Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުން

ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުން: ރައްޔިތުންގެ ދިގު އިންތިޒާރުގެ ނިމުން!

6 ސެޕްޓެމްބަރު 2022 | އަންގާރަ 03:02

އެމްޓީސީސީން އަންނަނީ މި މަސައްކަތް ޑިސެމްބަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ސެޕްޓެމްބަރު 2022 | އަންގާރަ 03:02
އެމްޓީސީސީގެ ސީއީއޯ އާޒިމް (ވ) އާއި ފުވައްމުލައް ސިޓިގެ މޭޔަރު (ކ) ތާރު އަޅަން ފަށާފައިވާ މަގުގައި

އެމްޓީސީސީގެ ސީއީއޯ އާޒިމް (ވ) އާއި ފުވައްމުލައް ސިޓިގެ މޭޔަރު (ކ) ތާރު އަޅަން ފަށާފައިވާ މަގުގައި

13000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލައް ސިޓީއަށް ޒަމާނުއްސުރެ ދިމާވެފައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ރަށުގެ މަގުތަކުގެ މައްސަލައެވެ. ރަށުގެ މަގުތަކުގައި ހުސް ވަޅުގަނޑެވެ. ވާރޭ ވެހޭ ދުވަސްވަރެއް ނަމަ މުޅި ރަށް ފެންބޮޑުވެ، އުޅަނދުތައް ދުއްވުމަށާއި ހިނގާފައި އުޅެން ދަތިވެއެވެ. ކޮންމެ ސަރުކާރެއްގައި ވެސް އެ ރަށުގެ ރައްޔިތުން އެދެމުން އައި އެއް ކަމަކީ މިކަމަށް ހައްލެއް ހޯދައިދިނުމެވެ.

ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މީގެ ކުރިން ވެސް ބަޔަކާ ހަވާލު ކުރިއެވެ. ނަމަވެސް އެ ރަށުގެ ރިންގްރޯޑުގެ މަސައްކަތް އެއްކޮށް ފުރިހަމަ ނުވަނީސް އެ މަސައްކަތް އޮތީ އެއްކޮށް ހުއްޓިފައެވެ. މި މަސައްކަތް އަލުން ކުރިއަށް ގެންދިޔުމަށާއި ރިންގްރޯޑުގެ ނުނިމި ހުރި މަސައްކަތް ފުރިހަމަ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރީ މިއަދުގެ ސަރުކާރުންނެވެ.

Advertisement - newsAdvertisement

ބަނދަރުން ފެށިގެން ފުވައްމުލަކުގެ ތުނޑިއާ ހަމައަށް ގުޅާލާ މި މަގުގެ މަސައްކަތް މިހާރު އެމްޓީސީސީން ވަނީ ނިންމާލައިފައެވެ. އެ މަގުގެ މަސައްކަތް ނިމުމުން ލިބުނު ލުޔާއެކު ވެސް އެ ސިޓީގެ ރައްޔިތުން ތިބީ ހިތްހަމަޖެހިފައެވެ. އެއީ މިހާރު ފަސޭހަ ކަމާއެކު ރިންގރޯޑުގައި ދަތުރު ކުރެވޭތީއެވެ. ހަވީރު ވަގުތު ބޭރަށް ނުކުމެ އުޅުމަށާއި އެއަރޕޯޓާއި ބަނދަރަށް ދިއުމަށް ފަސޭހަވެގެން ދިއުމުގެ ސަބަބުންނެވެ.

އެމްޓީސީސީން މިހާރު މިވަނީ އެ ރަށުގެ އެތެރޭގެ 35 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފައެވެ. ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާއިރު މި މަޝްރޫއުގެ ދަށުން 18.5 ކިލޯ މީޓަރުގައި ތާރު އަޅާނެއެވެ. މިއީ އެމްޓީސީސީން މިހާތަނަށް ކުރިއަށްގެންދާ މަގުހެދުމުގެ އެންމެ ބޮޑު މަޝްރޫއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނިން މި މަސައްކަތް ކުރިއަށްގެންދިއުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ފުވައްމުލަކުގެ ރައްޔިތުންނާއި ސިޓީ ކައުންސިލުން ބޭނުންވާ ގޮތަށް މަސައްކަތް ކުރިއަށްގެންދިއުމަށް ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ބޭނުންފުޅުވާގޮތް ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަމަށް ބަލައި ޕްރޮޖެކްޓަށް ބަދަލުތައް ގެނައި ކަމަށް ވެސް އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް މި މަސައްކަތް ނިންމައި ރައްޔިތުންނަށް އޭގެ ފަސޭހަކަން ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން، 200 އަށްވުރެ ގިނަ މުވައްޒަފުން އެ ޕްރޮޖެކްޓުގައި މަސައްކަތް ކުރާ ކަމަށާއި ބޭނުންވާ ހުރިހާ އިކުއިޕްމަންޓާއި މެޓީރިއަލް ލިބެމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު ހަވާލުކޮށްފައިވާ ހުރިހާ މަސައްކަތެއް މި އަހަރު ނިމުމުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއިލް ރަފީގް ވިދާޅުވީ އެ ސިޓީގެ މަގުތަކަކީ ޒަމާނުއްސުރެ އަޑިގުޑަން ބޮޑު މަގުތަކެއް ކަމަށެވެ. މީގެ ސަބަބުން ރަށުގެ ބައެއް ރައްޔިތުންނަށް ސިއްޙީ ގޮތުން ވެސް ދަތިތަކާ ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެ މަގުތަކުގައި ދުއްވުމުގެ ސަބަބުން މައިބަނދައިގައި ރިއްސުންފަދަ ކަންކަން ދިމާވެ ރައްޔިތުންގެ ކަންބޮޑުވުންތައް ލިބޭކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އެ ރަށުގެ އެތެރޭގެ މަގުތައް ހެދުމުގެ ސަބަބުން ރަށުގެ ކުރިއެެރުމަށް ވެސް ވަރަށްބޮޑަށް އެހީވާނެ ކަމަށެވެ. އެގޮތުން، މަގުތައް ހުރި ހާލަތުގެ ސަބަބުން ރަށު ތެރޭގެ ހުރި ފިހާރަތަކަށް މީހުން ނުދާ ކަމަށާއި ނަމަވެސް އެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުން އެ ފިހާރަތަކަށް ވެސް ފައިދާވެ ރަށުގެ އިގްތިސާދު ރަނގަޅުވެގެންދާނެ ކަން ފާހަގަކުރެއްވިއެވެ.

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ތަރައްގީ ކުރާ 35 މަގުގެ ތެރޭގައި ހިމެނެނީ ސްކޫލްތަކާއި ހޮސްޕިޓަލާއި އަދި އެހެނިހެން މުހިންމު ޚިދުމަތް ފޯރުކޮށްދޭ ތަންތަން ހިމެނޭ ސަރަހައްދުތަކާއި ރަށުގެ އެންމެ ބޮޑެތި މަގުތަކެވެ.

ފުވައްމުލައް ސިޓީ އިން "ރާއްޖެ ޓީވީ" އާ ވާހަކަދެއްކި ބައެއް ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި މި މަސައްކަތަކީ އެ ރަށުގެ ހުރިހާ ރައްޔިތުންވެސް ވަރަށް ބޭނުންވެފައި ތިބި މަސައްކަތެކެވެ. އެގޮތުން، މަގުތަކުގައި ދަތުރުކުރާއިރު މިހާރު ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭއިރު ތާރު އެޅުމުން އެ ހުރިހާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ރައްޔިތުން ފާހަގަކުރެއެވެ.

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 331.05 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން ސަބްބޭސް ތައްޔާރު ކުރުމާއި ދުވާރު ހެދުމާއި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި ފެންހިންދާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް