Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިނަމާލެ ބްރިޖް

ސިނަމާލޭގެ ބްރިޖަށް ދިވެހި ދައުލަތުން ޚަރަދު ކުރި އަގު ޝިޔާމްގެ ހިސާބުން ކުޑަވެއްޖެ

އެކަމަށް ދައްކަން ޖެހުނީ 67 މިލިއަން ޑޮލަރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2022 | ހޯމަ 09:55
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެއާއި ހުޅުމާލެއާއި ދޭތެރޭގައި އެޅި ސިނަމާލޭ ބްރިޖަށް ދައުލަތުން ކުރި ހަރަދު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ހިސާބުން ކުޑަވެއްޖެއެވެ.

ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރުމަށް ހުށަހަޅާފައިވާ ބިލަށް ވާހަކަފުޅު ދައްކަވަމުން މެންބަރު ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ބްރިޖެއް އަޅާފައިވާ ކަމަށާއި، އެކަމަށް ޚަރަދުވީ 67 މިލިއަން ޑޮލަރު ކަމަށެވެ.

Advertisement - newsAdvertisement

ޝިޔާމް ވަނީ މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ 1 ކިލޯމީޓަރުގެ ބްރިޖާއި، މާލެއާއި ތިލަފުއްޓާ ދެމެދު އަޅާ 6 ކިލޯމީޓަރުގެ ބްރިޖު އަޅާ ކިޔުއްވާފައެވެ. އަދި ސިނަމާލޭ ބްރިޖާއި ތިލަމާލެ ބްރިޖުގެ އަކަމީޓަރަށް ބެލުމަށް ވެސް މެމްބަރުގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ ފައިސާ ނެތް ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ބޭނުންފުޅުވާ ގޮތަކަށް، ބޭނުންފުޅުވާ ބަޔަކަށް ބަހަމުންދާ ކަމަށް ވެސް ވަނީ ތުހުމަތުކުރައްވާފައެވެ.

ކުރީ ސަރުކާރުން ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ހެދި "ސިނަމާލޭ ބްރިޖް"ގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ދީފައިވާ ލޯނެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެއެވެ. ޖުމްލަ ލޯނާއި ސަރުކާރުން ހަރަދު ކޮށްފައިވަނީ 84 މިލިއަން ޑޮލަރެވެ.

ސިނަމާލޭ ބްރިޖަކީ 1.39 ކިލޯ މީޓަރުގެ ބްރިޖެކެވެ. އަދި މި ބްރިޖަށް 200 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ އިރު، މި ސަރުކާރުން އަޅާ ތިލަމާލެ ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

ދެ ބްރިޖްގެ ފަރަގަށް ބަލާއިރު ތިލަމާލެ 6.7 ކިލޯ މީޓަރުގެ ބްރިޖަށް 500 މިލިއަން ޑޮލަރު ހަރަދުވާ އިރު، މިއީ ބްރިޖުގެ މުޅި ދިގުމިނަށް ބަލާއިރު، ކިލޯ މީޓަރަކަށް ގާތްގަނޑަކަށް 74.62 މިލިއަން ޑޮލަރެވެ. އެއީ ލޯނާއި ގްރާންޓް ހިމެނޭހެން ހިސާބު ހެދުމުން ޖެހޭ މިންވަރެވެ. 3 ބްރިޖް ވަކިވަކިން ބެލި ނަމަވެސް، ބްރިޖަކަށް ގާތްގަޑަކަށް އަރާނީ 166.6 މިލިއަން ޑޮލަރެވެ. އެއީ ލޯނާއި ހިލޭ އެހީއާއެކުއެވެ. ނަމަވެސް ސިނަމާލެ ބްރިޖަށް އެކަނި 200 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެއެވެ. އެއީ ލޯނާއި ހިލޭ އެހީ ހިމެނޭހެންނެވެ. މިއީ 1.39 ކިލޯމީޓަރުގެ ބްރިޖެކެވެ. މާލެއާއި ވިލިމާލެއާއި ދެމެދު އަޅާ ބްރިޖުގައި ވެސް ގާތްގަނޑަކަށް ހުންނަނީ މި ދިގުމިނެވެ. އެހެންކަމުން ކިލޯ މީޓަރަކަށް ޖެހޭ އަދަދަށް ބަލާއިރު، 125.38 މިލިއަން ޑޮލަރު ކިލޯމީޓަރަކުން އަގުހެޔޮވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު