Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބާސެލޯނާގެ ކުރިއެރުމާމެދު ޒަވީ ހިތްހަމަޖެހޭ، ކާމިޔާބު ޖަޖުކުރެވޭނީ ނަތީޖާއިން

7 ސެޕްޓެމްބަރު 2022 | ބުދަ 06:56

ބާސެލޯނާ ހިމެނިފައިވަނީ ވަރުގަދަ ޓީމުތަކެއް ހިމެނޭ ގްރޫޕެއްގައި، ނަމަވެސް ބާސެލޯނާ އޮތީ ހިތްހަމަ ޖެހިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ސެޕްޓެމްބަރު 2022 | ބުދަ 06:56
ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ

ކޯޗުކަމާ ހާވަލުވި ފަހުން ބާސެލޯނާއިން ހޯދަމުން އަންނަ ކުރިއެރުންތަކާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ކާމިޔާބު ޖަޖުކުރެވޭނީ ނަތީޖާއިން ކަމަށް ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވިއިރު އެ ޓީމު އޮތީ ދަތި ހާލަތެއްގައެވެ. ޒަމާންވީ ދިގު ތާރީޚުގެ ތެރެއިން ޓީމަށް ވަނީ ނިމުނު ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ގެއްލިފައެވެ. އެ އުނދަގޫ ޙާލަތުގައި ބާސެލޯނާ އޮއްވާ، ޓީމާ ހަވާލުވެ ޒަވީ ވަނީ އެ ޓީމަށް ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިދީފައެވެ. ސީޒަނެއްގެ މެދު ކެނޑުމަކަަށްފަހު ބުދަ ދުވަހުގެ ރޭ އަލުން ބާސެލޯނާ ޗެމްޕިއަންސް ލީގުގައި ކުޅޭނެއެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބާސެލޯނާއިން އަމިއްލަ ދަނޑުގައި ނިކުންނާނީ ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށެވެ.

މެެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ޒަވީ ބުނީ، ޗެމްޕިއަންސް ލީގު ފަށަން ބޭނުންވަނީ އެންމެ ރަނގަޅު ގޮތުގައި ކަމަށެވެ. ޒަވީ ފާހަގަ ކުރި ގޮތުގައި ބާސެލޯނާ ހިމެނިފައިވަނީ ވަރުގަދަ ޓީމުތަކެއް ހިމެނޭ ގްރޫޕެއްގައި ކަމަށާއި، ނަމަވެސް ބާސެލޯނާ އޮތީ ހިތްހަމަ ޖެހިގެން ކަމަށެވެ. ޒަވީ ބުނީ ބާސެލޯނާގެ އަމާޒަކީ ކުރިއަށް އޮތް ބުރުން ޖާގަ ހޯދުން ކަމަށާއި، ނަމަވެސް މި ވަގުތު ބޭނުންވަނީ ކުރިއަށް އޮތް މެޗުން ތިން ޕޮއިންޓު ކަމަށެވެ.

މީގެ އިތުރުން ޒަވީ ބުނީ ކުރިއަށް އޮތް މެޗުގައި ބަދަލުތަކެއް ފެންނާނެ ކަމަށެވެ. އެއީ ބާސެލޯނާގައި އައު ކުޅުންތެރިންތަކެއް ތިބުމުންނާއި، ސެވިއްޔާއާ ދެކޮޅަށް ސްޕެނިޝް ލީގުގައި ކުޅުނު މެޗުގެ ފަހުން ކަންކަން ފާހަގަވެފައިވާތީ ކަމަށް ވެސް ޒަވީ ބުންޏެވެ. ޒަވީ ބުނީ ޗެމްޕިއަންސް ލީގަކީ ދުނިޔޭގެ އެންމެ ރަނގަޅު މުބާރާތް ކަމަށާއި، އެ މުބާރާތުގައި ޓީމު ގޮވައިގެން ވާދަކުރުމަށް ބޭނުންވެފައި ހުރި ކަމަށެވެ. އިތުރަށް ޒަވީ ބުނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކުޅެފައި ނުވުމުން، އުނދަގޫ ތަކެއް ހުރި ކަމަށެވެ. ނަމަވެސް މި ސީޒަންގައި ޗެމްޕިއަންސް ލިގާ ހަމައަށް އާދެވިފައިވާ ކަން ފާހަގަކޮށް ޒަވީ ބުނީ، ބާސެލޯނާގެ އެންމެ މޮޅު ކުޅުން ދައްކަން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ޒަވީ ބުނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބާސެލޯނާއިން ބޭނުންވާ ކަމަށާއި، އެގޮތަށް ނޭދޭ ނަމަ، އޭނާ ހުންނާނީ ގޭގައި ކަމަށެވެ. ޒަވީ ބުނީ މުބާރާތުގައި ވާދަކޮށް، ތަށި ހޯދުމުގެ އުންމީދުގައި ހުރި ކަމަށެވެ. ޒަވީ ބުނީ ބާސެލޯނާއަކީ ފޭވަރިޓުންނޭ ބުނަން އުނދަގޫކަމަށެވެ. ސަބަބަކީ މިދިޔަ ސީޒަންގައި ބާސެލޯނާ ކުޅެފައިވަނީ ޔޫރޮޕާ ލީގުގައި ކަމަށްވުމުން ކަމަށް ޒަވީ ބުންޏެވެ.

މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ބާސެލޯނާއަށް ދިމާވެފައިވާ ހިތްދަތި ގޮތްތަކުގެ ވާހަކަ ވެސް ޒަވީ ވަނީ ދައްކާފައެވެ. އޭނާ ބުނީ ބަޔާން މިއުނިކާއި، ލިވަޕޫލް އަތުން ބަލިވި މެޗުތަކުގެ ވާހަކަ ދައްކަން އުނދަގޫ ކަމަށާއި، ނަމަވެސް އެކަން ކަން ތަކުރާރުވިޔަ ދީގެން ނުވާނެ ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ވިކްޓޯރިއާ ޕްލެޒެން ބައްދަލުކުރާ މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 12 ޖަހާއިރުއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
12 ފެބުރުއަރީ 2017

މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ

12 ފެބުރުއަރީ 2017
މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް