Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާއިން އައިއެމްއެފްއިން ލޯން ހޯދަން މަސައްކަތް

އައިއެމްއެފް އާއެކު ޕްރެލިމިނަރީ އެއްބަސްވުމަކަށް ދެވުން އެއީ އެހެން އިންވެސްޓަރުންނާއެކު ކުރާ މަޝްވަރާތަކަށް ލިބުނު ހިތްވަރެއް: ލަންކާ

އައިއެމްއެފް އިން ވަނީ ސްރީލަންކާއަށް 2.9 ބިލިއަން ޑޮލަރުގެ ލޯނު އެހީ ފޯރުކޮށްދިނުމަށް ޕްރެލިމިނަރީ އެއްބަސްވުމަކަށް އާދެވިފައިވާކަމަށް މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 4 ސެޕްޓެމްބަރު 2022 | އާދީއްތަ 08:53
ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ކާރިސާއަކީ ފަހުގެ ތާރީޚެއްގައި އެގައުމުން ކުރިމަތިލަމުންދާ އެންމެ ބޮޑު އިގުތިސާދީ ކާރިސާ

ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ކާރިސާއަކީ ފަހުގެ ތާރީޚެއްގައި އެގައުމުން ކުރިމަތިލަމުންދާ އެންމެ ބޮޑު އިގުތިސާދީ ކާރިސާ

އިންޓަނޭޝަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއިއެކު ލޯނުގެ ޕްރެލިމިނަރީ އެއްބަސްވުމަކަށް ދެއްވުމަކީ އެހެން އިންވެސްޓަރުންނާއެކު ކުރާ މަޝްވަރާތަކަށް ލިބުނު ހިތްވަރެއް ކަމަށް ލަންކާއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިލިންޑާ މޮރަގޮޑާ ވިދާޅުވެއްޖެއެވެ.

އައިއެމްއެފް އިން ވަނީ ސްރީލަންކާއަށް 2.9 ބިލިއަން ޑޮލަރުގެ ލޯނު އެހީ ފޯރުކޮށްދިނުމަށް ޕްރެލިމިނަރީ އެއްބަސްވުމަކަށް އާދެވިފައިވާކަމަށް މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށްފައެވެ.

އައިއެމްއެފްގެ އެހީ ހޯދުމަށް ލަންކާއިން ގިނަމަސައްކަތްތަކެއް ކުރަމުން ދަނިކޮށް، އެއިދާރާއިން ލަންކާއަށް ލޯނުގެ އެހީ ފޯރުކޮށްދިނުމަށް ޕްރެލިމިނަރީ އެއްބަސްވުމަކަށް އައިސްފައިވާއިރު، މިހާރު މި ލޯނު އެޕްރޫވްކުރުމަށް އައިއެމްއެފްގެ މެނޭޖްމަންޓާއި އެކްޒެކެޓިވް ބޯޑަށް ވަނީ ހުށަހަޅާފައެވެ. މި ލޯނު ކަށަވަރުކުރުމަށް އައިއެމްއެފްއިން ލަންކާއަށް ހުށަހަޅާފައިވާ ޝަރުތުތައް އެގައުމުން ފުރިހަމަކުރަންޖެހޭނެއެވެ.

އައިއެމްއެފްގެ އިސް އޮފިޝަލެއްކަމަށްވާ ޕީޓަރ ބްރުއަރ ވަނީ، މިނިމުނު ސްޓާފް ލެވެލް އެއްބަސްވުމަކީ ލަންކާއަށް މިހާރު ދިމާވެފައިވާ ކާރިސާއިން އަރައިގަތުމަށް ކަޑައްތުކުރަންޖެހޭ ދިގު މަގުގެ ފެށުންކަމަށް ވިދާޅުވެފައެވެ. މިހާރު ލަންކާގެ ސަރުކާރުގެ ސިޔާސަތުތައް ރިފޯމްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، މިގޮތަށް މިކަންތައް ދެމެހެއްޓުމަކީ ކާރިސާއިން އަރައިގަތުމަށް މުހިންމު ކަމެއްކަމަށް ބްރުއަރ ވަނީ ފާހަގަކުރައްވާފައެވެ.

އައިއެމްއެފްއިން ލަންކާއަށް ފޯރުކޮށްދިނުމަށް މަޝްވަރާކުރަމުންދާ ޕްރޮގްރާމަކީ ހަތަރު އަހަރަށް ބަހާލައިގެން ފޯރުކޮށްދެވޭ އެހީއެކެވެ. މިއެހީގެ ދަށުން ސަރުކާރުގެ އާމްދަނީ އިތުރުކޮށް ފިސްކަލް ކޮންސޮލިޑޭޝަނަށް ބާރުއެޅުމަށް ވަނީ އަމާޒުހިފާފައެވެ. އަދި ތެލާއި ކަރަންޓަށް އައު އަގުތައް ކަނޑައެޅުމަކީ މި އެހީގެ ދަށުން އަމާޒުހިފާފައިވާ ކަމެކެވެ.

މީގެ އިތުރުން މިހާރު ހުސްވެފައިވާ ފޮރިން ރިޒަރވް އަލުން އިތުރުކުރުމަކީވެސް އަމާޒެކެވެ.

އައިއެމްއެފްގެ އެހީ ހޯދުމަށްޓަކައި، ލަންކާއިން މިހާރު ދަރަނިތައް އަދާކުރަން ޖެހިފައިވާ ފަރާތްތަކާއެކު އެދަރަނިތައް އަދާކުރެވޭނެ ދެމެހެއްޓެނިވި ގޮތަކާމެދު މަޝްވަރާކޮށް، އެއްބަސްވުމަކަށް ދާންޖެހޭނެއެވެ.

ސަފީރު މިލިންޑާ ވަނީ އައިއެމްއެފްގެ އެހީ ހޯދުމަށް ލަންކާއިން ކުރަމުންދާ މަސައްކަތުގައި އަވައްޓެރި އިންޑިއާ އިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އައިއެމްއެފް އިން ފޯރުކޮށްދޭން ނިންމާފައިވާ ލޯނަކީ ބޮޑު އަދަދެއް ނޫން ނަމަވެސް އެއިދާރާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ނިންމުމަކީ އިތުރު އެހެން ގައުމުތަކާއި މާލީ އިދާރާތަކާއެކު ކުރިއަށްގެންދެވޭ މަޝްވަރާތައް ކުރިއަށްގެންދަން ލިބުނު ހިތްވަރެއް ކަމަށް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ކާރިސާއަކީ ފަހުގެ ތާރީޚެއްގައި އެގައުމުން ކުރިމަތިލަމުންދާ އެންމެ ބޮޑު އިގުތިސާދީ ކާރިސާއެވެ. ގައުމުގެ ދަރަނިތައް އަދާނުކުރެވި ލަންކާ ވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުން އެންމެ ފުރަތަމަ ބަނގުރޫޓުވި ގައުމަށްވެސް ވެފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2018

ރޮހިންޖާގެ ރެފިއުޖީން އެނބުރި މިޔަންމާ އަށް ބަދަލު ކުރާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އަތުވެއްޖެ

16 ޖެނުއަރީ 2018
ރޮހިންޖާގެ ރެފިއުޖީން އެނބުރި މިޔަންމާ އަށް ބަދަލު ކުރާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އަތުވެއްޖެ
11 ޑިސެމްބަރު 2017

ތައިފޫން ފައިޓަރ ޖެޓް ގަތުމަށް ގަތަރުން އިނގިރޭސިންނާއެކު 8 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް

11 ޑިސެމްބަރު 2017
ތައިފޫން ފައިޓަރ ޖެޓް ގަތުމަށް ގަތަރުން އިނގިރޭސިންނާއެކު 8 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް
03 އޮކްޓޯބަރު 2017

މިޞްރުން އުތުރު ކޮރެއާ އާއެކު ހަތިޔާރުގެ ވަގު ވިޔަފާރި ކުރިކަން ފަޅާ އަރައިފި

03 އޮކްޓޯބަރު 2017
މިޞްރުން އުތުރު ކޮރެއާ އާއެކު ހަތިޔާރުގެ ވަގު ވިޔަފާރި ކުރިކަން ފަޅާ އަރައިފި
25 ސެޕްޓެމްބަރު 2017

ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

25 ސެޕްޓެމްބަރު 2017
ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!
21 ސެޕްޓެމްބަރު 2017

ރާއްޖެއިން އެލް ސަލްވަޑޯއާއެކު ރަސްމީކޮށް ގުޅުން ގާއިމްކޮށްފި

21 ސެޕްޓެމްބަރު 2017
ރާއްޖެއިން އެލް ސަލްވަޑޯއާއެކު ރަސްމީކޮށް ގުޅުން ގާއިމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު