Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުސެންސަސް 2022

ސެންސަސް 2022ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

7 ސެޕްޓެމްބަރު 2022 | ބުދަ 08:15

ސެންސަސް ޕްރޮގްރާމް ފަށާނީ މި މަހުގެ 17ގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ސެޕްޓެމްބަރު 2022 | ބުދަ 08:15
ސެންސަސް 2022ގެ ޑިޖިޓަލް ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު

ސެންސަސް 2022ގެ ޑިޖިޓަލް ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު

މިއަހަރުގެ ބޯހިމެނުމުގެ ޑިޖިޓަލް ސަރވިސަސް ޕާޓްނަރުގެ ގޮތުގައި ދިރާގު ހަމަޖައްސައި އެކުންފުންޏާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ބޯހިމެނުމުގެ ހަރަކާތްތަކުގައި ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދީ، ބޯހިމެނުމުގެ ތަމްރީނު ދިނުމާއި މަޢުލޫމާތު އެއްކުރުމުގެ މުއްދަތުގެ ތެރޭގައި ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 އިން 25ގެ ނިޔަލަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ ހުރިހާ ރައްޔިތުންނާއި މީހުން ދިރިއުޅޭ ގެތަކާއި، އިގްތިސާދީ ޙަރަކާތްތައް ހިންގާ މަރުކަޒުތަކުގެ ބޯހިމެނުން ކުރިއަށްދާނެއެވެ.

މީގެ ސަބަބުން ޤައުމީ ފެންވަރުގައާއި، އަތޮޅު ފެންވަރުގައާއި، ރަށު ފެންވަރުގައި މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދީ، ރައްޔިތުންނަށް ބޭނުންވާ ޢާންމު ޚިދުމަތްތައް ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މުޅި ދިވެހިރާއްޖެއަށް އަމާޒުކޮށްގެން ބާއްވާ މި ޙަރަކާތަށްޓަކައި 4000 އަށްވުރެ ގިނަ އެނިއުމަރޭޓަރުންނާއި 100 އަށްވުރެ ގިނަ ޓްރެއިނަރުންވަނީ ހޮވާ ތަމްރީނުކޮށްފައެވެ.

ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރުޝާން ހަސަން ވިދާޅުވީ ސެންސަސް 2022ގެ ޑިޖިޓަލް ޕާޓްނަރަކަށްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ތަރައްޤީގެ ކުރިމަގު ބައްޓަންކުރާނެ މި މުހިންމު ޤައުމީ ހަރަކާތް ކުރިއަށް ގެންދިޔުމަށް މަގުފަހިކޮށްދިނުމުގައި އެމްބީއެސް އާއި 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދެވޭތީ ފަޚުރުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ވިދާޅުވީ މިއަހަރުގެ ބޯހިމެނުމަކީ ކާމިޔާބު ހަރަކާތަކަށް ހެދުމަށާއި މީގެ މުހިންމުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް ދިރާގުގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށެވެ. އަދި އެކަމަށް އެ އިދާރާއިން ވަނީ ދިރާގަށް ޝުކުރު އަދާކޮށްފައެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް ދެމިތިބޭނީ ދިވެހިރާއްޖޭގެ ޚިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދޭން ކަމަށެވެ. އަދި ގައުމީ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށް ފުރިހަމަކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

25 މެއި 2017

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

25 މެއި 2017
ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި
12 މެއި 2017

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި

12 މެއި 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި
25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
21 އެޕްރީލު 2017

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
21 ފެބުރުއަރީ 2017

ދިވެހި ފިލްމް "ވިޝްކާ"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި

21 ފެބުރުއަރީ 2017
ދިވެހި ފިލްމް "ވިޝްކާ"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް