2023

200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި

18 ޖުލައި 2023
200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި
26 ޖޫން 2023

ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި

26 ޖޫން 2023
ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު