Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނީ ބަހުގެ ޚިދުމަތް

މިނީ ބަހުގެ ޚިދުމަތް ފަށައިފި

5 ސެޕްޓެމްބަރު 2022 | ހޯމަ 02:38

ދަތުރުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 ސެޕްޓެމްބަރު 2022 | ހޯމަ 02:38
މިނީ ބަހުގެ ޚިދުމަތް ފެށުން

މިނީ ބަހުގެ ޚިދުމަތް ފެށުން

މާލެސިޓީގައި މިނީ ބަހުގެ ޚިދުމަތް ފަށައިފިއެވެ.

ހޯމަ ދުވަހުގެ 05:45 ގައި މި ޚިދުމަތް ފަށާފައިވާއިރު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ޙިދުމަތް ފަށައިގަނެވުނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އެ ދަތުރުގައި އޭނާ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި ޚިދުމަތް ފެށުމާއެކު އާންމުން ބަހަށް އަރަން ފަށައިފި ކަމަށެވެ. އަދި އާންމުން ވެސް ފަރާތުން ލިބެމުން އަންނަ ތަރުހީބު ވެސް ރަނގަޅު ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދެނީ ތިން ރޫޓަކުންނެވެ. އެއީ އަމީނީ ރޫޓް, ސޯސަސް ރޫޓް އަދި އޯކިޑް ރޫޓް މެދުވެރިކޮށެވެ. އަދި ކޮންމެ ރޫޓެއްގައި ޖުމުލަ 40 ބަސް ހުއްޓި ހުންނާނެއެވެ.

އެމްޓީސީސީން ބުނީ, މިނީ ބަހުގެ ޚިދުމަތުގައި ޖުމުލަ 18 ބަސް ބޭނުންކުރާނެ ކަމަށެވެ. އޭގެ ތެރެއިން އަށް ބަހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާފޭބޭ ގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަ އެކުލެވޭ ބަސްތަކެއް ކަމަށް ބުންޏެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްފައިވާ ބަސްތަކުގައި 20 ގޮނޑި ހުންނާނެ އެވެ. ރޭމްޕް ހަރުކުރެވިފައި ނުހުންނަ ބަސްތަކުގައި ހުންނާނީ 22 ގޮނޑިއެވެ. މި ދެވައްތަރުގެ ބަހުގައިވެސް އިތުރަށް 10 މީހުންނަށް ކޮޅަށް ތިބެ ދަތުރުކުރުމަށް އަތުން ހިފަހައްޓާނެ ހޭންޑްލް ހުންނާނެއެވެ.

އެމްޓީސީސީން ބުނީ, މާލޭ މިނީ ބަހުގެ ޚިދުމަތް ހަފުތާގެ ކޮންމެ ދުވަހަކު, ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބޭނެ ކަމަށެވެ. އަދި އެ ޚިދުމަތް ކޮންމެ ބަސްހުއްޓިއަކަށް 10 މިނެޓާއި 15 މިނެޓާ ދޭތެރޭ ވަގުތެއްގައި ލިބޭނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މިނީ ބަހުގެ ޚިދުމަތް ފަށާފައިވާއިރު ފުރަތަމަ ދެ ހަފުތާގައި ހިލޭ ދަތުރުކުރެވޭނެއެވެ. އެ މުއްދަތު ހަމަވުމުން ދެން ދަތުރުކުރެވޭނީ އާރުޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިއުއާރް ޓިކެޓް ނަގައިގެންނެވެ. ޓިކެޓެއްގެ އަގަކީ ހަތް ރުފިޔާއެވެ.

ޓްރައިލް މުއްދަތަށްފަހު ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށިޔަސް, 65 އަހަރުން މަތީގެ މީހުންނަށާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ.

އޭގެ އިތުރުން ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް