Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ. އާރަށު ހިޔާނާތުގެ މައްސަލަ

ޝަރީއަތް ކުރިއަށް ގެންދަނީ ޚަބަރުތަކަށް ބަލައިގެނެއް ނޫން، ޤާނޫނުތަކަށް ބަލައިގެން: އިސްގާޒީ ޝަކީލް

އެމްއެމްޕީއާރުސީގެ ފައިސާ ޔާމީން ބޭނުންކުރެއްވީ 2013ގެ ރިޔާސީ އިންތިޚާބުގެ ދަރަނި އަދާކުރެއްވުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ސެޕްޓެމްބަރު 2022 | އަންގާރަ 06:58
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ޔޫސުފް ނައީމްގެ ދިފާއީ ވަކީލު ހަމްޒާ ލަތީފް ވަނީ ދައުލަތާއި އަބްދުﷲ ޒިޔަތުއާއެކު ވެފައިވާކަމަށް ބުނާ އިއުތިރާފު އެއްބަސްވުމަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ދައުލަތުން ވެފައިވާ އިއުތިރާފު އެއްބަސްވުންތަކާމެދު ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށެވެ. އެގޮތަށް ވިދާޅުވީ ރާއްޖޭގެ އޮންލައިން ނޫހެއްގައި އެކަމާ ގުޅޭގޮތުން ޝާއިއު ކޮށްފައިވާ ލިއުމަކާ ޙަވާލާދީއެވެ.

އެ ނޫހުގައި ރިޕޯޓު ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އެއްބަސްވެ ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުން މިހާރު ބާތިލު ކޮށްފައިވާ ކަމަށެވެ.

ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ، އެއީ ޤާނޫނު ނުދަންނަ އަދި އާދަޔާ ޚިލާފު އިއުތިރާފު އެއްބަސްވުމެއް ގޮތުގައި ސިފަ ކުރެވޭ ކަމަށެވެ.

އެ ފަރާތްތަކާއެކު ވެފައިވާ އިއުތިރާފު އެއްބަސްވުމުގެ ކޮޕީއެއް ދިފާއަށް ލިބުމުގެ ކުރިން ހެކިބަސް ނެގުމަށް އިއުތިރާޒު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނުގެ ވަކީލު ޑރ މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، އެކަމަށް ރައީސް ޔާމީނުގެ ފަރާތްޕުޅުންވެސް ތާއީދު ކުރައްވާ ކަމަށެވެ.

ޑރ ޖަމީލް ވިދާޅުވީ، ޚަސްމަކާ އަދާވަތްތެރިކަމެއް އޮތް މީހެއްގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ހެއްކާބެހޭ ޤާނޫނުގައިވެސް ބަޔާން ކޮށްފައިވާ ކަމަށެވެ. ޑރ ޖަމީލް ވަނީ ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ޙާދިސާއަށް އަލިއަޅުވާލައްވާފައެވެ.

އެހެންނަމަވެސް ހެއްކާބެހޭ އައު ޤާނޫނަށް އަދި އަމަލު ކުރާކަށް ނުފަށައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ހެއްކާ ގުޅޭގޮތުން އިއުތިރާޒެއް ނެންގެވީ ނޫހެއްގައި ޝާއިއު ކޮށްފައިވާ ލިއުމަކާއި ގުޅިގެން ކަމަށާއި، އެ ލިއުމުގެ ސައްޙަކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމެއް ނެތި އިއުތިރާޒެއް ނެގިދާނެކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

ހެކިން ޤަބޫލު ނުކުރެވޭނެކަމަށް ބުނެ ހުށައެޅުން ހުށައަޅަން ޖެހޭނީ ޝަރީއަތުގެ ކުރީގެ މަރުޙަލާގައިކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، މިހާރު ކުރިއަށްދާ ބަހުސްގެ ސަބަބުން ޝަރީއަތުގެ އަގުހުރި ވަގުތު ބޭކާރުވަމުންދާ ކަމަށެވެ.

ހެކިން ޤަބޫލު ނުކުރެވޭނެކަމަށް ބުނެ ޝަރީއަތުގެ މަރުޙަލާގައި ހުށައަޅަންޖެހޭ ފަދަ އައު ޙާލަތެއް ވުޖޫދުގައި ނެތްކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، އެގޮތަށް ފުރުސަތު ދެވިއްޖެނަމަ ޝަރީއަތުގެ ނިޒާމުގެ ތަރުތީބު ރުޅާލެވިގެންދާނެ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ޒިޔަތުއާއެކު ދައުލަތުން ވެފައިވާ އެއްބަސްވުމެއް މިވަގުތު ނެތް ކަމަށާއި، ވީއިރު ވަކި އެއްބަސްވުމެއްގެ ދަށުން ހެކިބަސް ދެނީކަމަށް ބުނެވޭކަށް ނެތް ކަމަށެވެ. ދައުލަތުން އެ ފަރާތްތަކަށް ޤާނޫނު ނުދަންނަ މަންފާއެއް ހޯދަދީފައިނުވާނެކަމަށް ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ޝަރީއަތް ކުރިއަށް ގެންދަނީ ޚަބަރުތަކަށް ބަލައިގެން ނޫން ކަމަށާއި، ޤާނޫނުތަކަށް ބަލައިގެން ކަމަށެވެ.

އިސްގާޒީ ޝަކީލު ވިދާޅުވީ، އެއީ މި މައްސަލައާއި ގުޅިގެން ހުށައެޅިފައިވާ އިއުތިރާފު އެއްބަސްވުމެއް ނޫންނަމަ، އެ އެއްބަސްވުމެއްގެ ސައްޙަކަން ކަނޑައެޅުމަކީ މި އަޑުއެހުމުގައި ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން، ހެއްކަށް ބުރަދަން ދިނުމާއި ނުދިނުމާއި، ހެކީގެ އަދުލުވެރިކަން ފަދަ ކަންކަމަކީ ޝަރީއަތުން ފަހުން ގޮތް ނިންމާނެ ކަންކަން ކަމަށް އިސްގާޒީ ވިދާޅުވިއެވެ. ވުމާއެކު، އަދީބާއި ޒިޔަތުގެ ހެކިބަސް މި އަޑުއެހުމުގައި ނެންގެވުމަށް އިސްގާޒީ ނިންމެވިއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު