Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕާކިސްތާނުގަ ފެންބޮޑުވުމުގެ ކާރިސާ

ޕާކިސްތާނުގައި ކާބޯތަކެތީގެ އަގު އުފުލި ރައްޔިތުންގެ ކެއުން 1 އިރަށް!

6 ސެޕްޓެމްބަރު 2022 | އަންގާރަ 06:23

ބާޒާރުގައި ތަރުކާރީގެ ސަޕްލައި ހީނަރުވީ ފެންބޮޑުވުމުގެ ސަބަބުން، ތަރުކާރީގެ އަގުތައް ވަނީ 3 ގުނަ އުފުލިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 6 ސެޕްޓެމްބަރު 2022 | އަންގާރަ 06:23
ޕާކިސްތާނުގެ ސަރުކާރުން ވަނީ ދަނޑުބިންތަކުގެ ބައެއް އުފެއްދުން ވިއްކޭނެ އަގުތައް ކަނޑައަޅާފައި، ނަމަވެސް ވިޔަފާރިވެރިން އެކަމަށް ދެނީ ބީރު ކަންފަތެއް

ޕާކިސްތާނުގެ ސަރުކާރުން ވަނީ ދަނޑުބިންތަކުގެ ބައެއް އުފެއްދުން ވިއްކޭނެ އަގުތައް ކަނޑައަޅާފައި، ނަމަވެސް ވިޔަފާރިވެރިން އެކަމަށް ދެނީ ބީރު ކަންފަތެއް

މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައިވާ އަވަށްޓެރި ޕާކިސްތާނުގެ ބާޒާރުތަކުގައި މޭވާއާއި ތަރުކާރީގެ އަގުތައް އިންތިހާއަށް އުފުލިއްޖެއެވެ.

ތާރީޚު ނުދެކޭ ފަދަ ގަދަ ވިއްސާރައާ ކުރިމަތިވެ، ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، ކާބޯތަކެތީގެ ސަޕްލައި ހީނަރުވެ، ބާޒާރުގައި އަގުތައް އުފުލުމާ ޕާކިސްތާނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައި މިވަނީ، މާލީ ހީނަރުކަމުގެ ސަބަބުންވެސް ބޮޑެތި ގޮންޖެހުންތަކެއް ތަހައްމަލު ކުރަމުން ދަނިކޮށެވެ.

220 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޕާކިސްތާނުގެ ބާޒާރުތަކުގައި މިހާރުވެސް ތަކެތީގެ އަގު އުފުލޭ ނިސްބަތް ނުވަތަ އިންފްލޭޝަން ރޭޓް ހުރީ ރެކޯޑް މަތީ މިންވަރެއްގައެވެ. މިދިޔަ އަހަރުގެ ޖުލައިއާއި އަޅާ ބަލާއިރު މިއަހަރުގެ ޖުލައި މަހު، ބާޒާރުގައި މުދާ ވިއްކާ އަގުތައް ވަނީ ޖުމުލަ ގޮތެއްގައި 24.9 ޕަސެންޓް އުފުލިފައެވެ. އިގުތިސޯދު އޮތީ އިންތިހާ ފުން ކާރިސީ އަނދަވަޅެއްގައެވެ. ބޭރު ފައިސާގެ ރިޒާވް ހީނަރުވަމުން ދަނީ ފަތުއަޑުކިއާފައެވެ. އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ޕާކިސްތާނު ފައިސާ ނުވަތަ ރުޕީޒް އަގު ވެއްޓެމުން ދަނީ އިންތިހާ ހަލުވި މިނެއްގައެވެ.

އެފަދަ ފައްތަރެއްގައި ވަނިކޮށް ކުރިމަތިލާން ޖެހުނު މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ލިބުނު އުމްރާނީ ގެއްލުންތަކުގެ އަގު، އެތައް ބިލިއަން ޑޮލަރަކަށް އަރާނެއެވެ. ޕާކިސްތާނަށް އިންތިހާއަށް މުހިންމު، ދަނޑުވެރިކަމުގެ ސިނާއަތަށްވެސް އެހާމެ ބޮޑަށް ގެއްލުންވެފައި ވާ ކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.

ޕާކިސްތާނުގެ އިރުމަތީ ސިޓީއެއް ކަމަށްވާ ލާހޯރްއަކީ އިންތިހާ ފެންބޮޑުވުމުގެ ކާރިސާތަކުގައި ހިސާބަކަށް ދުރުގައި އޮތް ސަރަހައްދެއް ނަމަވެސް، ތަކުލީފުތައް ކުޑައެއް ނޫނެވެ. ތަރުކާރީގެ އަގުތައް ވަނީ 3 ގުނަ އުފުލިފައެވެ.

ޕާކިސްތާނުގެ ސަރުކާރުން ވަނީ ދަނޑުބިންތަކުގެ ބައެއް އުފެއްދުން ވިއްކޭނެ އަގުތައް ކަނޑައަޅާފައެވެ. ނަމަވެސް ވިޔަފާރިވެރިން އެކަމަށް ދެނީ ބީރު ކަންފަތެކެވެ.

ޓޮމާޓޯއާއި ފިޔައަކީ ޕާކިސްތާނުގެ ކޭމުގައި އެންމެ ގިނަ އަދަދަކަށް ބޭނުން ކުރާ 2 ބާވަތެވެ. މި 2 ބާވަތުގެ އެތައް ޓަނެއް ކޮންމެ މަހަކުވެސް އެ ޤައުމުގައި ބޭނުން ކުރެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން، 2 މިލިއަން އޭކަރުގެ ދަނޑުބިމަށް ވަނީ ގެއްލުން ވެފައެވެ. އަދި އާ ގަސްތައް ހެއްދުމަށްވެސް ދަނޑުވެރިންނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

ލާހޯރްއާއި ތަންކޮޅެއް ދުރުން، މީހުންނަށް މަޖުބޫރުވެފައި ވަނީ ގެދޮރުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރުމަށެވެ. ދެން އޮތް ނާސްތާ ގަޑިއަށް ކާބޯތަކެތި ހަމަޖެހޭނެ ގޮތަކާ މެދު ފިކުރު ކުރަމުންނެވެ.

ޕާކިސްތާނުގެ މެދުތެރޭ ހިސާބުގެ ތަރުކާރީ ގުދަންތައް މިހާރު ދަނީ މުޅިންހެން ހުސްވަމުންނެވެ.

ޕާކިސްތާނުގެ ދަނޑުވެރިކަމުގެ ސިނާއަތަކީ އެ ޤައުމުގެ އިގުތިސޯދުގެ މުހިންމު ނާރެހެކެވެ. ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 5 ބައިކުޅަ 1 ބަޔަށް ވުރެ ބޮޑުބައެއް ދަނޑުވެރިކަމުގެ ސިނާއަތުން ހިއްސާ ކުރާ އިރު، މަސައްކަތު އާބާދީގެ 40 ޕަސެންޓް މީހުން އުޅެނީ އެ ސިނާއަތުގައެވެ. ދަނޑުވެރިކަމުގެ ސިނާއަތުން އަހަރެއްގެ މައްޗަށް 80 ބިލިއަނެއްހާ ޑޮލަރުގެ ތަކެތި އުފައްދައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 މެއި 2017

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.
26 މެއި 2017

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!
26 މެއި 2017

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!
19 އެޕްރީލު 2017

ސޫކީގެ ނޮބެލް އިނާމުގެ އަގުވެއްޓިފައި

19 އެޕްރީލު 2017
ސޫކީގެ ނޮބެލް އިނާމުގެ  އަގުވެއްޓިފައި
15 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!
03 އެޕްރީލު 2017

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް